ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރިވި މީހުން އެކަން ކުރީ އެހަމަލާ ދިނުމުން އިނާމެއްގެ ގޮތުގައި މީހަކު ނުވަތަ ބަޔަކު ފައިސާ ހުށަހަޅައިގެން ކަން ގަބޫލު ކުރެވޭ ހެކިތަކެއް އަދި މިހާތަނަށް ލިބިފައި ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހަމަލާ ދިނުމުގެ މުގާބިލާއެއްގެ ގޮތުން އެއްވެސް ފަރާތަކުން ފައިސާ ހުށަހެޅި ކަމުގެ ހެއްކެއް އަދި ލިބިފައި ނެތް ނަމަވެސް އަދި މިހާތަނަށް ތަހްގީގުގައި އެއްގޮތައް ނިންމާފައި ނުވާކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލް ގަންނަން 18،000ރ. ހަރަދު ކުރިކަމަށް މިރޭ ފުލުހުން ވިދާޅުވިއެވެ. އަދި ސައިކަލް މަރާމާތު ކުރުމަށް ވޯކްޝޮޕަކަށް ގެންގޮސް އެކަމަށް ވެސް ހަރަދުތަކެއް ކުރި ކަމަށާއި އެގެ އިތުރުން ހަމަލާ ރޭވުމުގެ ކަންކަމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެ ތަނަށް ހަރަދު ކޮށްފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ މިމައްސަލައިގެ ތަހްގީގަށް މިހާރު ވެސް 300 އަށްވުރެ ގިނަ މީހުންގެ ބޭންކް ސްޓޭޓްމަންޓް ދިރާސާ ކޮށްފައިވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ފައިސާއާ ގުޅުން ހުރި ކަންކަން އަދިވެސް ބަލަމުން ގެންދާނެ ކަމަށެވެ.

ނަޝީދަށް ހަމަލާ ދޭން ބަޔަކު ފައިސާ ހުށަހަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގެންފައި ވިޔަސް އެއީ ނަޝީދަށް ދިން ހަމަލާއާ ގުޅުން ހުރި މައުލޫމާތެއް ކަމުގެ ހެއްކެއް ތަހުގީގަށް އަދި ލިބިފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ މުހައްމަދު ހަމީދު ވެސް ތަކުރާރުކޮށް ވިދާޅުވީ މައްސަލައިގެ ތަހްގީގު އަދި ނުނިމޭ ކަމަށާއި އަދިވެސް މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަަރީ

  ފައިސާ ދެވިފަ އޮންނާނެ. ރަގަޅަށް ތަހުގީގު ކުރީމަ ހޯދޭނެ.

 2. ކާފަބޭ2020

  ފޮރޮޅެންހުރި ގާތައްފޮރޮޅާނިމުނީތޯ ހަތިޔާރުތިޔަ ބެހެއްޓެވީ ؟

 3. ނަމް

  ތިޔަ ދައްކާ ވާހަކަ ބޮޑައް ވައްތަރީ މޭޒުމަތީ ތިބެގެން ލިޔެފައޮތް ކުރުވާހަކައަކާއި.

  6
  1
 4. މަގޭސުވާލު

  އެބުނާ ފަސްމިލިއަން ރުފިޔާކޮބާ ؟؟

  4
  1
 5. މުހައްމަދު އަންޖުމް

  ޑިގުލަމުންދާ ޑްރާމާއެއްގެ ބައިތައް އެޕިސޯޑްތަކަކަށް ބަހާލެވިގެން މިނިކުންނަނީ ހަމަ އެއްވާހަކަތަކެއް ބޭނުންވަނީ ކަހާނީގަރުގަރުކީ އެއްނޫން ބޭނުންވަނީ ބިތުވެރި ހަމަލާ ދިންމީހުން ނަށް އެކަމުގެ އަދަބު އެންމެ ބޮޑަކަށް ދިނުމަށް މިފަހަރު ކުރީގެ ރައީސް ނަޝީދު ދެން ކާކަށް ކަމެއްވެސް ނޭގެ ހަމަލާ އަމާޒްކުރާނީ ވީނާ މިކަންކުރި މީހުނަށް އެއްވެސް އިތުރުފުރު ސަތެއްލިބިގެންނުވާނެ އެއްވެސްމީހަކަށް ބޮޑު އަނިޔާއެއް ލިބޭކަށް ނޭދެވޭނެ އަދިގަބޫލެއްވެސް ނުކު ރެވޭނެ ކަމާބެހޭފަރާތް ތަކުން އެޕިސޯޑްތައް ނެރުމުގެ ދިގުމަރުހަލާ ކުރުކޮށް އިންސާފު ގާއިމް ކުރަންވީ ނޫނީ ނޮވެންބަރު 3ގައި 19ދިވެހިން ޝަހީދުކުރި ޚާއިނުން ، ޤައްދާރުން ފަދައިން އަހަރެމެންގެ ބޯތަކަށް ފައިންއަރާ މުޅި ގައުމު ވީދާ ފިސްފިސް ކޮށްފާނެ

  5
  1