22:11

މިއަދު 123 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:56

ދުވާލަކު 20،000 މީހުންނަށް އުމްރާ ވުމުގެ ފުރުސަތު ދިނުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފި

15:38

ކޮވިޑް-19ގެ ގިނަ ވޭދަނަތަކެއް ފެނި ބަންދުކޮށްފައި އޮތް ގދ. ތިނަދޫގެ ހާލަތު ރަނގަޅުވާން ފެށުމުން، އެރަށް ހުޅުވާލައިފި.

15:06

ކ. އަތޮޅު ކާށިދޫން އިތުރު 18 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

10:57

އިނގިރޭސިވިލާތުން ކޮވިޑްގެ މުޅިން އާވައްތަރެއް ފެނިއްޖެ.

09:42

ކޮވިޑް ވެކްސިނާއި ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރަނީ އެންމެ 12 މީހުން!

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މިމަހުގެ ތިން ވަނަ ހަފްތާގައި ހުރި ވަރަށްވުރެ ކޮންމެވެސް ވަރަކަށް މަދުވެ، ގާތްގަނޑަކަށް ދެވަނަ ހަފްތާގައި ފައްސިވި އަދަދުގައި ހިފެހެއްޓުމަކީ ރަނގަޅު ފާލެކެވެ. ކޮވިޑްގެ ފިޔަވަޅުތައް މާލޭގައި އުވާލި ނަމަވެސް އަދި މާލެ އިން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަކަށް ފާހަގައެއް ނުވެއެވެ.

ނަމަވެސް އީދު ބަންދުގައި ގިނަ ބަޔަކު މާލޭގައި ވެސް އެއްތަންވެ، ގާތް މީހުންނާއި ބައްދަލުވުން ގިނަވެފައި އޮންނާނެތީ ހާލަތު ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. އަދި އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ވެސް ކޮވިޑަށް މާބޮޑު ސަމާލުކަމެއް ނުދީ އީދު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައި ވާތީ ކުރިއަށް އޮތް ދުވަސްތަކުގައި ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ބޮޑެވެ.

އީދު ބަންދާއި ގުޅިގެން ކޮވިޑް ފެތުރިފައިވާނަމަ އެކަން ކަށަވަރު ވާން އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. އީދު ބަންދާއި ގުޅިގެން ހާލަތު ގޯސްވެފައިވާނަމަ އެކަން ފާހަގަ ކުރެވޭނީ ބެލެވޭ ގޮތުގައި އަންނަ މަހުގެ ދެވަނަ ހަފްތާގައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.