20:38

ގދ. އަތޮޅު ނަޑެއްލާއިން އިތުރު 28 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:39

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެ، ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފި

16:08

ދުވަސްކޮޅެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގައި އެއްމަސް ނުވާ ކުއްޖަކާއި، ނުވަ މަހުގެ ކުއްޖެއް ކޮވިޑް-19 އަށް ފައްސިވެއްޖެ.

09:28

ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ.

ކޮވިޑް-19 އަށް ދުނިޔެ އިން ފައްސިވާ މީހުންގެ ޖުމްލަ އަދަދު ޖޫން މަހު ދަށަށް ދިއުމަށް ފަހު އަނެއްކާވެސް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވެ، ކަންބޮޑުމުން އިތުރުވެއްޖެއެވެ. މިހާރު އަނެއްކާވެސް އަދަދުތައް އިތުރުވަމުން އަންނަ އެއްސަބަބަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމެވެ.

އެމެރިކާގެ ހާލަތު ޖޫން މަހާއި ޖުލައި މަހުގެ ފުރަތަމަ ދެހަފްތާގައި ވެސް ވަރަށް ބޮޑަށް ރަނގަޅު ވުމަށް ފަހު މިހާރު ހާލަތު ގޯސްވަމުން ދަނީ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ކަމަށް އެމެރިކާ އިން ބުނެއެވެ. އެމެރިކާ އިން ކޮވިޑަށް ފައްސިވާ މީހުންގެ %81 އަކީ ޑެލްޓާ ވޭރިއަންޓަށް ފައްސިވާ މީހުންނެވެ.

އެމެރިކާގެ އިތުރުން ޔޫރަޕްގެ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތް، ސްޕޭން އަދި ރަޝިއާގެ ހާލަތު ވެސް އަންނަނީ އަނެއްކާވެސް ގޯސްވަމުންނެވެ. މީގެ އިތުރުން އާޖެންޓީނާ އާއި ބްރެޒިލް ފަދަ ގައުމުތަކުގެ ހާލަތު ރަނގަޅެއް ނުވެއެވެ. އީރާންގެ ހާލަތު ވެސް އަނެއްކާ އަންނަނީ ގޯސްވަމުންނެވެ. މީގެ އިތުރުން އިންޑޮނޭޝިއާގެ ހާލަތު ވެސް ވަރަށް ގޯހެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރެވެން އޮތް ގޮތަކީ ގިނަ ބަޔަކަށް ވެކްސިން ދިނުން ކަމަށް ވީނަމަވެސް އަދި ގިނަ ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިނުމަށް ހައެއްކަ މަސް ދުވަސް ހޭދަވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިސާރާ

    ކޮވިޑޭ، ވޭ ރިޔަންޓޭ ކިޔައި މުޅި ދުނިޔެ ބި ރުވެެ ރި ކަމެއްގެ ތެ ރޭގައި ބާއްވައިގެން ފައިދާ ހޯދާ ބަޔަކު ފައިދާ ނަގަމުން އެބަދޭ..ޑަބްލިޔު. ޢެޗް.އޯ ގެ މެނޭޖްމަންޓް ބަދަލުވާން ޖެހޭ.. ދުނިޔޭގެ އާބާދީ އަބަދު ޑަބްލިއު. ޢެޗް. ޢޯ އިން ކޮންޓް ރޯލް ކު ރާތާ 2 އަހާ ރު ވަނީ މިހާ ރު.. ކޮވިޑު ޕެންޑަމިކަކީ ދުނިޔެއިން އިސްލާމްދީން ފުހެލަން ޔަހޫދީން ގެންގުޅޭ މަކަ ރުވެ ރި ހީލަތްތެ ރި އެޖެންޑާގެ ބަޔެއް..

    4
    1