ޑްރަގް ނެޓްވޯކެއްގެ ދަށުގައި ރަހުނުކުރެވިފައިވާ ހުރި ކަމަށް ބުނާ ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު 25، ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހިފަހައްޓާފައި ވަނީ ކަސްޓަމްސް އޮފިސަރެއް ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމަސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ، އޭނާ ހިފަހައްޓާފައި ވަނީ ކަސްޓަމްސް އޮފިސަރެއް ކަމަށެވެ. އެއީ އޭނާއަކީ ހޯދަން އިއުލާނުކޮށްފައިވާ މީހެއްކަމަށް ޝައްކު ކުރެވިގެން ބެލިބެލުމުން އެކަން ކަށަވަރުވުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އިމިގްރޭޝަނުންވެސް ކްލިއާ ވެގެން އައިސްފައި، އޭނާ ހަމަ އެންމެ ލަގެޖެއް ނެގީމި، އެ ލަގެޖް ނަގައިގެން، އަޅުގަނޑުމެންގެ އިންނާނެ ޑިޖިޓަރ ގްލޯބަލް އެސެސްމެންޓް ސިސްޓަމްއެއް އޭގެ ތެރެއިން އަޅުގަނޑުމެން ހުރިހާ މައުލޫމާތެއް ޗެކްކުއިރުގައި މި އެނގުނީ، އެ ހިސާބުން އަޅުގަނޑުމެންނަށް މި އެނގުނީ ވޯންޓެޑް މީހެއްކަން އެކަން އެނގިގެން ޕޮލިހާއި ހަވާލުކުރީ". ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އިމިގްރޭޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އޭނާ އެތަނުން ނުހިފެހެއްޓީ އެކަން އިމިގްރޭޝަނަށް އަންގާފައި ނެތުމުން ކަމަށް ވެދާނެ ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ހުށަހެޅީ މެއި 14 ވަނަ ދުވަހުއެވެ. މިސްބާހް އިއްޔެ ރާއްޖެ އައިސްފައިވާއިރު، އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއީ އަށް ގޮސްފައެވެ.

މިސްބާހު ފުރުވަން އެހީތެރިވެފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއެވެ.

އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.

އޭގެ ފަހުން މިސްބާހު ޕާކިސްތާނަށް ދިޔަކަން ވަނީ އެނގިފައެވެ. ވިސާ ހަމަވެގެން މާޗް މަހުގެ ތެރޭގައި މިސްބާހު ޕާކިސްތާނު އެމްބަސީ އަށް ގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮވިޑް

    ފުލުހުން މިހާރު ވަނީ އޭނާ ހުކުމް ތަންފީޒް ކުރަން ހައްޔަރު ކޮށަފަ ޔޯ. ބަލަ އޭނަ ފުރައިގެން ދިޔަ އިރު ގޭންގުނު ދޯ ހުކުމެއް ތަންފީޒު ކުރާ މީހެއްކަމެއް؟ މޮޅު ކޮށްލަން ތިވާހަކަ ކަސްޓަމްސް އިން ހާމަކުރި ކަމަކު ތީގެން އެންގުނީ އިމްގްރޭސަން އަދި ކަސްޓަމްގެ ދޯދިޔަކަން.

    22
    3
  2. އަލިބެއްޔާ

    ކަލޯނޭ ދިވެހި ފުލުހުންގެ ބަހަށް ސާފު ހެއްކެއް ނެތި މީހަކު ހުއްޓުވައި ހައްޔަރު ކުރުމަކީ ކުށެއް.. މިއަދު ނުވިޔަސް ކޮންމެވެސް ދުވަހަކުން އެކަން ބަލާނެ.. ދިވެހި ދައުލަތުން ބޮޑު ބަދަލެއް ތި މީހަކަށް ދޭން ނުޖެހިއްޖެ ނަމަ ރަނގަޅު.. ޑްރަގު ނެޓްވޯކެއްގެ ރަހީނުގައި ހުރި މީހަކު އެގޮތަށް ދޫ ނުކުރާނެ.. ކަލޭމެންގެ ސިކުނޑި ކޮބާ؟ މި ދައްކަނީ ފައިސާގެ މުޢާމަލާތެއްގައި މީހަކު ރަހުނު ކުރި ވާހަކަ..

    14
    5
  3. ހުސޭނުބޭ

    ވަގުތު ނޫހުގައި ކުރިން އޮތީ ހަމަ ރަގަޅަށް! ޑްރަގް ޑީލެއްގައި ބަޔަކުންގެ ރަހުނުގައި ހުރެފައި އެސޮރު އެ އައީ!

    9
    3
  4. ޙެހެ

    .ފޮންޏެއް ކަޑާ ލީ..

    12
    3
  5. ކަމަނަ

    ޢެކުޓަރު އައީތަ؟ ކަލޭ ނނައިސްގެން ފިލިމު އޮތީ ނުނިމިފަ

  6. ަަަައަލީ

    އިމިގުރޭޝަން ކޮބާހޭ...ކަސްޓަމްތަ ތިކަންވެސް ކުރީ

  7. ރާކަނި ސައްތާރު

    ތި ސޮ ރަށް މެޑަލް ދޭންފެނޭ

  8. ރަހީނުބބބބ

    ޑުރަގް ނެޓްވޯކެއްގައި އެހެއްހައްޔަރުގައި ހުރިމީހަކު ދުލެއްނުކުރާނެ .

    3
    2
  9. ލައްޓި ހުޅުމާލެ

    އިމިގުރޭސަނުގެ ސިސްޓަމުން މީނާ ފާހަގަ ނުކުރެވުނީ ކީއްވެ؟

  10. ދޮންކާނަ

    އިމިގްރޭޝަން އަށް ކީވެބާ ނޭގުނީ މީ ވޯންޓަޑް މީހެއްކަން އޭނާ އެތެރެވުމަށް މަގުފަހި ކޮއްދޭން މަސަޢްކަތް ކުރި އިމިގްރޭޝްން އޮފިސަރ އަށް ސުވާލު ކުރޭ މިކަހަލަ ކިތަން މީހުން ފުރުވާ އެތެރެ ކޮއް ހަދާނެ މީމީހުން ބޮޑު އަދަދެއް ގެ ފައިސާ ތި ވާނީ ނަގާފަ އެހީ ވުމައް

  11. ގުދުގުދާބެއްޔާ

    ވަރަށްވަރުގަދަ ބޯޑާ ސިސްޓަމެކޯ!؟ މަހީހީ ހަލާކު!؟ ޗެކިންވެ ނިމި ބޭރަށް ނިކުންނަ ދޮރާއްޓާ ހަމައަށް ދިޔައީމަ ކަސްޓަމް އޮފިސަރަކަށް ސައްކުވެސްވީ! މިގޮތައް ކިތައް ބަގުލާދޭސް މީހުން ޑީޕޯރޓް ކޮއްލީމާ އެބުރި މިގައުމަށް އެތެރެ ވެފަ އެބަހުރި.