އަވަށްޓެރި އިންޑިއާގެ އެހީއާއެކު، ރާއްޖޭގައި 45 މަޝްރޫއެއް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މިއީ އެހެން ގައުމުތަކާ ބަލާ އިރު ގިނަ އަދަދެއް ކަމަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ދަ ޕްރިންޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާގެ އެހީއާއެކު 45 މަޝްރޫއެއްގެ މަސައްކަތް ރާއްޖޭގައި ކުރިއަށްދާ އިރު، ސައުދީ އަރަބިއްޔާ އާއި ކުވައިތުގެ އެހީގައި ނުވަ މަޝްރޫއެއް، ނެދަލެންޑްސް، ޕާކިސްތާން އަދި ޗައިނާގެ އެހީގައި އެއް މަޝްރޫއު ކުރިއަށްދާ ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ބޮޑެތި ބައެއް މަޝްރޫއުތައް ފަށަން ތައްޔާރުވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ މާލެ-ތިލަފުށި ބްރިޖަށް އެހީތެރިވާނެ ކަން އިންޑިއާ އިން އިއުލާންކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ. ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު 7.7 ބިލިއަން ރުފިޔާގެ ޕެކޭޖެއް ދޭން އިންޑިއާގެ ސަރުކާރުން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ.

މި މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ބްރިޖަކުން ގުޅުވާލާނެއެވެ.

ސަފީރު ވިދާޅުވި ގޮތުގައި، މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތާ ގުޅޭ ގޮތުން އެންމެ ފުރަތަމަ މަޝްވަރާކޮށްފައި ވަނީ ސެޕްޓެމްބަރު 2019 ގައެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ބްރިޖުގެ މަސައްކަތް ކުރުމަށް އިންޑިއާގެ ކުންފުންޏަކާ އެކީގައި އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއުގެ މަސައްކަތް އިންޑިއާގެ އެފްކޮން އިންފްރަސްޓްރަކްޗާ ލިމިޓެޑާ ހަވާލު ކުރަން ދިވެހި ސަރުކާރުން ވަނީ ނިންމައިފައެވެ. އެފްކޮންއަކީ އައްޑޫގެ މަގުތައް ހެދުމާއި ފެން ހިންދުމުގެ ނިޒާމު ގާއިމްކުރަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުންޏަކީ އިންޑިއާ އާއި އެހެން ބައެއް ސަރަހައްދުތަކުގެ ބްރިޖުތައް ވެސް ހަދާފައިވާ ތަޖުރިބާކާރު ކުންފުންޏެކެވެ. ބްރިޖުތަކުގެ އިތުރުން ޒަމާނީ ފެންވަރަށް މަގުތައް ހެދުމަކީ ވެސް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ.

"ދެ އަހަރު ނުވަނީސް 500 މިލިއަން ޑޮލަރުގެ މަޝްރޫއު މިހާރު އެ ވަނީ އެވޯޑް ކުރެވިފައި. އެއީ ބޮޑު ކަމެއް. އެހެން މަޝްރޫއުތައް ވެސް ކުރިއަށް އެބަދޭ. އަހަރުމެންގެ މަޝްރޫއުތައް ކުރިއަށްދަނީ މާލެއަކު އެކަންޏެއް ނޫން. އެކި ހިސާބުތަކުގައި،" ސަފީރު ވިދާޅުވިއެވެ.

އިންޑިއާ އިން ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ާަެެައބދ

    ތިޔޭ މައްސަލަޔަކީ އިންޑިޔާގެ ބައެއް ހިސާބުގަނޑުގަ 6 ގަޑި އިރު ކުޑަކަމުދެވޭނެ ގޮތެއް ނެތިގެން އަންހެންވެރިން އުޅޭއިރު ....... މިތާގެ ކަންތައް ތަކައް މާބޮޑައް އަޅައިގަނެގެން އުޅުން؟؟؟؟؟؟؟؟؟

    16
    1
    • ބޭބެ

      އިންޑިޔާއައުޓް#

      • ހިޔާލު

        އިންޑިޔާއައުޓް#

  2. Anonymous

    ރޭޕިސްތާން އައުޓް..

  3. ކޮވިޑް

    މަތްކަލާކޯ މިރާއްޖޭގައި ސަރުކާރެއް އޮވެފަ އެނެން ނަމަވެސް ބޭރު ގައުމެއްގެ ސަފީރަކު ރާއްޖޭގެ މަސްރޫޢު ތަކުގެ ތަފްސީލް މި ދެނީ. މިހާރު ސުވާލު އުފެދޭ މީ ހަޤީޤީ ދިވެހި ސަރުކާރެއްތޯ ނޫނީ އިންޑިޔާ ސަރުކާރެއްތޯ؟ ނޫނީ އިންޑިއާ ހައިކޮމިޝަނަރ ގެ ޕާޓްޓައިމް ޖޮބެއް އަދާ ކުރަނީތޯ؟

  4. ކުލޮ

    ތިއައްވުރެ ރަގަޅު ވާނެ އިންޑިޔާ ހުރިހާ ރައްޔިތުންނައް ބޯފެން ލިބޭވަރު ކޮއްލިޔަސް..ޔާމިން ސަރުކާރުގަ ބުރިޖު އަލާން 270 މިލޔަން ބޮޑުކަމައް ބުނި ވެރިން 500 މިލޔަންވެސް އޯކޭ ދޯ ބުރިޖު އަޅަން..އިންޑިޔާ ރައްޔިތުން ނުކައި ތިބޭ އިރު އަބަދުވެސް ރާއްޖޭ ގަ ފޮޑި ޖަހަން

  5. Anonymous

    ސަފީރު ތިޔަބިދާޅުވަނީ ތިޔަބުނާ މަޝްރޫޢުތައް ހިންގާދޭތީ މިގައުމުގެ މުހިންމު ތަންތަން ތިމަންނަމެން ފައިދާނަގަން ދޫކޮށްލާށޭތަ؟؟؟ އިންޑިއާ ކަލޭގެމެން ބިތުފަންގި ނަގާވަރަކަށް ފާޅުވަމުން އެދަނީ މިގައުމުގެ މިއަދުގެ ސަރުކާރު އިންޑިއާ ސަރުކާރުން ނާޖާއިޒުފައިދާ ނަގައިގެން އެގައުމަށް މިގައުމު ދަރަނިވެރިކޮށްފައިވާވަރު!! ޢެއީ ރައީސު އިބޫސާލިހު ވެރިކަމަށް ގެންނަން ވޯޓްއޮޅުވާލަން އިންޑިއާގެ އެހީހޯދާފައިވާތީ މިގައުމުދޭން ވަޢުދުވެފައިވުން މިހާރު މިގައުމު އިންޑިއާގެ އަތްދަށުން ސަލާމަތްކުރެވޭނެ ބާރެއް؟؟ތިމެންނަގެ ގައުމުގަ ސާފުބޯފެން، ކާއެއްޗެއް، ކަރަންޓް، ބޭސްފަރުވާފަދަ އަސާސީ އެހީތެރިގަނެއް ނުލިބޭ ގުނާއަދަދު ނުކުރެވޭ އައްޔިތުން ތިބިއިރު އެރައްޔިތުންނާއިމެދު ނުވިސްނާ އެހެން ގައުމަކަށް ބޯއްގަބޮޑުކޮށްގެން އުޅުމުގެ ރައްޔިތުންނަށް އޮޅުވާ ނުލެވޒެނެ، ކަލޭމެންގެ އެއްވެސް މަޝްރޫއެއް ބޭނުމެއްނޫން އިންޑިއާ އައުޓު.

  6. ގގގ

    ބާރޑް ޝިޓް ވަރުގެ ރަށްރަށުގަ ޕްލާސްޓިކް އުނދޯލި އެލުވުމުގެ 40 މަޝްރޫއާ އައްޑޫ އަޅުވެތިކުތުމާ ހަނިމާދޫ ކައްވާލުމާ ތިލަފަޅު ބަނޑުދަށުލުމުގެ މަޝްރޫއާ ހައިކޮމިޝަން ބުޑުގަ ވިސާއަށް ސަލާމް ޖެއްސުމުގެ 2 މަޝްރޫއު ކުރިއަށްދަނީ!

  7. Anonymous

    ޕާކިސްތާނުގަ ހިންގިފަދަ ބޮންގޮއްވުމުގެ މަޝްރޫއެއް މިތާ ނުހިންގައްޗޭ.

  8. އައްޑޫ ސިޓީ

    ސަންޖޭ މުދީރު އައުޓް އިންޑިއާ އައުޓް.

  9. ޙަބޭ

    މަސްރޫއުތައް ހިންގަނީ އަމިއްލަ އެދުމައިގެން، މި ބިމައް ގަދަކުރުމުގެ ނިޔަތުގައި، ލޯނުދޫކޮށް އެހެން އެއްވެސް ގައުމަކުން ނުޖައްސާވަރުގެ ދަރަނި ދަންތުރައެއްގައި މި ގައުމު ޖައްސައުގެން

  10. ފުތާބެއްޔާ

    އައްޑޫ މޭޔަރު އިޔެއް ބުނި ތި މަގުހަދާ ކުންފުނީގެ ހުރި ފެންވަރު. ކޮންމެ ދުވަހަކު ކުރަން ހުންނަ ކަން ތައްތައްވެސް އެދުވަހު ގުޅާ އާދޭސް ކޮއްގެންނޭ ބުނީ ކުރުވަންޖެހެނީ. އެވަރު ބަޔަކު ލައްވާ އަޅާ ބުރިޖެއް ނިމޭނެ ކަމަށް ބެލެވެނީ 2030ގަ.

  11. އާދަމުގެދަރި

    އިންޑިޔާއިން ފަންޑުކޮށްގެން ދިވެހިން ދަރަނިވެރިކުރުވަން އަޅުވެތިކުރުވަން 45 މަޝްރޫޢު އެބަހިންގާ. މިއީ ރަނގަޅު ގޮތަކީ.