މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނަށް ރައްކާތެރި މާހައުލެއް ކަށަވަރު ނުކޮށްދެވޭތީ ބޭރުގައި ހުންނަވަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙީމް ރަޝީދު (ބޮންޑެ) ގޮވާލައްވައިފިއެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ހަފުތާއެއްހާ ދުވަސް ވަންދެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވިއެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ގިނަ ކަމުން ޖަރުނަމަށް ވަޑައިގެން ފަރުވާ ހޯއްދެއްވުމަށް ފަހު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.

ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ތާރީޚެއް އަދި ނޭނގެއެވެ. އެމަނިކުފާނު ދާދި ފަހަކުން ވިދާޅުވި ގޮތުގައި، ނޮވެމްބަރުގައި ވެސް އޮޕަރޭޝަނެއް ކުރަން އެބަ އޮތެވެ. އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވީ އަވަހަކަށް ރާއްޖެ ވަޑައިގަންނަވަން ކަމަށް ވިދާޅުވެފައިވެއެވެ.

ނަޝީދުއާ ވެސް އަރިސް މެންބަރެއް ކަމުގައިވާ ބޮންޑެ "ވަގުތު" އަށް މިއަދު ވިދާޅުވީ، ނަޝީދަށް ރައްކާތެރި މާހައުލެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. އެ ޔަގީން ކަން ދައުލަތުން ނުދޭހާ ހިނދަކު ބޭރުގައި މަޑު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދެވިފައެއް ނެތް. ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ދިރިއުޅުމުގެ ހައްގު ލިބެން ޖެހޭ. ދައުލަތަށް ކަށަވަރެއް ނުކޮށްދެވޭ. ރައީށް ނަޝީދު ބޭރުގައި މަޑު ކުރައްވަން އަޅުގަނޑު ގޮވާލަން،" ބޮންޑެ ވިދާޅުވިއެވެ.

ނަޝީދަށް ރައްކާތެރި މާހައުލެއް ނެތް ކަމަށް ބޮންޑެ ވިދާޅުވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވަނީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުން އާންމުވަމުންދާ ކަމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ފާހަގަކުރާ އިރު ވެސް އެފަދަ ކަމެއް ނެތް ކަމަށް ބައެއް ވަޒީރުން ވިދާޅުވާތީއެވެ.

ބޮންޑެ އިޝާރާތް ކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކެވެ. އިމްރާން ވިދާޅުވި ގޮތުގައި ރާއްޖޭގައި "އަނދިރި ދައުލަތެއް" ނެތެވެ. އަދި ރާއްޖެ "އަފްޣާނިސްތާނުގެ ހާލަތަށް" ނުދާނެ ކަމަށް އިމްރާން ވިދާޅުވެއެވެ.

އިމްރާން މިހެން ވިދާޅުވާއިރު، ޕާކިސްތާނުން އެންމެ ގިނައިން މަސްތުވާތަކެތި އެތެރެ ކުރާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ވަނީ ހިމެނިފައެވެ. އެހެންކަމުން މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ހާލަތުގައި ނަޝީދުގެ ރައްކާތެރިކަމުގެ ޔަގީން ކަން ވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަދަ [ރައްކާތެރި] މާހައުލެއް ގާއިމް ކުރެވޭނީ ދެވޭ ވަރުގެ ހޯމް މިނިސްޓަރެއް ބޭނުންވޭ ރައްކާތެރި ކަމުގެ ޔަގީން ކަން ދެވޭނީ އެ ވަރުގެ ވަޒީރުންނާ ވުޒާރާތައް ހަވާލުކޮށްގެން،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ، ރައީސް ނަޝީދަކީ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލަތު ބައްލަވައިގެން އުޅުއްވަން ބޭނުންވާ ލީޑަރަކަށް ވާއިރު އެ ހާލަތު ދެވޭ ފެންވަރަށް ދައުލަތުން އެމަނިކުފާނަށް ރައްކާތެރިކަން ދޭން ޖެހޭ ކަމަށެވެ.

"އިތުބާރު ކުރަން ޖެހޭ ވަރުގެ ވަޒީރުން ނެތް. އެފަދަ ވަޒީރުން ހުރެގެން ދޯ ޔަގީން ކަން ލިބޭނީ." ބޮންޑެ ތަކުރާރުކޮށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ވެރިން

    އަހަ ރުމެންް ގިނަ ދިވެހިން ނަށް ރަނގަޅީވެސް ތީނަ މިގައުމަށް ނައައިއްސިއްޔާ.

    108
    3
    • ޙައްގުބަސް

      އެމްޑީޕީއަކީ މިގައުމުގެ ހަލާކު!! އެމްޑީޕީގެ ލީޑަރ ޝިޕަކީ މިގައުގެ ހަލާކު! މިގައުމަށް ދިމާވެގެން މިއުޅޭ ހުރިހާ ނުބަޔަކީ ހަމަ އެމްޑީޕީ!! އެމްޑީޕީގެ ސިޔާސީ މީހުންގެ އަމިއްލަ ސިޔާސީ އެޖެންޑާ ހާސިލްކުރުމުގެ ބޭނުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި 2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަތް ދައްކަމުންދިޔަ އެތައް ދޮގުވާހަކަތަކެއްގެ ސަބަބުތައް މިއަދު މިގައުމުން ފެންނަނީ!! އެމްޑީޕީން ރާއްޖެ ޓެރަރިސްޓުންނަށް ވާގިވެރިވަނީއޭ ބުނީ!! އެމްޑީޕީން ރާއްޖޭގައި އަލްގައިދާ މީހުން އުޅެޔޭ ބުނީ!! އެމްޑީޕީން ރާއްޖޭގެ މުސްލިމުންނާ ދިމާލަށް ހަރުކަށިފިކުރޭ ބުނީ!! އެމްޑީޕީން މިރާއްޖެއަށް ޓޫރިސްޓުން ނައަންނަން ގޮވީ!! އެމްޑީޕީން މިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް މަލާމާތްކޮށް ވާހަކަ ދައްކަމުން އަންނަނީ! އެމްޑީޕީން މިރާއްޖޭގައި ދީނާ އިދިކޮޅު ފިކުރު އާލާކުރަން ހިތްވަރު ލިބޭގޮތަށް ވާހަކަ ދައްކާ ހަދަނީ!! އެމްޑީޕީން ގޮވީ އިންޑިޔާ ސިފައިން މިގަައުމަށް އަރަން!! އެމްޑީޕީން މަގުމަތީ އަލިފާން ބޯޅަ އުކާ ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދަން އުޅުނީ!! މިއީ 2007 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށްވެސް އެމްޑީޕީގެ ޢަމަލުތައް ހުރިގޮތަކީ! އެމްޑީޕީއަކީ ހަމަ މިގައުމުގެ ހަލާކު! މިއަދު މިގައުމުން މިފެންނަ ހުރިހާ ނުބައެެއްގެ އަސްލު ފެށިގެން އައިސްފައިމިވަނީ އެމްޑީޕީގެ ވިޔާނުދާ ސިޔާސަތުގެ ތެރެއިން! ޕްލީސް އެމްޑީޕީއާ ދުރުހެލިވޭ! އޭރުން ގައުމު ރަގަނޅުވާނެ!

  2. ފޫހި

    ހިސާބަށްވުރެ އަނގަ ގަދަވެފަ މީހުން ރުޅިއަންނަ ޒާތުގެ ވާހަކަތައް ފަތުރަންޏާ ރައްކާތެރިކަން ކަށަވަރުވާނެ ގޮތެއް ނިކަން ބުނެދީބަލަ..މަޖިލީހުގެ ރައީސަކަށްވެހުރެ މުޅި ގައުމުގަ އޮތިއްޔާ އޮތް ތަނެއްގަ އޮންނަން މިޖެހެނީ މިބޭފުޅާގެ އާރާއި ބާރު.މުޅި އޮޑީގަ ހަސަނުގެ ދެފައި ގޮތަށް..ނުބެހޭކަ ކަމެއް ނޯވޭ..ވަގުތު ކުދިން މިކޮމެންޓު ޖަހައި ދޭނެކަމެއް ނޭނގެ..

    72
    4
  3. ހަސަދު

    ރައީސް ނަޝީދު ބޭރުގައި ބަހައްޓައިގެން އިބޫ ސޯލިހަށް އަދި އެއްދައުރު ދެވެތޯ ގޮވާލި ގޮވާލުމެއް.

    47
    4
  4. .......

    ބޮންޑޭ....ނަޝީދު ބޭރަށްދިއައީ ކީއްވެކަމާއި ނައިސް އެހުންނަނީ ކީއްވެގެން ކަން ނުދަންނަ ދިވެހިން ވަރަށް މަދު...ތިކަހަލަ ފެންނަތަން ނުފެންނަ ކަމަށް ހަދާ ކަހަލަ އެންމެން ނުވެދާނެތާދޯ...ރާއްޖޭގެ ރައްޔިތުންނަށް ނެތް ރައްކާތެރިކަމާއި ހިދުމަތްތަކާއި އިނާޔަތްތައް ނަޝީދަށް މިހާރުުވެސް އެހުރީ ލިބިލިބި...ރައްޔިތުންނަށް ފޯރުކޮށްނުދެވޭ އިނާޔަތެއް ހޯދާކަށް ހެޔޮވެރިއަކު ނޫޅޭނެ....މިހާރަކު ދިވެއްސަކު ތިކަމަކާ އުޅެދާނެ ތަނެއް ނުފެނޭ...ނަޝީދު ބުނިތާދޯ އަރާ ކޮންމެ ތަރިއެއްވެސް އޮއްސޭނެޔޭ...އެހެންވީމަ ނަޝީދު އެހުރީ އޮއްސިފަ...ރާއްޖެއަޔަސް ދެންވެސް ސިޔާސީ ނުވެ ސާދާކޮށް ހުރެލުން ނަޝީދަށް އެންމެ ރިވެތި ގޮތަކީ...އެހެން ނޫނީ އިތުރަށް އަގުވެއްޓި ސޯޓް ބޭލޭތަން ފެންނާނީ...

    59
    4
  5. ޔަޤީން

    ކޮންމެތާކު އޮތަސް، ކިތަންމެ ފިޓަސް، ކޮންމެ މީހަކުވެސް، މަރުވާނެކަން ޔަޤީނެވެ! ކަށަވަރެވެ! އެކި މީހުން މަރުވާނީ އެކި ސަބަބު ތަކުގައެވެ. އެހެންކަމުން ހަމަ ކޮންމެ މީހަކުވެސް، މަރުމަތި އަމާންވޭތޯ ދުޢާ ކުރަންޖެހެ އެވެ. އަދި ހެޔޮބަސް އަހައި، ހެޔޮބަސްބުނެ، ހެޔޮގޮތުގައި އުޅެން ޖެހެއެވެ.

    52
  6. Anonymous

    ނައިއްޔާ ރަނގަޅީ. މި ބަލާ އެބަޖެހޭ ލާދީނީ އެމްޑީޕީ ހޮވޭ ކޮންމެ ފަހަރެއްގަ

    67
    2
  7. ޮހޮޅި

    ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ވައްޓާލީ މި ކަލޭގެ. ދެން ކަލެއަށް ރައްކާތެރި މާހައުލެއް މިރާއްޖޭގަ އޮންނަންޖެހޭތަ. ފިނޑިބެ. ވެރިކަން ވެއްޓޭއިރަށް ޖަލަށްލާފާނެތީ ބިރުން ފިލާގޮސް ތިހުރީ. ޔާމީނު ގަޓްކަން ބަލާލަ. ނުހުންނާނެ އެ ހިއްވަރެއް.

    56
    2
  8. ރަބަރޭ

    މަނިކުފާނު ރާއްޖޭން ބޭރުގައި ހުންނަވާ މަނިކުފާނުގެ
    ހުރިހާ ހަރަދުތަކެއް ސަރުކާރުން ބަ ލަހައްޓާ ދެއްވާނެ
    މަނިކުފާނު ރާއްޖޭން ބޭރުގައި ހުރުން ދިވެހިންނަށް
    މާރަގަނޅު ވާނެ

    51
    1
  9. މައިކް

    ތިކަލޭގަ ބަހައްޓާބޭރުގަ ދިވެހިން ނައްމާފައިދާކުރާނެ. ތީ ބޮޑުއުދަގުލެއް

    53
    2
  10. ޢަހުމަދު

    ވަރަށް އާދޭހާއި އެެކު ދަންނަވަން... މަނިކުފާނު ދެން ތިކޮޅުގައި ހުންނަވާ ރާއްޖެ ވަޑައިނުގަންވާ... މި ރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވަނީ މިގޮތް.

    26
  11. ތަންޑާ

    ތިއުޅެނީ ކޮންމެހެން ރައްކާތެރި މާހައުލެއް ނެތިގެނެއް ނޫން. ރައްޔިތުންގެ ފައިސާއިން އަރާމާ އުފަލުގަ އުޅެލާފަ ހަމަ އެފައިސާއިން ރައްޔިތުންގެ އަގު ވައްޓާލަން ހުރެވުނުހާ ދުވަހަކު ހުންނަން.

    15
  12. އަހުމަދު

    ލާދީނީ ހުދުމުހުތާރު ނަޝީދުުއައުޓް

    19
  13. ނާދިރާ

    ޑްރާމާ

    17
  14. Anonymous

    ހިތްތަކުގެ ރައީސް އެއްގޮތަށް ވެސް މަނިކުފާނު ރާއްޖެ ވަޑައިނުގަންނަވާތި. އަނެއްކާ ވެސް ބޮމެއް ގޮއްވާލަފާނެތީ ބިރުގަނެ. މަނިކުފާނު ތިޔަތާ ހުންނަވައިގެން ސިޔާސީ މަސައްކަތް ޕުޅު ކުރަންވަންވީ ނޫނީ ތިޔަތާނގެ މަޖްލީހަށް ވަންނަންވީ.

    16
    3
  15. ޖިހާދު

    ތިސައިތާނު މިތަނަނައިސްފީޔާކިތެންމެހާ ވެސްރަގަޅު
    ތީނަނައުން ވެގެންދާނީ ﷲގެ ރަހުމަތަކަށް

    15
  16. ކަހުރަބު

    ތިޔަ ކަ ލޭގެ އެނބުރި މި ޤައުމަށް ނައިއްޔާ ރަނގަޅީ ލާދީނީ ކައްޒާބު

    17
  17. އަޗާތަޅާ

    ދިވެެހިރާއްޖޭގެ ނަފުރަތާ ފިތުނަޔާ ބިރުދެއްކުމާ ނިރުބަވެރި ހަރުކަށި އަމަ ލުތައް ރާވާ ހިންގާ އެއްމެ އިސް ބާނީ އައްނި މިއަދު ދެކެމުން އެދަނީ އެބޭފުޅާ ދިރުވާ ފެތުރުއްވެވި ނަފުރަތާ ފިތުނައިގެ ނުބައި ނަތީޖާ އެބޭފުޅާގެ ހަޔާތައް ވިހަ ލަމުންދާ މަންޒަރު. ސިޔާސީވިޔަސް ބޮޑުވަރު. މި ކުޑަކުޑަ އަމާން ގައުމު މުޅިން ނަޖިސްކޮއްފި އެ ކެނެރީގޭ ނަސީދު.

    21
  18. ބެއްޔާ

    މީނަ ގައުމައް ނައިސް މަޑުކުރާ ދުވަސް ތަކައް ފުލް މުސާރަ ދޭންޖެހޭތަ،

    13
    2
  19. ދިރާސާ

    2ގަޑިއިރުތެރޭގައި މިލިޔު މަށް ލިބިފައިވާ ކޮ މެންޓް ތަކާއި، އެކޮ މެންޓްތަކުގައިވާ ލައިކް އެންޑު ޑިސްލައިކް ތަކަށް ލޯހިންގާލީ މައި ނަޝީދުގެ ސިޔާސީ ތާއީދު އޮތް ހިސާބު ވަޒަން ކޮށްލެވޭ. .. ރައްޔިތުންގެ ޝުޢޫރުތައް އެ ހުރީ ފާޅު ކޮށްފައި..

    19
  20. ސެލްފިޟް

    ކަލޭ އަންނާނެ ކަމެއްނެތް، ކަލެއަކީ މިގައުމުގެ ހަލާކު. ދިވެހި ގައުމު ބަދުނާމުކޮށް ދިވެހި ރައްޔިތުންގެ އަގު ވައްޓަމުން މުޅިދުނިޔޭގަ ދުވަމުން ދާމީހަކު މިގައުމަށް އަންނާނެ ކަމެއްނެތް.

    23
  21. އެރރ

    "ސިންގަޕޫރުގާ ކަލޯ މޮޔަވާށޭ
    މާލެޔަކައް ނޭރޭނެޔާ"
    މިއިީ 1978 ވަނައަހަރު ބާގީއަކައްވި ކުރީގެ ރައީސް ނާސިރައް (އޭރު މާލޭގަތިބި ސިޔާސީ ވެރިންގެ ރުހުމާއެކު) ހެދި ބޮޑުބެރުލަވައެއްގެ ފެށޭ 2 ކަޑިއެވެ.
    ހަދާންވާވަރުން ލިޔެލީއެވެ

    11
  22. އަބްދޫ

    ބެއްޔަހުއްތު އަމީނަށް ހެދި ލަވަ "ބަލާއޭ ގައުމަށް މެދުވެރިވީ ހަލާކާ ގެއްލުމާ ދީގެން މިގައުމުގެ އަބުރޭ ދުއްވާލީ " މިޅެމަށް އެންމެ ގުޅެނީ މި ކަލޭގެއާއި.

  23. ޢަސް

    ބޮންޑެގެ ވާހަކައިން އެގެނީ މިގައުމުގެ މީހުން ނަސީދު ބޭނުން ނުވާކަން. ވަކިމީހަކަށްޓަކައި ގައުމުގެ ހުރިހާ ފައިސާއެއް ހުސްކުރާޖަށް ނުޖެހެ....

  24. ނާދިރާ

    ތިޔަމީހާ ތިތާގަ ހުރޭ. އަންނާނެކަމެއް ނެތް

  25. އަބްދޫ

    ސާލިހުއަށާއި ވެރިކަމަށް އަންނަ ހުރިހާފަރާތަކަށް ދަންނަވަން. މުހަންމަދު އަމީނު އަވަހާރަކޮށްލުމުގެ އިސް މޭސްތެރިޔަކީ ވަރިކާއި ދަންޖެހި ވަޑައިގެން ހުންވެވި ވެލާނާގެ ނުވަތަ މާޖެހިގެ އިބްރާހިމްދިދީ ކަން ނާސިރަށް އެގިވަޑައިގެންފަ އޮތީ .ނާސިރު ގެ ވެރިކަމުގަ ނާސިރު އަރިހު އިބްރާހީމްދިދީ ވިދާޅުވީ ސިލޯނަށް ބޭސް ކޮޅަކަށް ދުވަސްކޮޅަކަށް ދާން ބޭނުންފުޅުވާކަމަށް . ނާސިރު ހެއްދެ×ވި ގޮތަކީ އިބްރާއިމްދިދީ ބޭސްކޮޅަކަށް ސިލޯނަށް ފޮނުވާލެއްވީ ބޭސްކޮޅުން ނިމިވަޑައިގެން މާލެ ވަޑައިގަތުމަށް އެމްބަސީގެ އެދިވަޑައިގަތުމުން އެމްބަސީން އިބްރާހީމްދިދި އަރިހު ދެންނެވީ ދުވަސްކޮލަކު އަދި މަޑުކުރުމަށް. މިގޮތަށް ގޮސް އަވަހާރަވަންދެންވެސް އިބްރާހީމްދިދީ ބެހެއްޓެވީ ސިލޯނުގަ. ސާލިހް ވެސް ހައްދަވަންޖެހެގޮތަކީ އަދިފަހުން ވެރިކަމަށް ވަޑައިގަންނަވަ ހުރިހާ ބޭފުޅުންވެސް ނާސިރު ގެ ހިކުމަތުއަމލީން އިބުރަތް ލިބިގަނެ ކުރިޔަށް ވަޑައިގަންނަވަންވީ. މިކަލޭގެ ވެމްކޯ ކުނިނަގާ މަސައްކަތު މީހަކަށް ލެއްވިޔަސް ވެރިކަމާ ނުތޮޅި ނުހުރެވޭނެ.

  26. ޙހހހ

    އަވަހަށް ދުރުވޭ ، ޕްލީސް ، ފެބްރުއަރީ 7 މަނިކުފާނު ބުނިހެން ވާނީ