ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވަނިކޮށް ރާއްޖެ ސަލާމަތްކޮށް ދިނީ އަވަށްޓެރި އިންޑިއާ އާއި ރަޝިއާ އިން އައި ފަތުރުވެރިންގެ ސަބަބުން ކަމަށް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ)ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވެއްޖެއެވެ.
ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ އިން ފަތުރުވެރިން އަންނަނީ ރަޝިއާ އިންނާއި އިންޑިއާ އިންނެވެ. މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ މާކެޓްގެ %24.3 ހިއްސާ ކުރަނީ ރަޝިއާއެވެ. އަދި %16.5 ހިއްސާ ކުރަނީ އިންޑިއާއެވެ.
"ދަ ނިއު އިންޑިއަން އެކްސްޕްރެސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޖަނާހް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން ލުއި ދިނުމާ ގުޅިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"ރާއްޖެ އަށް އައި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް ހަ ލައްކަ އަށް މި އެރީ ވަރަށް އުނދަގޫ ހާލަތެއްގައި އޮއްވައި. ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއި އާއި އިންޑިއާ އިން. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ސަރުކާރުން ބޯޑަރުތައް ބަންދު ކުރީ، އެކަމަކު، މިހާރު އަލުން އެ ވަނީ (ބޯޑަރު) ހުޅުވާފައި. އަޅުގަނޑަށް ޔަގީން ކަން އެބައޮތް އިންޑިއާ އިން ރަޝިއާގެ މައްޗަށް ކުރި ހޯދާނެ ކަމުގެ. އަޅުގަނޑު ބުނާނީ ރަޝިއާ އާއި އިންޑިއާ އިންނޭ ރާއްޖެ ސަލާމަތް ކުރާނީ މި އުނދަގޫ ހާލަތުގައި،" ޖަނާހް ވިދާޅުވިއެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖަނާހް ވަނީ އިންޑިއާގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފައެވެ. އަދި ދެ ގައުމުގެ ވިޔަފާރިވެރިން ގުޅިގެން ވިޔަފާރިތައް ފުޅާ ކުރުމުގެ މުހިންމު ކަން ވެސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ހަނގުރާމައެއް ކޮށްފައި ނުވާނެ. އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ބޮޑަށް ކަމޭހިތައިގެން އުޅެނީ ބޭބެއިންނާއި ދައްތައިން ފަދައިން. އެހެންވެ މިއީ މީގެ ފައިދާ ނަގަންވީ ވަގުތު. އިންޑިއާ އަދި ރާއްޖޭގެ ފަތުރުވެރިންނަށް ދޭން ބޭނުންވާ މެސެޖްއަކީ މިއީ ރަނގަޅު ވަގުތެކޭ އެންމެން އިށީނދެ ތިބެގެން އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެވޭނެ މަގު ފަހިކުރުމަށްޓަކައި މަޝްވަރާ ކުރަން،" ޖަނާހް ވިދާޅުވިއެވެ.
އިންޑިއާގައި ހުންނެވި ޖަނާހް ވިދާޅުވީ، އޭނާ އެ ގައުމަށް ކުރައްވާ ދަތުރަކީ ވެސް އިންވެސްޓްމަންޓް ބައިވެރިން ހޯދުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ގާތް ރަހްމަތްތެރި ގުޅުމެއް ކަން ޖަނާހް ފާހަގަކުރެއްވިއެވެ.
ޖަނާހަކީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ ރައީސެވެ. އެ އެސޯސިއޭޝަނަކީ 22 ގައުމެއްގެ މައްޗަށް އެކުލެވޭ އެސޯސިއޭޝަނެކެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ނިއު ޒިލެންޑް، އިންޑިއާ، ނޭޕާލް އަދި ޖަޕާން ހިމެނެއެވެ.
ތިއީ ތިބޭފުޅާ ޤަބޫލް ކުރައްވާގޮތް ކަމަށްވެދާނެ. ނަމަވެސް އަހަރުމެން، ނާއި އަހަރުމެންގެ ޤައުމު ސަލާމަތް ކޮށްދެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާ.
ސުބުހާނައްﷲ.... ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވެވީ ﷲ..... އަދި މިނޫންގޮތަކަށް ބުނުމަކީ މުސްލިމުންނަށް ހުއްދަ އޮތް ކަމެއް ނޫން....މިފަދަ ނުބައި ބުނުންތަކުން އަޅަމެން ރައްކާތެރި ކުރެއްވެވުން އެދި ﷲ އަށް ދުޢާ ކުރައްވަ ާ...މީ ވަރަށް ނުރައްކާތރި ބުނުމެއް
އިންޑިޔާ އަދި ރަސިޔާއަކަށް ގައުމެއް ސަލާމަތް ނުކޮށް ދެވޭނެ މިގައިމު ސަލާމަތްވީޔާ ވީފަހަރަކު އެކަންވީ ދިވެހީންގެ ދުއާއިން ﷲގެ އޯގާތެރިކަމުން
އިންޑިއާ ސަރުކާރުން ކިތައްބިލިޔަންކަމެއް މިކަލޭގެއަށް ދިނީ ނެއެނގުނަސް މިކަލޭގެ ހިއްފުރާލާވަރަށް އަޅާދީފަހުރިކަން އެނގިއްޖެ، ތިޔަބުނަނީ ގައުމު ސަލާމަތް ކޮށްދިންބަޔަކަށް ގައުމު އެއްކޮށް ދޫކޮށްލާށޭތަ؟؟؟ ނޫންނަމަ ގައުމު ސަލާމަތްކޮށްދިނީ ގައުމުގެ މުހިންމު ކަންކޮޅުތަށް އެމީހުންނަށްދޭން ވަޢުދުވެފަތަ؟؟ މިފަދަ ވަޢުދެއްވާންވާނީވެސް ރައްޔިތުންނަށްވެސް އަންގާއިގެން ނޫންތޯ؟؟
ކޮންމެވެސް ވައްކަމެއް ކުރަން ރެޑީ ވަނީ
ކޮމެންޓް ކުދިން ހާދަ ކޯފާވެފަ. ހުރިހާކަމެއް ކުރައްވަނީ ﷲ އެކަމާ އެކަކުވެސް ދެކޮޅު ނުވާނެ. ﷲ ކޮންމެ ކަމަކަށް ސަބަބެއްވެސް މެދުވެރި ކުރައްވަވާ.
ކޯއްޗެއް. ތިޔަ އިންޑިޔާ އެއްޗެހިން އައިސް މިތަން ކަރަންޓީން ހަބަކަށް ހެދީ. ދިޔައީ މުޅި ޤައުމަށް ބަލި ފަތުރާފަ. ވާނުވާ އެނގިގެން ވާހަކަ ދައްކަބަލަ. މިޤައުމުގައި ތިބީ ހުސް ރީނދޫ ގަމާރުންނެއްނޫން.
އިންޑިއާއަށް ވައިޖެހައިގެން މިހާރު އުޅޭނީ. ޔާމީނު ގެ ދައުރުގައި ޗައިނާ ވަރެއްނެތް. ވިޔާފީރި ޑީލެއް ލިބެނިކޮށް މީނާއަށް ނިމުނީ. މީނާގެ އެތައް މުވައްޒަފުންނަކަށް ކާއެއްޗެއް ނުދީ މުސާރަވެސް ހަމައަށް ނުދީ ގެންގުޅޭތީ 2020 ގައި މުޒާހަރާވެސް ކުރި. ދެން ކޮން ފާޑެއްގެ ވާހަކައެއްތޯ މިދައްކަނީ
މިމީހުން ހިތުން މިމީހުންނަށް ޜިޒްޤް ދެއްވަނީވެސް އިންޑިޔާ ނޫނީ ވޭރިމީހާ .
ޜިޒްޤް ދެއްވަނީ މާތް ﷲ .
އިންޑިޔާ މީހުންނާ ރަޝިޔާ މީހުން ނައިއްސިއްޔާ ކޮންމެވެސް އެހެން މަގަކުން މަތް ﷲ ރިޒްޤް ދެއްވާނެ .
ސަޜުކާރުތަކަށް ވައިޖަހަން ވިޔަސް ބޮޑުވަރު
ާތިހެން ލާރި ހޯދަންވީމަ ދިވެހިން ގުނބޯ ހައްދަނީ
އެހުރިހާ ފުލައިޓުތަކެއް ކަނޑަށްވެއްޓި ފަތުރުވެރިންތައް މަރުވިނަމަ ހަމަ ތިހެން ބުނަން ކެރޭނެތޯ؟
މީ ބޮޑު ވަގެއް..
ދުނިޔޭގަ އުޅެން ބަސްމަގު ބަހައްޓަންޖެހޭގޮތް ޖަނާއަށް ދަސްވެއްޖެ
ހެޔޮ ނުވާނެ މި މީހުންގެ ވާހަކަ ޖަހަން ވެސް. އާންމު މީހުންނަށް ހެވެއް އެދިގެން ކަމެއް ކުރި މީހެއް ނޫން.
ހާދަބޮޑަށް ވިކިފައޭދޯ ތިހިރީ.
އަލްޙަމްދުލިﷲ! ކޮންމެ ކަމެއްވެސް ވާނީ ﷲގެ އިރާދަފުޅުންނެވެ. ސަބަބުތައް މެދުވެރި ކުރައްވައެވެ. ޖަނާ ވިދާޅުވި ފަދައިން ކޮވިޑްގެ ބަލިމަޑުކަމުގައި އިޤްތިޞާދު ބަނގުރޫޓު ނުވުމުގެ ސަބަބަކަށްވީ އިންޑިއާ އަދި ރަޝިޔާއިން ރާއްޖެ އައި ފަތުރުވެރިންނެވެ. ވަލްޙަމްދުލިﷲ! ﷲ އަކްބަރް!
ކަލޯ ކިހިނެއްވީ ބަހެއް ބުނެލެވޭ ވަރުވީ؟ އެހެން ވިއްޔާ ހެޔޮ އަމަލަކާ ހެޔޮ ބަހެއް ބުނެވޭތޯ ބަލާބަލަ؟ ރާއްޖެއަށް ހަމަ އެކަނި އެހީތެރިކަން ލިބުނީ އިންޑިއާ އަދި ރަޝިޔާ އެކަންޏެއްނޫން. އަދި ފަތުރު ވެރިން އައީކީވެސް ރަޝިޔާ އަދި އިންޑިއާއަކުން އެކަނިއެއްނޫން. މާ ދަންނަ ކަމަށް ހެދިގެން ނޫޅޭ. ރިޒްގް ދެއްވަނީ ﷲ ޞުބުޙާނަހޫ ވަތައާލާ. ކަލޯ ތިހުރީ ސައިޒް އޮޅިފަ މިހާރު. ސޭފުވެއްޖެތޭ.
ﷲ ނޫން ފަރާތަކުން ބަ ލިބައްޔަށް ޝިފާ ދެއްވާ ކަމަށް ނިންމުމަކީ އެކަ ލާނގެ އެއްކައުވަންތަކަން( ތައުޙީދް) ޤަބޫ ލުނުކުރާތީ ނުވަތަ ނުކުރެވޭތީ ނިންމޭ ނިންމުމެއް. އަދި އެއީ މީހާ ބަހުން ކުފުރުވާ ކަމެއް...
ދެއްކޭ ނުދެއްކޭ ވާހަކައެއްް ނޭނގި ﷲ އާއި އެކަ ލާނގެ ރަސޫ ލާ ސައް ލަﷲ ޢަ ލައިހި ވަސައް ލަމް ގެ ބަސްފުޅާ އިދިކޮޅަށް އެއްޗެއް ބުނަން ހަދައިގެން ގިނަފަހަރަށް ޝިރުކާ ދިމާ ލަށް ދާނީ.
ތައިޙީދުގެ ކަ ލިމަތަކާ ބީރައްޓެހި ވީމާ ވާގޮތް މިހެރެ ފެންނަނީ. ބަޔަކަށް ނުވަތަ ތިމާޔަށް ލިބޭ ކޮންްމެ ނިޢުމަތެއް ވެސް ފުރަތަމަ ޖެހޭނީ ﷲ އަށް ނިސްބަތްކުރަން. އެޔަށް ފަހު ދެން އެހެން އެއްޗެއް ބުނާނީ. ރަނގަޅު.
މަޘަ ލަން " ﷲ ގެ ރަހްމަތްފުޅާއި އެކު އެމީހުންގެ ސަބަބުން" .
ކޮންމެ ޤައުމެއްވެސް ސަލާމަތް ކޮށްދެއްވަނި ﷲ އެކަން ހުތިހާ މުސްލިމުން ގަބޫލު ކުރުން ލާޒިމުވާނެ އެއް ގައުމު ނެތިއްޔާ އަނެއްގައުމު ވެސް އޮންނާނެ . މިގައުމު ސަލާމަތް ކޮށްދިނީ އިންޑިޔާ އޭ ބުނާއިރު އެމީހުން އެއުޅެނީ ަަަަމިއްލަ ގައުމުވެސް ސަލާމަތް ނުކުރެވިގެން . ޢެތަނުގަ އެމީހުން އަނިޔާ ކުރާ ނިކަމެތި މުސްލިމުންގެ ފައިބުޑަށް އެގައުމުގެ ޕޮލިހުން ތިރިވި ތަން ޖަނާއަށް ފެނިނުލެއްވީތީ ވަރަށް ދެރަ ﷲ ދެންނެވުމަށް ނޫންތޯ ޕޮލިހުން އިންޑިޔާ މުސްލިމުން ކިބައިން އެދި ރޮއި އާދޭސް ކުރީ . ޢެހެންވީމާ ކުފުރުގެ ބަސްތައް ނުބުނޭ ޖަނާއެއް ކަމަކު