ނެޓްވޯކް އޮފް އެކްއަކަލްޗަރ ނެޓްވޯކް އިން އޭސިއާ ޕެސިފިކް (ނާކާ) ގެ ގަވަނިންގް ކައުންސިލް މާދަމާ ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންވެރިންގެ ބައްދަލުވުމުގައި، އެ ކައުސިލްގެ ޖަލްސާއާއި ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވީ ނާކާއަކީ އޭސިއާ ޕެސިފިކް ސަހަރައްދުގައި އެކުއެކަލްޗާގެ ކަންތައްތައް ބެހެލެއްޓުމަށް ހެދިފައިވާ ޖަމިއްޔާއެއް ކަމަށެވެ.

އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި 19 ގައުމެއް ތިބި އިރު ރާއްޖެއިން އެ ޖަމިއްޔާގެ މެންބަރަކަށް ވީ 2014 ވަނަ އަހަރުގެ ތެރޭގައިކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މޫކައި ހޮޓެލްގައި މާދަމާ ބާއްވާ ނާކާގެ ކައުންސިލްގައި 19 ގައުމަކުން ބައިވެރިވާއިރު އެ ކައުންސިލްގެ ބައްދަލުވުމަށް ފަހު ރާއްޖެއަށް ނާކާގެ ޗެއާމަންކަން ލިބިގެންދާނެއެވެ.

ނާކާގެ ޗެއާމަންކަން ރާއްޖެއަށް ލިބުމުން ރާއްޖެ ހިމެނޭ ސަރަހައްދުތަކުގައި ހުރި އެކި އެކި އެކްއެކަލްޗަރ ނެޓްވޯކް ތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަމުގައިވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

"މާދަމާ ބޭއްވޭ ނާކާގެ ގަވަނިން ކައުންސިލަށް ފަހު ރާއްޖެއަށް ނާކާގެ ޗެއާމަންކަން ލިބިގެންދާނެ. މިކަމުގެ ސަބަބުން ރާއްޖެ ހިމެނޭ ސަހަރައްދުގައި ހުރި އެކި އެކި އެކްއެކަލްޗަރ ނެޓްވޯކްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ. ފާއިތުވި އަހަރު ރާއްޖެއަކީ ނާކާގެ ވައިސް ޗެއާ" މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

އެޖަލްސާގައި ފާއިތުވި އަހަރުތަކުގައި އެކުއެކަލްޗަރ ސެކްޓަރ ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވުނު ކަންތަށްތަކާއި މުސްތަގުބަލުގައި އެ ސެކްޓަރ ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމުގެ މަށްޗައް މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެ ކަމުގައިވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. ނާކާގެ ގަވަނިންގް ކައުންސިލްގައި ރާއްޖެއިން މަސައްކަތްކުރާނީ ރާއްޖޭގައި އެކުއެކަލްޗަރ ސެންޓަރު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން މެންބަރު ގައުމުތަކާއި ގުޅިގެން ހޯދުމަށް ކަމަށް ވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

ރާއްޖޭގައި އެކުއެކަލްޗަރ ސެކްޓަރ ހަރުދަނާކޮށް ކުރި އެރުވުމަށް ރައީސް ޔާމީންގެ އިސްނެންގެވުމުގެ ދަށުން ކުރެވެން ފެށި މަސައްކަތުގެ ދަށުން އެކަމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް މިހާރުވެސް ސައުތް އީސްޓު އޭޝިއާން ފިޝަރީޒް ސެންޓަރުގައި ރާއްޖޭގެ 9 ދަރިވަރަކު ޓްރެއިނިންގް ހަދަމުން އެބަގެންދެއެވެ.

މާދަމާ ބޭއްވޭ ނާކާގެ ގަވަނިންގް ކައުންސިލްގައި ރާއްޖޭގެ ތަމްސީލް ކުރާނީ މެރިން ރިސާޗް ސެންޓަރުގެ ސީނީއާ ބައޮލޮޖިސްޓް ޑރ. ހަސަން ޝަކީލްއެވެ.

ޝަކީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް
ޝަކީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.ހަސަން ޝަކީލް ވިދާޅުވީ އެކްއެކަލްޗަރ އަކީ ރާއްޖޭގައި ކުރިއެރުވިދާނެ މަސައްކަތެެއް ކަމަށެވެ. އަދި ރާއްޖޭއަކީ އެކްއެކަލްޗަރ ގެ މަސައްކަތްތަށް ކުރުމަށް އެކަށޭނެ މާހައުލެއް އޮތް ގައުމެއް ކަމަށާއި ވަރަށް ކުޑަ ހަރަދަކުންވެސް އެކުއެކަލްޗަރގެ މަސައްކަަތްތަށް ރާއްޖޭގައި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަކީ ރާއްޖޭގެ އިޤްތިސާދަށްވެސް އެކަމުން ފައިދާ ކުރާނެ ކަމެއްކަމަށްވެސް ޑރ. ޝަކީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިނިސްޓަރ ޝައިނީއާއި ޑ. މިނިސްޓަރ ޝަކީލް ލ. އަތޮޅުގައި ހިންގި ހުއިފިލަނޑާ މަޝްރޫއުއިން ރައްޔިތުން ފެލި ދަރަނިވެ އިތުރަށް ފަގީރުވީ

  2. ހުސެން ކަލައިދޫ

    މިނިސްޓަރ ޝައިނީއާއި ޑ. މިނިސްޓަރ ޝަކީލް ލ. އަތޮޅުގައި ހިންގި ހުއިފިލަނޑާ މަޝްރޫއުއިން ރައްޔިތުން ފެލި ދަރަނިވެ އިތުރަށް ފަގީރުވީ

  3. ހުސެން

    މިނިސްޓަރ ޝައިނީއާއި ޑ. މިނިސްޓަރ ޝަކީލް ލ. އަތޮޅުގައި ހިންގި ހުއިފިލަނޑާ މަޝްރޫއުއިން ރައްޔިތުން ފެލި ދަރަނިވެ އިތުރަށް ފަގީރުވީ