ކޮވިޑް-19ގެ އާލަަމީ ވަބާ ތެރޭގައި ރާއްޖޭގެ ރައްޔިތުން ހަނާވާއިރު ބައެއް ވަޒީރުން ތިބީ ބޭރު ގައުމުތަކުގައި ޗުއްޓީ ކުރަން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ، އއ. ތޮއްޑޫގައި 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެސްޓް ހައުސްއެއް އިމާރާތްކޮށް ގެސްޓުން އަންނަން އެއް ދުވަހަށް ވެެގެން ހުއްދަ ހޯދުމަށް އެޗްޕީއޭގައި އެދުމުން މެސެޖަކަށް އަދި އީމެއިލްއަކަށް ވެސް ޖަވާބު ނުދޭ ކަމަށް ބުނެ އާއްމުންގެ މީހަކު ކަންބޮޑުވުން ފާޅުކޮށް ކުރި ޓްވީޓް ހިއްސާކޮށް ކުރި ޓްވީޓެއްގައެވެ.
ދިޔާނާ ވިދާޅުވީ، ދައުރުން ބޮޑު ބައެއްގެ ބަންދު ބޯޑު އަޅުވާފައި، ކޮވިޑްގެ އާލަަމީ ވަބާ ތެރޭގައި ރައްޔިތުން ހަނާވާއިރު ބައެއް ވަޒީރުން ތިބީ ޗުއްޓީގައި ކަމަށެވެ.
"... ބައެއް ވަޒީރުން ދުބާއީ ޗުއްޓީ ކުރަން، އެކަކު ނިއުޔޯކްގައި ހުވާ ކުރި ހިދުމަތުގައެއް ނޫން އެހެން ކަމެއްގައި އަނެކަކު ސަސްޕެންޝަންގައި".
ދިޔާނާ ވިދާޅުވީ، ދެން ހުރި ބޭފުޅާ މައުލޫމާތަކީ ކޮބައިކަން ނޭނގި ހުރީ ހައިރާންކަމުގައި ކަމަށެވެ.
ދިޔާނާގެ ޓްވީޓްގައި އެއީ ކޮންކޮން ވަޒީރުންނެއްކަން ހާމަކޮށްފައިނުވާއިރު، ސަސްޕެންޝަންގައި ވަޒީރަކު ހުންނެވިކަން ފާހަގަކޮށްފައިވާއިރު، އެއީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފެވެ.
ކޮވިޑް-19ގެ ތެރޭގައި ސަރުކާރުގެ ގިނަބަޔަަކަށް އެއް ފަހަރާ ބޮޑު ބަންދެއް ލިބުނީ މި މަހުގެ 18 ވަަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން 31 ޖުލައިގެ ނިޔަލަށް ސަރުކާރު ބަންދުއިރު، މާލެ ސަރަހައްދުގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަށްވާން ފެށުމުން ދިން ލުއިތަކާއެކު އެތައް ބަޔަކު ވަނީ ރާއްޖެއިން ބޭރަށް ޗުއްޓީއަށް ގޮސްފައެވެ. އަދި ބައެއް ފަރާތްތަކުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޗުއްޓީ ހޭދަކުރައްވަމުންނެެވެ.
މީނާއަށް އެގޭތަ ޖާބިރު ހުރި ތަނެއް. މާރީއްޗެއް ނު އެކަން ބެލިއްޠާ.
މީނަ ޕީޕީއެމްޔަ ވަނަވީނު ގައުމް އިސްލާހު ކުރަން ބޭނުމިޔަ
ކޮންމެމީހަކު ބުން ނަސްތެދެއްވަނީ ތެދަކައް. ނިކަމެތި ރައިތުން ނިކަމެތިކަމުގަ ވެރިން ނާ އެންޕީންމަޖާނެގުމުގަ.