ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަންޑޫ ކުރި ބަޔަކު ނެތް ކަން ދައްކަން ފުލުހުން އުޅުމުން އެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ބައިވެރިވި މީހުން ފައިސާ ހޯދުމުގައި ކޮށްފައިވާ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓް އެލަވަންސް މީގެތެރެއިން ބައެއް މީހުން ނަގަމުން ދިޔަކަމެވެ.
އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގައި، ވަޒީފާއަށް އަސަރު ކުރި މީހުނަށް ސަރުކާރުން ދޭން ނިންމި އިނާޔަތެކެވެ.
ތަހުގީގުގެ އެންމެ އިސް އޮފިސަރެއްގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި، މި ހަމަލާ ދިނުމުގައި ބައިވެރިވި މީހުނަށް މީހަކު ނުވަތަ ބަޔަކު ފައިސާގެ އިނާމެއް ހުށަހެޅިކަން ގަބޫލު ކުރެވޭ ވަރުގެ ހެއްކެއް އަދި ފެނިފައެއް ނުވެއެވެ.
މި ކަމަށް އިޝާރާތް ކުރައްވަމުން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް ވަޒީފާއެއް އަދާ ނުކުރާ ބަޔަކު ވެހިކަލް ގަނެ، ގެސްޓް ހައުސްއައި އެޕާޓްމަންޓްތައް ހިފައިގެން އެތައް ދުވަހެއް ހޭދަކުރި ކަން ފެންނަން އެބަ އޮތް ކަމަށެވެ.
އެހެން ކަމުން މި ކަމަށް ފަންޑު ކުރި ބަޔަކު ނެތް ކަމަށް ދައްކަން ވާހަކަ ދެއްކެމުން ސުވާލު އުފެދޭ ކަމަށް ވައްޑެ ވިދާޅުވިއެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރި ސައިކަލް ގަންނަން 18،000 ރުފިޔާ ހަރަދު ކޮށްފައިވާ ކަން ތަހުގީގަށް އެނގިފައިވެއެވެ. އަދި ސައިކަލް މަރާމާތު ކުރުމަށް ވޯކްޝޮޕަކަށް ގެންގޮސް އެކަމަށް ވެސް ހަރަދުތަކެއް ކުރިއެވެ. ހަމަލާ ރޭވުމުގެ ކަންކަމަށް އެޕާޓްމަންޓެއް ކުއްޔަށް ހިފައި އެ ތަނަށް ހަރަދު ކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހްގީގަށް މިހާރު ވެސް 300 އަށްވުރެ ގިނަ މީހުންގެ ބޭންކް ސްޓޭޓްމަންޓް ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށާއި ފައިސާއާ ގުޅުން ހުރި ކަންކަން އަދިވެސް ބަލަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު މިހާރު ދިހައަކަށް އަރައެވެ. އޭގެ ތެރޭގައި އެކަމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ބުނެ ފަސް މީހެއްގެ ވަނަވަރު ހާމަކޮށްފައިވެއެވެ. އަދި ރޭ ވަނީ ހަމަލާ ރޭވުމުގެ އިސް މީހެއް ކަމަށް ބުނެ އިތުރު މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ.
ހަމަލާ ރޭވުމުގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރު ކުރީ ހއ. ހޯރަފުށީ، އަލަނާސިގޭ މުހައްމަދު ތަސްލީމްއެވެ. ދެން ވަނަވަރު ހާމަ ކުރި މީހުނަކީ ވ. ތިނަދޫ އަހުމަދު އަދުހަމް (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހްމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު (32 އ) އާއި، ލ. ގަން ދުންފިނި އުފާ އަހުމަދު ފާތިހް (23 އ) އާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމްއެވެ.
ބޮމުގެ ހަމަލާއިން ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. ދެން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަހު ފަރުވާ ހޯދެއްވިއެވެ. މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެއީ ވެސް އިތުރު ފަރުވާއަށް ކަމަށް އާއިލާއިން ބުނެއެވެ.
މި ލާދީނީ ވައްޑެމެން ކުރިކަމެއް ތިއީ. ފަންޑުވެސް ކުރީ ހަމަލާ ވެސް ދިނީ ލާދީނީ އެމްޑީޕީ އިން
މިހެން ބުނާކަށްނުވާނެ. ނޭނގޭ ވާހަކަ ނުދައްކާ. އެކަމަކު މީނަ މީ ތަނެއްދޮރެއް ނުދަންނަ ބޭކާރު އަނގަތަޅަން ނަޝީދު ބަހައްޓާފައިވާ ޕަޕެޓެއްކަން އެނގޭ. މޮޔަ ސޮރެއް. ދީނާ ދުރުވާހަކަވެސް ދައްކާ.
ބަލަ އެބުނީނުން 317 ސްޓޭޓް މަންޓް ބަލަމުންދާ ވާހަކަ،
..................
ކާކު ނޫނީ ކޮންބަޔަކު ކިހާއަދަދެއް ފަންޑުކު ރިކަމަށްތޯ ބުނުވަންތިޔައުޅެނީ ؟
މިމީހުން އަދި ބުނާނެ ތޯއްޗެ ފަންޑް ކު ރި އަދަދުވެސް . ފަންޑް ކު ރރި ބަޔަކަށްތާ އެނގޭނީ އެ އަދަ ދެއް ވެސް .ބަލަ ތިބުނާ ހަ ރުކަށި
ޚިޔާލުގެ މީހުން ރިސޯޓްތަކަށް އަ ރާ ޑިންގީއާ ތިޖޫ ރީ އާއެއްޗެތި ވަގަށް ނަގާ މީހުންގެ މުދާނފޭ ރި އެއީ ޣަނީމާ ކަމުގައިބުނި އި ރަކު ފަންޑް ކު ރި ބަޔަކު ތިބޭނެ ކަމަކަށް ނުވި. ދެން މިހާ ރު ފަންޑް ކު ރި ބަޔަކު ކޮންމެ ހެންވެސް ތިބެން ޖެހޭނެ ކަމަށް ހަދަން ޖެހެނީ ކީއްވެބާ. ލަބީބު ކައި ރީ އަހާބަލަ .ކަލޭމެން އިންކްއަ ރީން ކީއްވެތަ ލަބީބަށް މައުލޫމާތު ދިން މީހާ އާ ސުވާލު ނުކު ރީ. މިހާތަނަށް ދުނިޔޭގައި ކު ރެވުނު އެންމެ މޮޅު އެންކްއަ ރީ އަކީ ތިޔަމަޖްލިހުން އެކު ރީ.
ކޮންމެ ކަމެއްވިޔަސް އެކަމާ ގުޅުވައިގެން އެމް.ޑީ.ޕީ ހާސް ދޮގު ހަދާ. ރިޕޯޓު އިއިމަ އެމްޑީޕީގެ ބަސް ހުސްވޭ. ބޮޑު ހިޔާނާތުގެ މައްސަލައިގަވެސް ވީ މިހެން
ވައްޑެމެން ހީކުރަނީ ތިމާމެން ލާރިގަނޑެއް އަޅައިލީމަ މާއްދިއްޔަތަށް ގޮސް ހެއްލިގެން ޖެހިގެން ހުންނަމީހާ ކަރަށް ފަައިންއެރީމަ ދެން ތިބޭ މީހުންވެސް އެހެންވާނެކަމަށް. ލޮލް
ކިތަންމެވަރެއްކުރިޔަސް ދޮން ދުނބުރިއެއް އަނބަކަށް ނުވާނެ
ވައްޑެ އި ފްރޭމްކުރަން އުޅޭ މީހަކު އަމިއްލައަށް ފްރޭމް ކޮށްބަލަ.
އެހެން ނޫނަސް އަންނި ވަރަށް މޮޅު ވާނެ އެކަމަށް.
"އަންނި" ވެސް އިސްލާހުވާންޖެހޭ. ޢަނިޔާ ދިނުމާ ބޮންގޮންވުމެއްވެސްނުވޭ، އެމީހުންނަކީވެސް ދިވެހިން ހައްޤުތަކެއްވެސް އޮންނާނެ.
ބލއއ. ރަނގަޅު އެއްގޮތް ހަމަ ސޭކިސްތާނުގަ ނޯވޭ.
މަޖިލިހަށް ވަލުދޮ ރާށިން ވަދެތިބި ޣައްދާ ރުން އެތަނުން
ބޭ ރުކޮށްގެން ނޫނީ މަޖިލިސް ތާހި ރު ނުވާނެއެވެ.