ލ.އަތޮޅު ގަމު ދާއިރާގައި ސަރުކާރުން ކުރިއަށް ގެންދަން ވައުދުވެފައިވާ ގިނަ މަޝްރޫއުތަކުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާތީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދު ވެފައިވާ ގޮތައް ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އާއި، ސަރުކާރާއިމެދު ހުރި ކަންބޮޑުވުންތައް ސަމާލުކަމަށް ގެނައުމަށް ލ.ގަމު ދާއިރާގެ އެމްޑީޕީ ޒުވާނުން މިއަދު ސައިކަލް ބުރެއް ބާއްވައިފިއެވެ.

"ކެތްތެރިކަން ކޮޅުންލައިފި" ނަމުގައި އެމްޑީޕީގެ ގަމު ދާއިރާގެ ޒުވާނުން އިންތިޒާމް ކުރި ސައިކަލް ބުރުގައި ބައިވެރިވި ޒުވާނަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ގަމު ދާއިރާއަށް ސަރުކާރުގެ ގިނަ ވައުދުތަކެއްވި ނަމަވެސް އެވައުދުތައް ފުއްދުމުގެ އަަމަލީ މަސައްކަތްތައް ކުރިއަށް ނުދާކަމަށެވެ.

"ގަމުގައި ފެނުގެ ހިދުމަތް ދިނުމުގެ މަޝްރޫއު އާއި، މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއާއި، ކެންސަރު ހޮސްޕިޓަލްގެ މަޝްރޫއާއި، އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަޝްރޫއާއި ފެނަކަ އޮފީސް އިމާރާތުގެ މަޝްރޫއު ވެސް އެއްވެސް ވަރަކަށް ކުރިއަކަށް ނުދޭ. ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުުރުމަށް ވެސް އެއްވެސް މަސައްކަތެއް މިހާރު ކުރެވެމުންދާ މަންޒަރެއް ނުފެނޭ. ޒުވާނުންގެ ކަންބޮޑުވުންތައް މިއަދު ހާމަކުރަން މަޖުބޫރުވީ މިހެން ކަންތައްތައް ހުރުމުން." ގަމުން ވާހަކަދެއްކި ޒުވާނަކު ބުންޏެވެ.

އިތުރު ޒުވާނަކު ބުނީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައްޔިތުން ގުނބޯ ހެއްދުން ނޫންކަމެއް އެމްޑީޕީން ނުކުރާ ކަމަށެވެ. "މަގާމު ލިބުމާއިއެކު ޒުވާނުންގެ މަތިން ހަނދާން ނައްތާލަނީ. ޒުވާނުންގެ ހިޔާލެއް މަޝްވަރާއެއް އެއްވެސް ކަމެއްގައި ނުހޯދާ. ރަށުގައި ތިބި ކޮރަޕްޓް މީހުން ހިމެނޭ ކުޑަ ކޮމެޓީއަކުން ކުރާކަމެއް ކުރަނީ. ކުޑަކޮމެޓީން ބޭނުންވާ މަންފާތަކެއް އެމީހުންނަށް ހޯދައިދިނުން ކުރާ ކަމަކީ." އެޒުވާނާ ބުންޏެވެ.

ގަމުން ވާހަކަދެއްކި ޒުވާނަކު ބުނީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުދާއިރު އެއާޕޯޓް މިހާރު އޮތީ ޑޮމެސްޓިކް ފްލައިޓްތައް ވެސް ޖެއްސުން ނުރައްކާތެރި ހާލަތެއްގައި ކަމަށެވެ. "އެއާޕޯޓް ރަންވޭ މަތިން ހިލަކޮޅުކޮޅު ނައްޓާލައިގެން އެބަދޭ. އެގޮތައް ހިލަކޮޅުތައް ނައްޓައިގެން ގޮސް ފްލައިޓްގެ ނުރައްކާތެރި ތަނެއްގައި ޖެހިއްޖެނަމަ ހިތާމަވެރި ހާދިސާއެއް ހިނގުމަކީ ވަރަށް ކައިރި ކަމެއްކަމަށް ދާއިރާގެ ތަޖުރިބާކާރުން ވެސް ވިދާޅުވޭ. އެއާޕޯޓް ހިންގަން ސިފައިންގެ ޖެނެރަލުންތަކެއް އައްޔަން ކޮށްގެން ވައްކަން ކުރުން ނޫންކަމެއް ނުކުރޭ." އޭނާ ބުންޏެވެ.

ގަމު ދާއިރާގެ މަޖިލިސް މެންބަރަކީ އެމްޑީޕީ އަށް ނިސްބަތްވާ މުހައްމަދު ވިސާމް އެވެ. ގަމު ކައުންސިލްގެ ހަތް މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގައި ވެސް އެންމެ މެންބަރަކު ފިޔަވައި ދެން ތިބީ އެމްޑީޕީ މެންބަރުންނެވެ.

ގަމުގެ ޒުވާނުން މައުލޫމާތުދޭ ގޮތުގައި ގަމު ދާއިރާގެ ޒުވާނުންގެ އަޑު ސަރުކާރަށް އިވެންދެން ގަމު ދާއިރާގެ ޒުވާނުން ކުރިއަށް އޮތްތަނުގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޢާމާލުކުލޯނީ

    އަޑުލައްވަލައްވާ ތިބޭ މިސަރުކާރެއް މި އޮޑިއެއް ނުފެތޭނެ އަޑިއަށް ދާނީ 3 ބޮކިޖަހާފަ

    76
    4
  2. އިނބަ

    ދެންތިބޭ އަލަކެވިފަ މުޅިގައިގަ ރީދޫއުނގުޅައިގެން ބޯންއުޅުން ބޮނޑި ތިއޮތީ ރަގަޅައް ބޮވިފަ ވަރައް ރީތިކޮއް ވައުދުތައް ފުއްދަ ދޭނެ އެތަން ބަލަންތިބޭ ދެލޯސާފު ކޮއްގެން. މަހަމަ ހިނި އަންނަނީ

    109
    3
  3. ކަހުރަބު

    އމ ޑ ޕ އަކީ މަކަރާއި ޙީ ލަތުގެ ޕީ އެޗް ޑީ ހޯ ލްޑަރއެއް

    93
    3
  4. ހަރުބޯ

    ކަލޭމެން މިއަދު ތިހެންކިޔާފަ މާދަމާވެސް ހަމަލާރިކޮޅެއް ދޭއިރައް ވޯޓުދޭނެ އިހުސާންތެރިކަން ނެތީމަ ވާނީތިހެން ކިތަންމ ވަރަކައް އަޑުގަދަ ކުރިޔަސް މިސަރުކާރަކައް އަޑެއް ނީވޭނެ

    99
    3
  5. ޢަލީ

    މިސަރުކާރުން ކޮވިޑް ޕްރޮޖެކްޓް އޮތީ ބަޖެޓް ގައި

    40
    1
  6. ސެންޗޯ

    ބަލަގަ އެކުދިން ކޮޅު އެނިކުތީ އެން ޑީ ޕީ ގައި ގަޓު ހުރިކަން އެހެން ޕާޓީ ތަކަށް އަންގާ ލުމުގެ ގޮތުންނޭ ސާބަސް ސާބަސް ކުރިއަށް

    10
    24
  7. ގަނޖ

    މިމީ ހުން މޮޔަވީތަ ގަމުގައި ކިތައް ފަހަރު ކޮއިޑް ފެތުރިގެން ދިޔަތޯ އެއީ ތަރައްގީ ކޮއިޑް ތަރައްގީ ނުފެނޭތަ ކިތައް މީހުން މަރުވެ ގެން މިދަނީ ކާކުތަ ޒިއްމާ ނަގަން ޖެހެނީ

    27
  8. ކަލޭމެންއަތުން ވޯޓު ގަތީނު ދެންކޮންބުރެއްޖަހާކަށް

    ކަ ލޯ އެޅިހާބަތަކަށް ރިހަވީމަވާގޮތްތީ ކިތަމެ ވަރަކަށް ސައިކަ ލް ބުރުޖެހިޔަސް މިސަރުކާރަކަށް ހަމައެއްކަމެއްވެސް ނުކޮއްދެވޭމެ މިހާރު މިރާއްޖޭގެ ހުރިހާ ބާރެއް އޮތީ އިންޑިޔާ އަށް ތިމާމެެން ސައިކަ ލް ބުރުޖަހަން ތާރުއަޅައި ދިންމީހާ ނުޙައްޤުން ޖަ ލަށް ލާފައި ގެނައި ހެޔޮވެރިކަން މުޅި ރަށުގައި ލާދީނީ ފިކުރުގެ މެޖޯރިޓީ ކިހާސަޅިދޯ ތިމާމެނަށް ހެޔޮކަމެއް ކޮދިން މީހާއަށް ދިނީ ތެޔޮހަމެއް ދެންވެސް އެމްޑީޕީން ލާރިކޮޅެއްދިއްކޮއް ލާއިރަށް އޯކޭވާނެ ލާރިކޮޅުހުސްވީމަ ބުނާނެ އަހަ ތިމައްނަގެ ހަޔާތުގައި ހެނދުނުއެންމެބޮޑޮ ގޯހަކީ އެމްޑީޕީއަށް ދެވުވޯޓޭ އެހާވެސް ބީތާވެފަ ގަމާރުވާނެ ލ.ގަމު ޒުވާނުން މުޅިރަށް ހަ ލާއްކުރަނީ އެމްޑީޕީ ޒުވާނުން ކޮންމެފަހަރަކު ކެއްޕޭނުތެރޭގައި އެމްޑީޕީން ޒުވާނުންނަށް ލާރިތައްބަހާނެ ހަމަ ބަހާ ލާއިރައް ޒުވާނުންގޮސް އެމްޑީޕީއަށް ވޯޓުތައްއަޅާ ލާނެ ގަމުޒުވާމުންނަކީ އެމްޑީޕީން ޖަޖާހާބެރަކަށް ނަށަންފިބޭބަޔެއް!

    41
    1
  9. Anonymous

    އަންނި ގެ ކަމެއް

    25
  10. Anonymous

    އިންތިހާބު ކައިރިވާއިރަށް އެމްޑީޕީ މީހުން ގޮސް ދެފައިގާ ދޫ ލާފައި ރޮއިހޭރިގަންނާނެ. ހީވާނީ އެމީހުންނޭ ކުރިންވެސް ކަންކަންކޮށްދިނީ. ދެންވެސް އެމީހުންނަށޭވާނީ. ފަސްބައި ކާފޫރަށްވުރެ ހުދުވާނޭ. ދެން އެވީ އެމީހުންގެ އެމީހުންގެ ކަމެއްނެތި ފެންނުވަރާ ސޯސަ ލްމީޑިއާ މީހުން ލައްވައި އެމްޑީޕީ އާއި އިނދިކޮޅު މީހުންގެ ދޮގުވާހަކަ ފަތުރައި ބަޑުނާމު ކުރަން. މިހެންވީމަ ގަމު ކަހަ ލަ ގަޅިން އުޅޭ ބަޔަކަށް ހީވާނެ ލައްކައެކޭ. އަވަހަށް އެމްޑީޕީއަށް ސަޖިދަ ޖަހަނީ. ތެދުވާއިރު ދިމާ އިނދިކޮޅަށް ކަންތައްވެނިމި ޖެހިފޮޑި ބުޑަށްވަދެފައި އޮންނަނީ.
    ދެންތިބޭ އަތްޖަހަން. ބާރަށް އަތްޖަހަން.

    38
  11. ާައަހުމަދު

    ތިދާއިރާގެ މެންބަރ އެހުންނަނީ ބުރޯ އަންގާގޮތަށް މަސައްކަތް ކުރަން އަބަދު ރައިސްގެ ފަހަތުގަ.

    35
    1
  12. ޙުސޭނު

    ކޮބާތަ އިސްމާލު ޢަލީ... ގައިމުބުނި އަތޮޅު ރައީސްކަން ލިބުނީމަ ތިކަންކަން ކުރާނަމޭ.. އިއްސެވެސް ޖެހީ ހުސް ޖަމަލުފޮޑި އުތަ.

    13
  13. ާއައުފް

    އަހަރުމެން މި ތިބީ އަންނި ފަހަތުގައި. އިބޫ ކަލޭ މޮޔަވެގެން ނޫޅެ

    7
    4
  14. ޙިލްމަން

    ރައީސް ޔާމީނު ބޮޑު ދިގުމަގެއް ހަދާދިނަސް މިސަރުކާރަކަށް ގަމަށް އެއްވެސް ކަމެއް ކޮށް ނުދެވޭނެ. މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ. ޗައިނާ ކުރާކަންތައް އިންޑިޔާ ކުރާނީ ކިހިނެތް. ރައީސް ޔާމީނު ކުރާހެން އިބުސޯލިހަކަށް ހަމަ އެެއްކަމެއްވެސް ނުވާނެ

    16
    2
  15. ގާދިރު

    އެމީހަކަށް ޖެހުނު ތަނަކުން ކަނީ ހުރިހައި ޕާރޓީ އަކުންވެސް ވަކި ބައެއްނޫން ހުސް ވަގުން ކޮރަޕްޓްވެ މުޅި ޤައުމު ލޫޓްވާލައިފި މި ވޭތިވެދިޔަ 15 ވަރަކަށް އަހަރު ދެން ރައްޔިތުން ނަށް ކޮށްދޭނީ ކޮން ކަމެއް؟

    13
    2
  16. އެދުރުބޭ

    ތިޔައީ ޕީ.ޕީ ދުދިންގެ ކުޑަކޮމިޓީން ކުރި މުޒާހަރާއެއް.

    10
  17. ޅަވިޔަނި

    ސްޕަމެޖޯރިޓީގެ ބާނީ ގެ މޮޅު ސްޓަންޓެއްތަ ތި ޖައްސާލަނީ! މިގައުމަށް ދެންވެސް ކަމެއް ކޮށްދެވުނިއްޔާ ކޮށްދެވޭނީ އެމް ޑީ ޕީ އަށޭ ކެެެނެރީގޭ ކަލޭގެ ގޮވާ އަޑުގަދަކުރަމުން ދުވުނު ލ އަތޮޅު މީހުންގޮވާގެން މާލޭ ތެރޭގައިވެސް! މި ޖެހުނީ ކޮންތާކު! މީގެ ކުރިން ހުރި ވެރިމީހާ ކޮށްލަދިން ވަރުވެސް ނުވީ މި! ދެންއޮތީ 2023 އަށް ކެެނެރީގޭ ކަލޭގެ ބޭރުގައި ޑޮލަރު ހޯދަނީ ގައުމު ފަޟީޙަތްކޮށްގެން އެހެރަ! ޝާހިދު އިންޑިޔާގައި މިލިއަނުން ލާރި ނެގީ ކައުންސިލޭ ކިޔާގެން މޮހޮނަށް ދޯނި ދޭހެން ބާރުތައް ކައުންސިލަރުންނަށް ދީގެން! ލާރިގަނޑުވެސް ކުރިޔަށް އޮތް ދެ އަހަރު ދިރުވާލާނީ! ބާރަށް އަތްޖަހަން ވާނީ! 2023އަށް ވެސް!

    11
  18. ދާތްޔާ

    ހަވަރު ތިނަދޫގަ ބޭއްވި ޖަ ލްސާއެއްގަ ވެސް ރައީސް ވިދާޅުވި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރާނަމޭ ތިނަދޫގަ އިންޓަނޭޝަނަލް ސީޕޯޓެއް ގާއިމްކޮއްދޭނަމޭ. ޓާޝަރީ ހޮސްޕިޓަލ ލެއް އަޅާދަެނަމޭ. ދައުރު ދެބައިވެގެން ދިޔައީ އަދީ އޭގެ ތަނެއް ލޮ ލު ނުފަޅާ. އެމްޑީޕީ ސަރުކާރަކުން ތިނަދުއަށް ކޮއްދެވުނު އެއްކަމެއްވެސް ނެތް. އެކަމަކު ހަވަރު ތިނަދޫގަ ތިބި އެމްޑީޕީ މީހުންނަށް އެވަރެއް ހަމަނެތް.

  19. ޏފ

    ބޮޑު ވަޒީރުގެ ރޭވުންތެރިކަން ...

  20. ނަައީމް

    ބަލަ ޒުވާނުން ކީއްވެހޭ އެމީހުނައްވޯޓް އަޅަންވީ ރައީސްޔާމީން ތަރައްގީގެ ބޮޑެތި މަސްރޫއުތައް ލާމުގަ ކޮއްދީދީ ހުއްޓާ ވިސްނާލަބަލަ ވަގުތީ ފައިސާ ފޮއްޗަކައް ސިކިނޑި ވިއްކާލީމާ ތިމާ ދިރިއުޅޭ ވެއްޓައް އަންނަ ނިކަމެތިކަން ކުރިން ނުވިސްނާނަމަ ވާއެތި މިވަނީ މިހާރު ތިހެން ގޮވާފަ އިންތިހާބު ކައިރިވީމާ ކޮންމެމިހެއްގެ އަތައް 5000 ދީނީމާ އިތުރު 6މީހުންގެ ވޯޓް އެބަބަދަލްކޮއްލާ ޒުވާނުންނޭ މި ވިސްނުން ބަދަލް ނުވާހާ ހިދެއްގާ ތިޔަތަން ރަގަޅެއްނުވާނެ

  21. Anonymous

    ރަގަޅަށް ތިވާނީ އެއް ވެސް ކަމެއްް ކޮއްދޭނެކަމެއްނެއް