ދަލެއްގައި ބެދިފައި އޮތް ކަހަނބެއް ސަލާމާތް ކުރުމުގެ މަސައްކަތް ކުރަނިކޮށް އެ ކަހަނބު މަރުވުމުން އެކަމާ ހިތާމަ ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކަހަނބު ސަލާމަތް ކުރަން ކަނޑުމަތީގައި ކުރެއްވި މަސައްކަތް ހިއްސާ ކުރައްވަމުން ޖާބިރު "ވަގުތު" އަށް ވިދާޅުވީ އެ ކަހަނބު މަރުވީ ޖެހިފައިވާ ދަލުން ނެއްޓޭތޯ އޭނާ މަސައްކަތް ކުރައްވަނިކޮށް ކަމަށެވެ.

ޖާބިރު ވިދާޅުވީ ދަލެއްގައި ޖެހިފައިވާ ކަހަނބެއް އޭނާއަށް ފެނިވަޑައިގަތީ ގުޅީފަޅު ބޭރުގައި އޭނާގެ ޔޮޓް ބާއްވައިގެން އޮއްވައި ކަމަށެވެ. ކަހަނބު ސަލާމަތް ކުރަން 200 މީޓަރަށް ދުރަށް ފަތަން ޖެހިވަޑައިގަތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ކަނޑަށް ބަލަން އިންދާ ކަހަނބެއް ދަލެއްގައި ޖެހިގެން އުޅޭހެން ހީވެގެން އެ ކަހަނބު ސަލާމަތް ކުރަން ފުންމާލީ ވަގުތުން ވަގުތަށް. 200 ވަރަކަށް މިޓަރަށް ފަތާފައި ދިޔައިރު ކަހަނބަކާއި މިޔަރެއް އޮތް އެ ދަލުގައި ޖެހިފައި." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާއަށް އެ ދަލާ ހަމައަށް ދެވުނު އިރު މިޔަރު އޮތީ މަރުވެފައި ކަމަށެވެ. އަދި ކަހަނބު ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދަނިކޮށް އެ ވެސް މަރުވި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމާއި ވަރަށް ހިތާމަ ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވި ގޮތުން ކަހަނބު މަރުވީ އެއަށް އޮޅިފައިވާ ދަލުން ސަލާމަތްކޮށް މޫދަށް ދޫކޮށްލުމުގެ ތެރޭގައެވެ.

"އަޅުގަނޑުގެ ނަސީބު ދެރަކަމުން ކަހަނބު މަރުވީ. އަޅުގަނޑަށް ނޭނގޭ މި ކަނހަބަށް ހަދަންވީ ގޮތެއް. މި ހަވާލު ކުރަން ޖެހެނީ ކޮން ފަރާތަކާ ކަމެއް ވެސް. ސިފައިންނަށްތޯ، ފުލުހުންނަށްތޯ، އެންވަޔަރަމަންޓަށްތޯ ނޫނީ އީޕީއޭއަށްތޯ،" ޖާބިރު ވިދާޅުވިއެވެ.

ދަލެއްގައި ޖެހިފައި އޮތް ކަނހަނބު މަރުވެފައި --

ޖާބިރު ވިދާޅުވީ ކަނޑުގެ ދިރުންތަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް އަޅާނުލައި މުޅި ރާއްޖެ ސިޔާސީކޮށްފައި ބާއްވަން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެ، އެންވަޔަރަމަންޓް މިނިސްޓްރީއަށް އޭނާ ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ސަރުކާރުން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން އެދެވިގެންވާ މަސައްކަތެއް ނުކުރާ ނަމަ އެ މައްސަލަ ބައިނަލްއަގުވާމީ މީޑިއާތަކާ ހަމައަށްވެސް ގެންދާނެ ކަމަށް ވިދާޅުވެ ޖާބިރު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އަދި ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖާބިރު ވަނީ ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން ހާއްސަ އިސްކަމެއް ދިނުމަށާއި، މޫދަށް ކުނި ހުއްޓާލުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ. އަދި މޫދަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކޮށްގެންވެސް އެކަން ހުއްޓުވޭނެ އުސޫލެއް ގާއިމްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓަކިބެ

    މިޔަރު މަރުވިޔަސް ނެތް ހިތާމައެއް. ކަހަނބު މަރުވީމަ ހިތާމަ؟ މިޔަރަކީ ކަނޑުގެ ދިރުމަކަށް ނުވަނީތަ؟

    10
    2
  2. އެންމެ ބިރުހުރި ހިތާމައަކީ....

    އެންމެ ބިރުހުރި ހިތާމައަކީ ޖާބިރު ސަލާމަތް ކުރައްވަން އުޅުއްވި އެއްޗެއްވިއްޔާ ވަޤުތުން ވަޤުތަށް މަރުވާތީ އެވެ.

    15
  3. އަބްރަހަމް

    ދިޔާނާ އަށް ހަދިޔާއަކަށް ދީީ

    17
  4. ޢަހުމަދު

    ރައްޔިތުން މިތިބީ އިންޑިޔާގެ މަޅީގައި ޖެހިފައި އޮތް މިޤައުމު ސަލާމަތް ނުކުރެވިދާނެކަމުގެ ހިތާމައިގަ...

    11
    1
    • ރާކަނި

      ތިބޭފުޅާތިޔަވިދާޅުވަނީ އިންޑިޔާދަ ލެއްގަ ދިވެހިރާއްޖެވެސްމިވަނީ ޖެހިފައޭތޯ ؟ އެހެންކަމަށްހީވާނަމަ އަޅުގަނޑަށް ފެންނަނީ ޖާބިރުމެންކަހަ ލަ ކެރޭ ބޭފުޅުންކޮޅެއް އެބަޖެހެއޭ އިންޑިއާގެ ދަ ލުން ދިވެހިރާއްޖެ
      ސަ ލާމަތްކުރެވޭތޯބަ ލަން !!

  5. ވަޤްތުން ވަޤްތަށް

    ތިކަމުގަ އަޅުގަނޑު މިހުރީ ހަނު..

    10
  6. ކޮކަޓޫ

    އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުށެއްނެތް ކަނޑުގެ ދިރުންތަކަށްވެސް ނުރައްކާވެފަމިވަނީ...ވ.ދެރަވޭ..ޖާބިރުގެ ތިހިތާމައިގަ އަޅުގަނޑުވެސް ބައިވެރިވަން.

    12
    1
  7. އަޑަފި

    ޕަބްލިސިޓީ ލިބޭކަހަލަ ކޮންމެ ކަމެއް ކުރަން އުޅެންޏާވާނީ ތިހެނެވެ. ޔޮޓުގެ ނަގިލި ގަލެއްގައި ތާށިވެއްޖެނަމަ، އެ ނަގަން ފައިބަނީ ފަޅުވެރިންނެވެ. ބުރަފަތީގައި ވަލެއް އޮޅިއްޖެއްޔާ އެނައްޓަން ފައިބަނީ ފަޅުވެރިންނެވެ. ޔޮޓުގެ ފެހިކަހަނީ ފަޅުވެރިންނެވެ. ކަނޑަށް އެއްޗެއް ވެއްޓިއްޖެނަމަ އެ ނަގަނީ ފަޅުވެރިންނެވެ. ނުވިތާކަށް މަހަށްގޮސް އޮޅޭއިރު ބުޅީގައި އެންކޮޅު އަޅުވައި، މަހުގެ ބުޅިނައްޓައިދެނީ ފަޅުވެރިންނެވެ. އެހެންވީމާ ކަނޑުމަތީގެ ކަންކަމަށް ފަރިތަވާނީ ފަޅުވެރިންނެވެ. ނަމަވެސް ކަހަނބު ސަލާމަތް ކުރަން ފޭބީ އެފަދަ ކަމެއްގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެކެވެ. ތަޖުރިބާހުރި ފަޅުވެރިން ޖެހުނީ، އެބޭފުޅާ ކަހަނބު ސަލާމަތް ކުރަން މަސައްކަތް ވީޑިއޯކޮށް ފޮޓޯނަގާ ސޯސަލްމީޑިއާއަށް ލާން ތިބޭށެވެ. އޭރުން ނޫސްތަކުގެ ފަލަ ސުރިހީއަށް އަރާނީ ޗެއަރމަން ކަހަނބު ސަލާމަތް ކުރިވާހަކައެވެ. ދެންވެސް މިކަހަލަ ކަން ކުރައްވަން ނޫޅުއްވާ، ކަމުގެ ތަޖުރިބާ ހުރި މީހުނާ އެފަދަ ކަންކަން ހަވާލުކުރާށެވެ.

  8. ސެންޗޯ

    ޖާބެއަށް ނޭގުނީމަވާނީ އެހެން މޫދުގަ ދަލެއްގައި އޮޅި އެހާބަލި ވެފަ އޮތް ކަހަބެއް ނަގާ އެއްގަމަށް ލީމަ ޑީކޮން ޕުރެސަރ ވެގެންނޭ އެމަރުވީ މޫދުގަބާއްވައިގެން ދަލުން ނައްތާ ދޫކޮށްލި ނަމަ ކާމިޔާބު ވީހި މަރުގެ ޒިންމާ ނަގަންޖެހޭނީ ޖާބެ