ސިޔާސީ މައިދާނުގައި އުހަށް އަރާނީ އެއްވެސް ޕާޓީއެއްގެ ފަސްބައިގައި އެލިގެން ނޫން ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ފޮރިންގް ރިލޭޝަން ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

"އަވަސް" އިން މިއަދު ގެންދިޔަ ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން ޝިދާތާ މިފަދައިިން ވިދާޅުވީ، އަދާލަތުގެ ސްލޮޓެއްގައި މިނިސްޓަރަކަށް ހުންނެވިއިރު އެކަމަނާއަށް ކުރި ތުހުމަތުތަށް އެޕާޓީއިން ދިފާއު ނުކުރެއްވީ ކީއްވެތޯ އެހުމުންނެވެ.

ޝިދާތާ ވިދާޅުވީ އޭނާ ކުރިއަށް ދިޔައީ އަމިއްލަ މަސައްކަތުން ކަމަށެވެ. އަދި އޭނާ ކުރި މަސައްކަތް ބަޔަކަށް ނުފެނުނު ކަމުގައި ވީނަމަވެސް ބަލައިގަންނަ މީހުން ގިނަ ވާނެ ކަމަށެވެ.

"މިހާ ހިސާބަށް އައީވެސް އެއްވެސް މީހެއްގެ ފަސްބައިގައި އެލިގެންނެއް ނޫން. ކުރިއަށް އަޅުގަނޑު އުހަށް އަރާނީވެސް ވަކި މީހެއްގެ ފަސްބައިގައި އެލިގެންނެއް ނޫން" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވަޒީރު ކަމުން އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލުވެ ވަޑައިގެންނެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން އެކަމަނާގެ އިސްތިއުފާއަށް ގޮވާލަމުން ދިޔަ ދަނޑިވަޅެއްގައެވެ.

އަދި ޝިދާތާ އެމަގާމުގައި ހުންނަން ނުފެންނަ ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސް ކޮށްފައި ވަނިކޮށެވެ.

ޝިދާތާއަށް ކުރި ތުހުމަތުތަކުގެ ދިފާއުގައި ސަރުކާރުންވެސް އަދި އޭނާ ނިސްބަތްވާ އަދާލަތު ޕާޓީއިންވެސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

މިކަމާއި ގުޅިގެން ވިދާޅުވީ ސިޔާސީ ކުރިއެރުމަށް ޕާޓީން ބުނާ އެއްވެސް އެއްޗަކީ އޭނާގެ ކުރިއެރުމަށް ނުވަތަ ކުރިއަށް ދިއުމަށް އެޅޭ ހުރަކަށް ނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ކުރިއަށް ދާނީ ވަކި ޕާޓީއެއްގެ ފަސްބައިގައި އެލިގެން ނޫން ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ސިޔާސީ ގޮތުން ކުރިއަށް ދާނީ ޖޭޕީގެ ފަސްބައިގައި، ނުވަތަ ޕީޕީއެމް ނުވަތަ އެމްޑީޕީ ނުވަތަ އަދާލަތު ޕާޓީގެ ފަސްބައިގައި އެލިގެންނެއް ނޫން. އަޅުގަނޑު ކުރިއަށް ދާނީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން، އެ މަސައްކަތް ރައްޔިތުންނަށާއި ގައުމަށް ދައްކައިގެން". "ވަގުތު" އާއި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އެކަމަނާ މަގާމުން އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް ވީއެންމެ ރަނގަޅަށް މަގާމުގެ ޒިންމާތައް އަދާ ކުރައްވަމުން ގެންދެވި ކަމަށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އޭރު ފެންމަތިވެފައިވާ މައްސަލަތަކުގައި އިހުމާލެއް އޮވެގެން ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެއީ އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ ކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެއްފަރާތުގައި ހުންނެވި ނަމަވެސް ޖެންޑާ މިނިސްޓްރީ މެންޑޭޓްގައި ހިމެނޭ މައްސަލަތަކާއި މިނިސްޓްރީއާ ގުޅޭ މައްސަލަތައް މަދު ނުވާ ކަމަށް ބުނެ ޝިދާތާ ވަނީ އެ ވުޒާރާއަށާއި، ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މއާޒު

    އެއްވެސް ބަޔަކުބޭނުމެއް ނުވޭ ތިުަކަހަލަ ނާގާބިލްމީހަކު

  2. Anonymous

    މިގައުމުގަ އެއްވެސް ތާކައް ނޭރޭނެ ނަޝީދު ފަހަތު ލައިގެން ނޫނީ.

  3. މޫސަ

    އަދާލަތަކީ ބަ ޔަކުވަރައްބުރަމަސައްކަތު އުފެއްދިޕާޓީ ޔެ. ހަމައެ ޔާއެކުކުރީގެމާތޮޑާ ދާއިރާގެމެންބަރު މުއްތަލިބުފާހަކަކުރަން ނަމަވެސް މިހާރުގެއަދާލަތުގެ ރައީސްކަންކުރައްވާބޭފުޅާގެފަރާތުންމުޅިޕާޓީހަލާކުކުރަމުންދަނީ ޕާޓީގެރަ އީސްކަން ހުރިހާ މީހު...ންް ދަނޭ