ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގެންނެވި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވަން އެއްގޮތަކަށްވެސް ގުޅުއްވާފައިނުވާ ކަމަށް ރައީސް ނަޝީދާއި ހަވާލާދެއްވާ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ދޮންބިލެތް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު ޖަރުމަންވިލާތަށް ވަޑައިގެންނެވި ފަހުން އަދި މިހާތަނަށް ރައީސް ސޯލިހް، ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އެއްގޮތަކަށްވެސް ގުޅުއްވާފައިނުވާ ކަމަށް ނަޝީދު ވިދާޅުވުމުން ވަރަށް ދެރަވެއްޖެ ކަމަށެވެ.

ނަޝީދުގެ ސަޕޯޓަރުން ވަނީ ދޮންބިލެތްގެ ޓްވީޓަށް ރިޕްލައިކޮށް ރައީސް ސޯލިހް، ނަޝީދަށް ނުގުޅުއްވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ އިސްސަފުގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު ދޮންބިލެތްގެ ޓްވީޓާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ދިން ހަމަލާ އަށް ފަހު ނަޝީދު ހޮސްޕިޓަލްގައި އޮންނަވަނިކޮށް ރައީސް ސޯލިހް ހޮސްޕިޓަލަށް ވަޑައިގެން އެމަނިކުފާނުގެ ހާލުކޮޅު ބެއްލެވިއެވެ.

ނަމަވެސް އޭގެ ފަހުން ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ބެލެވެއެވެ. ނަޝީދު ވަނީ މިހާރު ރައީސް ސޯލިހާއިއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލެއްވިކަން އިއުލާން ކުރައްވާފައެވެ. މހާރު ނަޝީދުގެ އެންމެ ބޮޑަށް ފާހަގަ ކުރައްވާ މައްސަލައަކީ ސަރުކާރުން ފުރަތަމަ ހުށަހެޅި ގޮތައް ނަފްރަތުގެ ބިލް ފާސް ނުކުރުމެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ކުރިން ވެސް ރައީސް ސޯލިހާއި ނަޝީދާއި ދެމެދު "ކުނިޖެހިފައިވާ ކަމަށް" ބައެއް ފަރާތްތަކުން އައީ ވާހަކަތަައް ދައްކަމުންނެވެ. ނަމަވެސް އެއަޑުތައް ގަދަވެގެން ދިޔައީ ހަމަލާއަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. އަބޭބަކުރު

  ތި ބުނާހާ ހާލު ގޯހެއް ނޫން ފެންނަ އިރު އެކަލޭގެ. ޢަހަރުންނަށް ދެން ޖަރުމަނަކަށް ނުދެވޭނެ ދޯ އޭނަ ދެކެންށޭ ކިޔާފަ..އެ ދެން މީހަކު ގުޅާވަރު މީހެއް...

  49
  3
  • ނައިކް

   މާދެން ގޭސް ބައި ބޮޑު ވީމަ ވެސް ނުގުޅާނެ ދޯ.. ބޮމެއް ގޮވީމަ އަބަދު އެވާހަކަ ދައްކާ ސުރުހީ ހަދައިގެން ސިންޕަތީ ހޯދަން ތެޅެބީ ގިނަ މީހުން އަސްލު މިހާރު ރުޅި އަންނަނީ ތި ތެޅޭ ވައްތަރުން.. 3 ނޮވެމްބަރު ދައްކައިގެން ސިންޕަތީ ހޯދައިގެން މައުމޫނު 30 އަހަރު ވެރިކަން ކުރިޔަސް އެއީ މިހާރު އައުޓް ޓޭޑެޓް ސްޓެޓެޖީއެއް.. އަތަށް ގޮވާނީ!! މައުމޫނުވެސް ވީ އިސްރާފަކަށް ޕީޕީއެމްތެރޭގަ ޔާމީނާ ތަޅައިގަތީމަ އެ ދަތުރު ޖެހުން ގާތް އައްނިއަށްވެސް

 2. އަލީ

  ނުޖެހޭ ގުޅާކަށް.

 3. ާއައުފް

  އިބޫ ހީކު ރީ މި ރާއްޖޭގައި ޔާމީންގެ ފިކު ރު އުފަންވި ގޮތައް ' އިބޫގެ ފިކު ރު' ވެސް އުފެދޭނެ ކަމައް ތަ؟ މޮޔަފުޅު ވެގެން ނޫޅޭ... ނުވާނެ ތިޔަ ކަމެއް؟

  3
  4
 4. ގަބުޅި

  ކަނޑިކިބުރިމަތިން ހަނދާން ނެތުނީ ތޯއްޗެއް. ޢުޅުއްވާ ގޮތުން ވަރައް ހީވޭ!!!!

  3
  2
 5. ދަލާސްޓް

  އަންނި އަކީ އެކްޓްކުރަން މާމޮޅު ކަމަށް ހެދިގެން އުޅޭމީހެއްކަން ނުދަންނަ މީހަކު ނެތް. މީހުންގެ ހަމްދަރުދީ ހޯދަން އެތާ އޭނަ އެހުނަންނީ އިބޫ އާދޭސް ކުރޭތޯ. މިޤައުމަށް ޖެހިފައިވާ މުސީބާތެއްތީ.

 6. އެލެކުސް

  ގައުމުގެ ބައިތުލްމާލްއިން ލާ ރިނަގާގެން ބޭސްފަ ރުވާޔަށް ބުނެ ގައުމު ހަލާކުކޮއްލަން އެކިއެކި ގޮތްގޮތަށް ބަސްބުނާއި ރު ނުޖެހޭ ހާލުބަލާކަށް. ހާލު ރަގަޅުކަން އެގޭދޯ އިންޑިއާގެ ނޫސްތަކުންވެސް.މާ ރަގަޅުވާނެ އައިޖީއެމް އެޗްގައި ތިބި ބަލިމީހުންގެ ހާލުބެލިޔަސް. ސާބަސް އިބޫ.

 7. ސޮއި

  ގުޅާނެ ކަމެއް ނެތް.
  ޢައްނި ބޭ ރުގައި މަޑުކޮށްލައްވާ.

 8. ޒުހޫ

  ހާލު ބަލަން ކޮއްމެހެން ނުގުޅިޔަސް ދިމާއަށް ތިހާލު ކޮޅެއް ފެއްނަންތާ އެހުއްނަނީ. ދެއިރު ދެދަޅަޔަށް ޖަރުމަނު ވިލާތުން ފިލްމް އަޕްލޯޑް ކޮށް ކޮށް އެސޮރު އެހުއްނަނީ.

 9. އެހެންދޯ ތިކިޔަނީ؟

  ރައީސް ނުބެލިޔަސް އިންތިއާ ބޮންޑޭއާ އީވާއާ މީކާއިލް ހާލު ބަލައެންނު. އެވަރުން ނުފުދެނީތަ؟

 10. އަހުމަދު

  ނަޝީދު ވާހަކައެއް ދައްކައިފިއްޔާ އޭގެ ތެދު ދޮގު ބަލަން ޖެހޭނެ. އަދި ސަރުކާރުގެ ހަރަދުގަ ކުރިހާ ބޭސްފަރުވާ ކޮބާ؟ އެކަމުގަ އިހުމާލުވި ނަށީދުގެ ގަތް މިނިސްޓަރުން ކޮބާ. އިބޫ އެކަނި ގޯސްވާނީ ލާދީނީ ބިލުގެ ކަންކަމުގައި ނަޝީދު ކުރިމަތީ ކުޑަކަކޫ ނުޖަހަތީ

 11. ރެފްރީ

  ގުޅާނެކަމެއްނެތް.. އަންނި އަމިއްލައިންއެއޮތީ އިބޫއާއި ގުޅުންކަނޑާލާފަ..

 12. ޑަބިޔާ

  މުޅިޕާޓީ ހަލާކުކޮއްް ވެރިކަން ބޭނުންވެގެން އިބޫ ސޯލިހު ހަލާކު ކޮއްލަން އުޅޭ މީހަކާ ގުޅުމުގެ ބޭނުމެއް ނޯންނާނެ

 13. ރަބަރޭ

  ބަލަގަ ރައީސުލްޖުމްހޫރިއްޔާ ބަލަން ޖެހޭނީ ރައްޔިތުންގެ
  ހާލު ރައްޔިތުން އުޅޭނޫޅޭ ގޮތް އެއީ ރައްޔިތުންގެ ރައީސް މަޖުލީހުގެ ރައީސްގެ ހާލުކޮޅު ބައްލަވާނީ ލޮބުވެތި މެންބަ ރުން

 14. ހަހަހަހަ

  ކިހާ ދެރަކަމެއް.
  ދޮންބިލެތް އުޅެބަލަ ނަޝީދު ކީއްޔަށް ޖަހައިގެން.
  އަހަރެމެން އިބޫ ހޮވީ ނަޝީދު ހާލު ބަލާކަށް ނޫން.

  އެހެން ނޫނަސް ނަޝީދުގެ ހާލު އެބަ އިނގޭ އެންމެނަށް.

  މީހުން ގުޅާނީ ގުޅާ ވައްތަރަށް އުޅެންޏާ ދޯ؟

  20
 15. ލޮލްލޮލް

  ރާއްޖޭގެ ހާލު ބައްލަވާލައްވަން ނަޝީދު ރައީސްއަށް ގުޅުއްވިތޯ؟

  23
 16. މީހަކު

  އަހަންމަދު އެކަނިހުރެގެން މީހަކަށް ނުވާނެ. އޭނާ ވާހަކަ ދައްކާނީ ނަޝީދުގެ ދުލުން. ވިސްނާނީ ނަޝީދުގެ ސިނކުޑިން. އަމިއްލަ ދޫ ބޭނުންކުރާނީ ރަހަ ބަލަން. ބޯ ބޭނުންކުރަނީ ފުނާ އަޅަން

  13
 17. ދިވެހި ހިޔަޅު

  ކީއްކުރަން ގުޅަނީ. ތިބުނާވަރުގެ ޒަޚަމެއް ހުރެގެން ނޫން ދިޔައީ. ސަރުކާރުގެ ޚަރަދުގައި ޑްރާމާކުލެން ޗުއްޓީއަށް ދިޔައީ. ތިޔައީ އިނގިރޭސި ވިލާތަށް ބެކްބޯން އޮޕަރޭޝަން ކުރަން ދިޔަ މީހާ ނޫންތޯ؟