ނ.އަތޮޅު ވެލިދޫގައި ފުލުހުން ސައިކަލެއް ޓޯކުރުމުގެ ތެރޭގައި ހައެއްކަ އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ ކަމަށް އާއިލާ އިން ބުނެފިއެވެ.

ކުއްޖާގެ ބައްޕަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ބޮޑެތި ކުށްވެރިންތަކަކާއިއެކު އަމަލު ކުރާ ގޮތައް އޭނާގެ އާއިލާ އާއިމެދު ކަންތައް ކުރީ ތިން މީހުން ސައިކަލަށް އެރުމުން ކަމަށެވެ. ސައިކަލަށް އެރީ ކުއްޖާގެ ބައްޕަ އާއި މަންމަގެ އިތުރުން ފިރިހެން ކުއްޖާއެވެ. ވެލިދޫގައި ސައިކަލަށް ތިން މީހުން އަރައިގެން އާއްމުކޮށް ދުއްވައެވެ. ގިނަ ފަހަރަށް ފުލުހުން އެކަމަށް އެއްވެސް ފިޔަވަޅެއް ވެސް ނާޅަައެވެ.

ކުއްޖާގެ ބައްޕަ މުރުޝިދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ދަރިފުޅު ގޮވައިގެން މާލި ބަލަން ނިކުތް ވަގުތު ފުލުހުން ޖިޕްގައި ބާރު ސްޕީޑްގައި އައިސް ސައިކަލް ކައިރިއަށް މަޑުކޮށް ސައިކަލަށް ފުލުހަކު އެރި ވަގުތު ދަރިފުޅު ރޮމުން ގެންދިޔަ ކަމަށެވެ. ނަމަވެސް "ފާޑަކަށް ހިނިއައިސްފައި އިނދެ" ފުލުސް މީހާ މުރުޝިދުގެ ސައިކަލަށް އަރައިގެން ނައްޓާލި ވަގުތު ކުއްޖާގެ މޫނުގައި ސައިކަލުން ޖެހުނު ކަމަށް މުރުޝިދު ބުނެއެވެ.

"އެވަގުތު ސައިކަލް ޓޯކުރަން ސައިކަލަށް އެރި ވެލިދޫ ޕޮލިސް ސްޓޭޝަންގެ މުހައްމަދު އަލީ ވަހީ ދަރިފުޅު ރޮއެރޮއެ އޮއްވާ އަދި ސައިކަލާއި ވަރަށް ކައިރީގައި ހުއްޓާ އަޅުގަނޑުމެންނަށް ދަރިފުޅު ކާމް ކުރުމުގެ ފުރުސަތުވެސް ނުލިބެނީސް ކުއްޖާގެ މޫނުމަތީ ސައިކަލުން ޖެއްސުމަށް ފަހު ދުއްވާފައި ގޮސް ޕޮލިސް ސްޓޭޝަނަށް ސައިކަލް ވައްދާފައި." މުރުޝިދުގެ ފޭސްބުކް ޕޯސްޓްގައި ބުނެފައި ވެއެވެ.

މުރުޝިދު ބުނީ ކުއްޖާ އަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އާއި ގުޅިގެން އެމައްސަލަ މިހާރު ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

ކުއްޖާގެ މޫނުމަތި ކޮންމެވެސް ވަރަކަށް ޒަހަމްވެފައިވާތަން ފެންނަ ފޮޓޯއަކާއި ވީޑިއޯއެއް މުރުޝިދު ފޭސްބުކްގައި އާއްމު ކޮށްފައި ވެއެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙަސަން

    3 މީހުނަށް އެރޭ ސައިކަލު ހުރީ ކޮންތާކު! ތަންފުކެއް ބޮޑު ވަރު ތީ!!

    29
    9
  2. ހާލުފޮޅި

    ސައިކަލަށް 3 މީހުން އެރުން އެއީ އަބަދުވެސް މަނާ ކަމެއް.. މަނާ ކަމެއް ކޮށްފަ އެހެން މީހުން ކުށްވެރި ނުކުރޭ…ދަރިފުޅު ރޮއެރޮއެ އޮއްވާވެސް އެހެން މީހުން ކުށްކުރީމަވެސް ފިޔަވަޅު އަޅާ.. ގޭ ދޮރުމަތީ ސައިކަލް ޕާކްކޮށްފަ އިންދައެއް ނޫން ދޯ ގެންދިޔައީ…

    30
    10
    • ޚިކްމަތުޔާރު

      މީހަކު ޤާނޫނާއި ގަވައިދާ ޚިލާފުކަމެއް ކުރުމަކީ ޕޮލިހުންނަށް އެމީހާގެ ކަންކަށިމަތީގައި ޖެހުން ހުއްދަވާ ހާލަތެއްނޫން..މީ އިންޑިޔާއެއް އަދި އިޒުރޭލެއްވެސް ނޫން ޤާނޫނާއި ގަވައިދުގައި އޮންނާނެ އަދަބު ކަނޑައެޅިފަ އެއަދަބު ތަންފީޒު ކުރާނީ.. އެއަށްވުރެ އިތުރަކަށް އަދި މަދުންނެއްވެސް ނޫން.. މިބުނީ ޓޯކުރަންދަމުން ކުޑަކުއްޖާގެ ގައިގައި ސައިކަލުން ޖައްސާ ވައްޓާނުލެވޭނެ ގަވައިދު ތަންފީޒުކުރަނީއޭ ކިޔާފަ.. އަދި އެއީ ކުޑަކުއްޖެއް.. އޭނައެއްނޫން ސައިކަލު ދުއްވީކީ..

  3. Mh

    Thoddoo police station 😘😘😘😘😘😘😘👮👮👮👮👮❤❤❤❤❤😭😭😭😭😭👮👮👮👮👮👮🍉🍉🍉🍉

    7
    2
  4. ޖިންނި

    ފު ލުހުން ތި މައްސަ ލަ ތަޙްޤީގް ކުރާނެ އެ ނިމުނީ

    10
    4
  5. ޕެޓްރިކް

    މޮޅުވާހަކަ ދައްކާނެކަމެއް ނެތް މާލި ބަލަން ސައިކަލުގައި 03 މީހުން އަމިއްލަ ދަރި ގޮވައިގެން ކުށައް އަރައިގަންނަން އެކުޑަކުއްޖާއަށް ދަސްކޮށްދިންކަން ޖެންޑާއިން ބަލާނެ.. 06 އަހަރުގެ ކުއްޖާއަށް ކުށްކުރަން ދަސްކޮށްދީފަ އަމިއްލައަށް މަޝްހޫރުވާން އެފްބީގައި ޖެހީ.. ފުލުހަކު ގަސްދުގައި ކުޑަކުއްޖެއްގެ ގައިގާ ސައިކަލުން ނުޖައްސާނެ

    34
    8
  6. ފާތި

    ބަލަ ކަލޭ މުޅި ހާންދާނު އެންމެ ސައިކަލަކަށް އަރުވައިގެން ހިތުހުރިވަރަށް ދުއްވިއަސް އޯކޭ؟ ފުރަތަމަ ޤާނޫނަށް ބޯ ލަނބަން ދަސްކުރޭ. އެއަށްފަހު ރޯނީ. އަދި ރޯކަށް ނުވޭ

    34
    8
  7. އިނޮސެންޓް

    ކުދިން ކައިރީގައި ބައިތިއްބައިގެން ބައެއް ބޭފުޅުން ވަރަށް ހަޑިކޮށް ފުލުހުންނާއި ދިމާލަށް އެއްޗިހިކިޔާ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ތަން ފެނޭ. ހަމަ އެބޭފުޅުންގެ ސޯޝަލް މީޑިއާ ޕޯސްޓު ތައްވެސް އެހާމެ އިނޮސެންޓް ވެފަ ލާފަ ހުންނަ ތަން ފެނޭ !!

    27
    5
  8. Anonymous

    ސްޓަންޓް އަކާ ހާދަ ވައްތަރޭ. 3 މީހުން ސައިކަ ލު ދުއްވުން މަނާ ކަމެއް ކަމެއް ނޭގޭ މީހަކު ތިފަދަ ވާހަކަ އެއް ހަދައިގެން ފި ލްމެއްގެ ސިފައިގަ މިހެން ގެންނަން މަސައްކަތް ކޮށްފާނެކަމާއި މެދު ޝައްކެއް ނުކުރަން. ކޮންމެހެން ދަރިއަށް ކަ ލޭ ހިންގި ހައިޖާނުގަނޑެއްގެ ސަބަބުން ވީ އަނިޔާ ފު ލުހުނަށް ރައްދު ކުރާނެ ކަމެއް ނެތް. ތިކަހަ ލަ މީހުންނާހެދު ގައުމު އޮޔާ މިދަނީ.

    28
    5
  9. ކިޔާ މީހާ

    އަހަރެން ވެސް ދިރި މިއުޅެނީ ތިޔަ ބުނާ ވެލިދޫގަ 3 މީހުން ސައިކަލް ދުއްވަނި ކޮން ވަރަށް ނުފެނޭ... ސްޓޭޓަސް އިން ނަގައިގެން ހަބަރު ލިޔުން ހުއްޓާލަން ވެއްޖެ މިހާރު... ސައިލް ޓޯކުރުމަށް ފަހު ހިނގައި ދިޔަ ކަންތައް ވަރަށް ކައިރިން ފެނުނު... ހަބަރުގަ ހަވާލާ ދީފައިވާ ފަރާތަކީ ކާކުކަން ވެލިދޫގެ ކުދި ބޮޑު އެންމެ ދަނޭ މިދެން ވަރަށް ވާހަކަ......

    24
    4
    • ތައު

      އޭ ކިޔައިދީބަލަ ވީ ގޮތް ޕްލީޒް

  10. އަހުމަދު

    ފުލުހުންނޭ ތިކިޔަނީ ތީ ބޮޑު ގުންޑާ ގުރޫޕެއް. ރާއްޖޭގަ އުޅޭނީ 2 ވައްތަރެއްގެ ގުންޑާއިން. ގާނޫނުން ބާރު ލިބިގެން ރައްޔިތުންނަށް އަނިޔާވެރިވާ ގުންޑާއިންނާއި ގާނޫނުގެ ބާރު ނުފޯރާ ޕާޓޭއިން.

    16
    18
  11. މަންޖެ

    ކަލޭމެން ވާނެ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ފުލުހުން ނުބައިކުރަން.

  12. ކިސް

    ފުލުހުން އަމަލު ކުރިގޮތައްވުރެ ގާނޫނުން މަނާކަމެއް ކުރިކަން ހަދާން ކޮއްބަލަ،،ތިއުޅެނީ ފުލުހުންގެ އަގުވައްޓާލަން..ސައިކަލް ނައްޓާލިވަގުތު ސައިކަލް އުންޖެހުނުނަމަ ތިކުއްޖާ ސަލާމަތެއް ނުވާނެ..

  13. ވެރިން

    ސައިކަލަށް 3 މީހުން ކީއްކު ރަން އެއަށް ވު ރެން ގިނަ މީހުންއެ ރުން ވެސް މައްސަލައެއްކަމެއް އަހަ ރެން ނަކަށް ނުފެނޭ އެއީ އެކަކު އަ ރާއިގެން ދުއްވިޔަސް 3 މީހުން އަ ރާއިގެން ދުއްވިޔަސް ބަލާއިގެން ދުއްވުން މުހުއްމީ.

    1
    1
  14. ބަރޭ

    އެކުއްޖާގެ މަންމަ އާއި ބައްޕަ އެކުއްޖާއަށް އަނިޔާވާން ދޫކޮށްލީ. އެއީ އަސްލުވީގޮތަކީ. ދެން މިހާރު ފުލުހުން ބޭޒާރުކުރަން އުޅޭނެކަމެއްނެތް.

  15. ށަލާ

    ދަރި ގޮވައިގެން ދެމައިން ސައިކަލަށް އަރާއިރު ވިސްނާލަން ރަގަޅުދޯ ދަރިއަށް ތި ނަގާދޭ ފިލާވަޅު