އަސްލު އެމްޑީޕީ މީހަކަށް ވާނީ އެމްޑިޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނުމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިފަދައިން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ވާހަކަތަކާއި ރޮޒެއިނާ ދެކޮޅު ހެއްދެވުމާ ގުޅިގެން ނަޝީދުގެ ސަޕޯޓަރުން އޭނާއަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އެ ފަރާތުން ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތެރިންނަށް އަނިޔާކުރިއިރު ރޮޒެއިނާ ޑީއާރްޕީގައި ހުންނެވީ ޑިމޮކްރެޓިކް އުސޫލު އެނގޭތީތޯ ސުވާލުކުރައްވާފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއިރު ޑީއާރްޕީގައި ތިބި ވަރަށް ގިނަ މީހުން މިއަދު އެމްޑީޕީ މީހުންނަށް ވެސް ވަރަށް ކަމުދާ ކަމަށެވެ.
"ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކަށް އާނއެކޭ ބުނަންޏާ އެ އޮތީ އަސްލު އެމްޑީޕީ ވެފަ. ކިރިޔާ ވެސް ކަމުނުގޮސިއްޔާ އެ އޮތީ ޑީއާރްޕީ ވެފަ. މިއީ ބޮޑު ޖޯކެއް" ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒެއިނާ ވިދާޅުވީ، އެހެންކަމުން އަސްލު އެމްޑީޕީ ވާ ގޮތް މިހާރު ވަރަށް ސާފު ކަމަށާއި "ތީގެ އަަސްލަކަށް ނުވިޔަސް" ހެޔޮ ކަމަށެވެ.
ރޮޒެއިނާ މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު، އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި ބައެއް މެމްބަރުން ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
ނަޝީދު ނޫން އެހެން ގޮތެއް މިގައުމަށް ބޭނުންވޭ. ނަށީދުގެ ލާދީނީ ކަމާއި ނާގާބިލުކަމުން އޭނާ ދެކެ މީހުން ފޫހިވެއްޖެ
ޑީ.އާރް.ޕީގެ އަސްލު ގްރޭނޑް ސްޓަރަޖީ އަކީ އެމް.ޑީ.ޕީ ދެބައިކޮށްލުން މިހާރު އެކަން ފުރިހަމަވަނީމި
ޑީ.އާރް.ޕީގެ އަސްލު ގްރޭނޑް ސްޓަރަޖީ އަކީ އެމް.ޑީ.ޕީ ދެބައިކޮށްލުން މިހާރު އެކަން ފުރިހަމަވަނީމި.....
ރޮޒޭގެ ލަދު ނެތީ.. އަންނި ކޮޑައް އަރައިގެން ދެމަފިރިން މަގާމު ހޯދައިގެން އިބޫ ދިފާއުގާ އަންނި ޔާ ދިމާތިކުރަނީ... މާދަމާވެސް އިންތިހާބު އަންނަ އިރައް އަންނި ފަހަތުން ދުވާނެ. ތިމީހުންގެ އުޅުން ރައްޔިތުންނައް މާރަގަޅައް އެގޭ. ވީމާ ގުދޯ ނުދަންނަވާ މަޑުން ތިބޭ...އަންނި ޔޭ ކިޔާގެން އަގަހޮޅުވަން ލަދު ކޮބާ!!!
މިއަދުތަ ތިކަން ތި އެނގުނީ؟ ނާޒިމަ ޕާޓީ އަށް ދާން ބަހަނާ ނުދައްކާ ދޭބަލަ. ތީ އައުމޫނު ކަރަށް ފަޔައް އެރި ގްރޫޕް އޭ. ތިވާނީ ތިޔަށް.
ނަސީދު އަކީ ވަގެއް
ކުލިނިކް ހިންގަން ތައްޔާރުވަނީ.
ކްލިނިކް ހިންގަން ތައްޔާރުވަނީ.
އެބަރަނގަޅުވޭ ބޮވެންޖެހޭނެ ބޮވެންވާނެ އެންމެން ސައުވިސްގަޑިއިރު ހަމައިގަ ތިބެން ބޭނުންނުވެދާނެ ހަމައިގަތިބެން ބޭނުންނުވާމީހާ ހަމައިން ނެއްޓެން އޮތް ހަމައެކަނި މަގަކީ ހަކުރައްވީމާ ދެން ހަކުރުގިނަވޭ މިހެން ބުނީމާ ލައްބައޭ ނުބުނެވޭ ނުވަތަ ނުބުނާކަމައްވާނަމަ އެއީ ފުރިހަމަ އެމްޑީޕީ މީހަކައްނުވާނެ
ޜ ނަޝީދު ނަންވިއްކައިގެ ކައިގެން ލައިގެން އުޅުނު މީޙެއް މީހާރު އިބޫ ސާލިޙު ނަން ވިއްކައިގެން!! މީޙާރު ނަޝީދު ކަރުގަ ހިފަނީ..:ކުރިން މައުމޫނު ނަންވިއްކައިގެން ރ މައުމޫނު ކަރުގަ😔😮
ތިޔައީ ރޮޒައިނާ ވިދާޅުވިއަސް ތެދުފުޅެއް
މެމް ޑީ ޕީ އަށް ލައްގާފަހުރި އޮއިވާލި ކަނދުފަތި ތަކަށް ހީވާނީ ތިޔަހެން..