ބޭސްފަރުވާއަށް އިންޑިއާ އަށް ދަތުރުކުރާ ދިވެހިންގެ ނިސްބަތް ފާއިތުވި ދިހަ އަހަރު ދުވަސް ތެރޭގައި ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން އާއްމުކުރި ރަސްމީ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިންޑިއާގެ ނޭޝަނަލް މެޑިކަލް އެންޑް ވެލްނެސް ޓްއަރިޒަމް ޕްރޮމޯޝަން ބޯޑުން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ސިއްހީ ފަރުވާއަށް މިދިޔަ އަހަރު އެންމެ ގިނަ މީހުން އިންޑިއާ އަށް ދަތުރުކުރީ ބަންގްލަދޭޝް އިންނެވެ. ސިއްހީ ފަރުވާ ހޯދަން އިންޑިއާ އަށް ދަތުރުކުރި މީހުންގެ ތެރެއިން %54 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ސިއްހީ ފަރުވާ ހޯދަން އިންޑިއާ އަށް ދަތުރުކުރި މީހުންގެ ތެރެއިން %9 މީހުންނަކީ އިރާގު މީހުންނެވެ. %8 މީހުން އަފްޣާނިސްތާނަށް ނިސްބަތްވާއިރު ދިވެހިންގެ ނިސްބަތަކީ %6 އެވެ. އެފްރިކާގެ ގައުުމުތަކުން ދަތުކުރި މީހުންގެ ނިސްބަތަކީ %4.5 އެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު 2009 ވަނަ އަހަރު ސިއްހީ ފަރުވާ ހޯދުމަށް އިންޑިއާ އަށް އެންމެ ގިނައިން ދަތުރު ކުރީ ދިވެހިންނެވެ. 2009 ވަނަ އަހަރު އިންޑިއާ އަށް ސިއްހީ ފަރުވާ ހޯދަން ދަތުރު ކުރި މީހުންގެ ތެރެއިން %57 އަކީ ދިވެހިންނެވެ. އޭރު އިންޑިއާ އަށް ސިއްހީ ފަރުވާ ހޯދަން ދަތުރުކުރާ ބަންގްލަދޭޝް މީހުންގެ ނިސްބަތް ހުރީ %23 ގައެވެ.
2019 ވަނަ އަހަރު ސިއްހީ ފަރުވާ ހޯދަން އިންޑިއާ އަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް ހުރީ %7.3 ގައެވެ.
ނޭޝަނަލް މެޑިކަލް އެންޑް ވެލްނެސް ޓްއަރިޒަމް ޕްރޮމޯޝަން ބޯޑްގެ ފަރާތުން ވާހަކަދައްކަމުން ޑރ.ޑެވީ ޝެޓީ ވިދާޅުވީ އިންޑިއާ އަށް އެންމެ ގިނަ މީހުން ދަތުރުކުރަނީ ހިތުގެ އޮޕަރޭޝަންތައް ކުރަންށާއި ކެންސަރު ބަލިތަކަށް ފަރުވާ ހޯދަން ކަމަށެވެ.
"އިންޑިއާ އަކީ އަގުހެޔޮކޮށް އެންމެ ރަނގަޅު ސިއްހީ ފަރުވާއެއް ލިބެމުންދާ ގައުމު. ދުނިޔެ އިން އެކަން ބަލައިގެންފި." ޑރ.ޝެޓީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންޑިއާ އިން މެޑިކަލް ވިސާ ދޫކުރާ ގައުމުތަކުގެ އަދަދު މިހާރު 166 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
ޑރ.ޝެޓީ ވިދާޅުވީ އެހެން ގައުމުތަކުން އިންޑިއާ އަށް ދަތުރުކުރާ މީހުން ބޭސްފަރުވާ ހޯދަން ކުރަން ޖެހޭ ހަރަދު އިންޑިއާ މީހުން ކުރަން ޖެހޭ ހަރަދަށްވުރެ އެވްރެޖްކޮށް %20 އިތުރު ކަމަށެވެ. އެހެންކަމުން އެއީ އިންޑިއާގެ އިޤުތިޞާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިތަނަށް ދާނެކަމެއް ނެތް!! ރާއްޖޭގެ ރައްޔިތުން ފެލައިގެން މަކަރާ ޖަހައިގެން ކާބައެއް އިންޑިޔާއަކީ!! މިހާރު އެގައުމުން އެއުޅެނީ މިރާއްޖެގައި ތިބި ގައުމަށް ޣައްދާރުވަމުންދާ ބަޔަކާ ގުޅިގެން މިގައުމުގެ މިނިވަންކަމާ އިސްތިގުލާލު ނަގަން!! އިންޑިޔާ ސިފައިން މިގައުމުން ބާލާ!! އިންޑިޔާ ހެލިކޮޕްޓަރތައް މިގައުމުން ބާލާ!! އިންޑިޔާގެ ލޯނުގެ ދަންތުރައިން މިގައުމު މިނިވަންކުރޭ!! އިންޑިޔާގެ އެންބަސީން މިގައުމުގެ ދާޚިލީ ކަންކަމާ ބެހުން ހުއްޓާލާ!! އިންޑިޔާ އެންބަސީން ގައުމުގެ ޣައްދާރުންނަށް ދެމުންދާ ރިޝްވަތުގެ ފައިސާ ބެހުން ހުއްޓާލާ!! ފައިސާ ބަހާކަމަށް ރައްޔިރުން ތުހުމަތުކުރޭ!! އިންޑިޔާއައުޓް# އިންޑިޔާއައުޓް#
އުފާވެރިކަން ހުރި އުފާވެރި ޚަބަރެއް. އިންޑިޔާއަށް ނުގޮސްވޭތޯ ބަލަންވާނެ.
އަހަރުމެން ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު އިންޑިއާއަށް ހަރަދުކުރާވަރު މަދުވީމަ ހީކަރުވައިގަތީ ދޯ؟
މާލޭގައި އެމްއަރުއައި މެޝިނެއް ނުބަހައްޓަންވެސް ކިހާ ވަރެއްކުރި. އިންޑީޔާއަށް ދަނެ މީހުން މަދުވެދާނެތީ. ރައްޔިތުންނަށް ހެޔޮއެދޭ ވެރިން ފެނިއްޖެ