ޖާނުން ފިދާވެގެން ވެސް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، ހަމަލާ ދިނުމުގައި ބައިވެރިވި ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދު ތައްޔާރަށް ހުރިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި ހަމަލާދިން ފަރާތްތަކުން ގަބޫލު ކުރާ ކުރުމުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގާލުމަށް ނިންމައި އެކަމުގެ ތައްޔާރީތަކާއި ރޭވުންތައް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.

"2020 ވަނަ އަހަރު ފަހުކޮޅުން ފެށިގެން މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ" ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.

އަދި ހައެއް މެއިގައި ނަޝީދަށް ދިން ހަމަލާގައި މިގޮތަށް ހަމަލާދޭން އުޅުނު ތިން ވަނަ ފަަހަރު ކަމަށް ސީޕީ ވިދާޅުވިއެވެ.

މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި އަދުހަމް ހިމެނެއެވެ.

ސީޕީ ހަމީދު ވިދާޅުވީ، އަދުހަމްއަކީ ހަމަލާ ދިނުމަށްޓަކައި، އަތަމާ ޕެލެސް ގޯޅީގައި ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ.

"މީނާ ހުރި މި ހަމަލާ ޖާނުން ފިދާވެގެންވެސް ދޭން ތައްޔާރަަށް ކަން ތަހުގީގަށް މިހާރު ވަނީ ހޯދިފައި." ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ.

އަދުހަމްގެ އިތުރުން، އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އޭގެ ތެރޭގައި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން އިން ހައްޔަރުކުރި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ހިމެނެއެވެ.

މީގެ އިތުރުން ތަހުމީނަކީ މި މައްސަލާގައި ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލުގެ ވެރިފަރާތް ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި ސައިކަލުގައި ބޮން ހަރުކުރުމުގައި ބައިވެރިވި މީހުންގެ ތެރޭގައި އޭނާ ހިމެނޭއިރު، ހަމަލާ ދިނުމުގައި އިސް މީހެއްގެ ގޮތުގައި އޭނާ ފާހަގަކުރެވެއެވެ.

ސީޕީ ވިދާޅުވީ، މުޖާޒްއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލައިގެން ދިއުމާއި، ލައިގެން ހުރި އަންނައުނު ބަދަލުކޮށް، މާލެ ތެރޭގައި ފިލައިގެން އުޅުމަށް މަގުފަހިކޮށްދިން މީހާ ކަމަށެވެ.

އަދި ފާތިހުއަކީ ހަމަލާ ދިނުމަށްފަހު އަދުހަމް ފިލަން އެހީތެރިވުމަށް، މުޖާޒްގެ ގާތާށް އޭނާ ގެންގޮސް ދިން މީހާ ކަމަށް ސީޕީ ވިދާުޅުވިއެވެ.

މި މައްސާލާގައި މިހާތަނަށް ފުލުހުން ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާ ދޭން ރޭވި އެންމެ އިސް މީހާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދޫ

    ނަސީދު ގެ ސަބަބުން ދިވެހި ގައުމަށް ހު ރީ ހުސް ގެެ އްލުން. ޢިސްތިއުފާ ދެއްވަމުން ނަސީދު ވިދާޅުވީ އިތު ރަށް ގެެ އްލުން ދެވިދާނެ ތީ އިސްތިއުފާ ދެނީކަމަށް.އިސްތިއުފާގެ ކު ރިން ދިން ގެެ އްލުން. 18.5 ބިލި އަން ރުފިޔާ އިން ދަ ރަނި ނަގާ ގައުމުގެ ދަ ރަނި 28.5 އަށް މަތިކުރުވުން.ޢަތޮޅު އެކައުންޓް ގަ ހު ރި އެތަ އް މިލިއަން ރުފިޔާ ކައި ހުސްކު ރުން. ރަށު ރައްޔިތުންގެ އެތައް މިލިއަން ރުފިޔާ ކައި ހުސްކޮށްލުނ. ބިދޭސީންގެ ޑިޕޮޒިޓް 11 މިލިއަން ޑޮލަ ރު ކައި ހުސް ކޮށްލުން. ޢަންހެނުންގެ ކޮމިޓީ ތަކުގެ ފައިސާ ދަވާލުން. ދިރ ރާގު ވިއްކާލުން .ފެން ކުންފުނި ވި އްކާލުން.ޢެއާޕޯޓް ވިއްކާލުން. އެސްޓީއޯ ބަހާލުން .ކައުންސިލް ތަކުގެ ބާ ރު ކަޑުވާލާ ގާނޫނު އަސާސީއާ ހިލާފަށް ގައުމީ އިދާ ރާ ހެދުން.ގާނޫނު އަސާސީ ގަޑުބަޑު ކޮށް ބާ ރުތައް އަތަށްނަގާ އަމި އްލަޔަށް ގައުމު ހިންގާކަމަށް ލިޔެ ގާނޫނުއަސާސީ ހުއްޓިފަ ވާ ކަން އިއުލާން ކު ރުން .އިސް ތިއުފާގެ ފަހުން ފޯނުކޮށްފަ ބުނެގެން ތަންތަނުގަ ރޯ ކު ރުވުން މިފަދަ މީހަކަށް ފު ރުސަތު ދެވިގެން ނުވާނެ.

    7
    2
  2. އަހުމަދު

    ކޮބާތަ ތިއުޅޭ ހަޅޭލަވާ ތިނަދޫ މެންބަރު، އޭނަ އަދިވެސް ގަބޫލެއް ނުކުރޭބާ، މިގައުމު މިހާލަތުގަ އޮތްކަން.

    4
    3
  3. ސަހު

    ސުބުހާނަﷲ

    2
    1
  4. މުރުސިދާ

    ހެޔޮނުވާނެ
    އަހަރެމެންގެ މިތިބެ 1 އަހަރުނުވާ ދަރިން ގެ ކޮންކުށެއް އޮތީ 🥺

  5. އަބްދޫ

    މި ނަސީދުގެ ކިބައިން ގައުމު ސަލާމަތް ކުރައްވާ މުކަލޭގެ ވާހަކަ ތަކުން އެގޭ މުކަލޭގެ ދަތަޖަފި ރުއައުނާ ހާމާނާ ގާޜޫނާ އަބޫޖަހުލާ އެއްފަދަ ކަން.

    5
    3