ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް ކަމަށްވާ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓްގެ ވިލާއެއްގައި އަލިފާން ރޯވެ، ވިލާ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެއެވެ.
މިހާދިސާ ހިނގީ ރޭ ފަތިހުއެވެ.
އަލިފާން ރޯވީ ރިސޯޓްގެ ވޯޓާ ވިލާއެއްގައެވެ. އެވިލާގައި ތިން ކޮޓަރި ހުރެއެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ނިޔާމަ ރިސޯޓްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ހެނދުނު 07:03 ގައި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރީ ކުޑަހުވަދޫގައި ހުންނަ ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔާ ސްޓޭޝަންގެ ސިފައިންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ދ.އަތޮޅުގައި އޮންނަ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން ރިސޯޓެކެވެ. އެތަނުގެ ޗުއްޓީ ހޭދަކުރުމަށް ރެއަކަށް ތިރީހަކަށް ހާސް ރުފިޔާ ދައްކަން ޖެހެއެވެ.
އަގު ބޮޑުވިއަސް އަދި އަގު ކުޑަވިއަސް ކޯޓް އަމުރެއް ނެތަސް އޮތަސް ، އަލިފާނެއް އެކަމަކަށް ނުބަލާނެ
މިޔޭ މައްސަލަ އަކީ.. ކޮންމެ ކަމެއް ޖެހޭނެ ސިޔާސީ ކުރަން.. އަދުގެ ގައުމު މި އޮތީ ހަލާކުކޮށްފި މި ވެރިކަމާ ހެދި އުޅޭ ބައިގަނޑު
ޔާ
ރަންގަޅެއްނު، އަލުން ތިތަން ހަދަން އެހެންމީހުން ކުރާ ހަރަދައްވުރެ ކުޑަހަރަދަކުން ތިކަންވާނެއެއްނު.. ރެޔަކަށް 30000ރ ޔޯ..
ހޯކޯމާރު ބޯޓެއް ކަނދޮޅުދޫ ކައިރީގައި އޮއްވާ އަލިފާންރޯވެ އެބޯޓްގައި އުޅޭ ކަނދޮޅުދޫ މީހަކު މަރުވި. މިހާދިސާއަ ގުޅިގެން ކަނދޮޅުދޫ މީހަކު ބުނީ ، އަލިފާންރޯވީމާ އަލިފާންރޯވި ވާހަކައޭބުނަނީ، އުޅެވޭގޮތެއް ހިތަކަށް ނާރައޭ.