ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ކުރި އެންމެ ގޮންޖެހުން ބޮޑު އަދި އެންމެ ކާމިޔާބު ތަހުގީގުކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގެ ތަފްސީލު ރޭ ފުލުހުން ހާމަކުރުމުން ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި 6 ގެ ހަމަލާގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގާފައިވާ އެންމެ ބޮޑު އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގިނަ ގޮންޖެހުންތަކަކާއެކު ވެސް ފުލުހުންގެ ހުރިހާ ބަހާތަކެއްގެ އެތައް ސަތޭކަ ފުލުހުންގެ ބައިވެރިވުމާއެކު ތަހުގީގު ކާމިޔާބުކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ހިންގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމަށާއި ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބުކަމާއެކު މި މައްސަލަ ޕްރޮސެކިއުޓްކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ޕީޖީ ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އާދީއްތަ ވިލޭރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން "ސެލް" އިން ނަޝީދު އަވަހާރަކޮށްލުމުގެ މަޝްވަރާތައް 2019 ވަނަ އަހަރު ފެށި ކަމަށެވެ. އޭގެ ފަހުން 2020 ވަނަ އަހަރު އެމީހުން ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ޔާގޫތުގެ ކައިރީ ސައިކަލް ބަހައްޓައިގެން ވެސް ހަމަލާ ދޭން މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހިބަރު9

    މިކަމުގެ އިސް މީހާ ކަމަށް ބުނާ މީހާގެ މިފަދަ ގޮވާތަކެތީގެ މައްސަލައެއް ހައިކޯޓުގައޮތްވާ އެމައްސަލަ ޕީޖީ އޮފީހުން ދައުވާނުކުރަން ކުއްލިއަކަށް ނިންމާ އޭނާ މިނިވަންކޮށް ދޫކޮށްލީ ކޮންކަހަލަ ޑީލަކުންތޯ އަދި އެއީ ކޮން ބަޔަކަށް ކޮށްދިން ކަމެއްތޯ ބަލަންފެނޭ.

    3
    1
  2. ބޮކަރ

    ކެނެރީ އަންނި ތަކުރާރުކޮށް ފުލުހުންގެ ބޮލުގައި "ހަރުކަށި" ލޭބަލް އަޅުވާތީ ފުލުހުންނަކީ މަޑުކަށި ބައެއްކަން ދައްކަންވެސް ތިޔަ ތަހުގީގު އެންމެ ފުރިހަމައަށް ކޮށް ނިންމާލާނެ. އެހާދިސާގައި އަންނި މިދުނިޔެއާ ވަކިވިނަމަ އެނގުނީހީ ތަހުގީގުގެ އަސްލު ދުވެލީގެ ބާރުމިން. އަންނި ސަލާމަތުން ހުރެގެން ކުރާ ޕުރެސަރާހެދިވެސް ފުލުހުންނަށް ހަމަނިދި ނުލިބޭ.

    4
    1
  3. ހާލުފޮޅި

    13 އަހަރުގެ ކުއްޖާގެ ތަހްޤީޤް ކުރިއްޔާ މާރަނގަޅެންނު.. ވަކި މީހަކު ވީމަ އަވަސްވެފަ ފުރިހަމަ ވާނެ ..

  4. ބޮލި މުލައް

    ޝަހީދު އަފުރާޝީމުގެ ތަޙުޤީޤު ހިންގަން ފުރުސަތު ނުލިބުނީ ތިބޭފުޅާ ހުރިހާ ލިޔުންތަކެއް ފޮރުވައިގެން އުޅޭތީއެއްނު

  5. ހަސަދު

    ބައްލަވާ ތަހުގީގު ނުނިމޭ އިގޭތޯ. މިކަމުގެ އަޑީގައި ތިބީ ކޮންބަޔެއްތޯ. ސެކިއުރިޓީ ފެއިލްވީ ކީއްވެތޯ. މިހިރަ ކަންކަން ބެލެން އެބަޖެހޭ. އަފްރާޝީމް، ޔާމީން، ރިލަވާން އަދިވެސް ތަހުގީގު ހަމަ މިހިސާބަށް ނިންމަނީ.!!!!

  6. ކާފަބޭ2020

    ތިޔައީ ދުނިޔެމަކަރާޖަހައިގެންކާންފަރިތަކައްޒާބެއް! ތިޔަގަނެވެނީ އާޚިރަތްވިއްކާފަދުނިޔެއެވެ. ކައްޒާބުންނަށްއެއީ އެއްވެސްކަމެއްނޫނަސް ޝޭޚަކުވިއްޔާބަލާނީ ދުނިޔެވިއްކާފަ އާޚިރަތްގަނެވޭތޯކަންޔަޤީން! ފުރަތަމަކަމަކަށް ކުށަށްއިއުތިރާފުވީމަ" ބޭނުންވާ" މައުލޫމާތުދިނީމަ އެއްބަޔަށްފަސްއަޅާދެނީ! އަނިޔާލިބުނުމީހާގެހައްގުކޮބައިތޯ؟ވަގުންގެފޮށި ބާރަށްބަންނާނޭބުނާގޮތަށް ކަންތައްކޮށްގެން އިިންސާފުހޯދާދެވޭނެތޯ؟ މިފެންނަނީބޯކޮށްއިންސާފްކޯދުލާތަން!

  7. އަހުމަދު

    މާޝާ ﷲ. ޝެއަހުގެ މަސައްކަތް ރަނގަޅު

    • ހުސޭނުބޭ

      ތި މަޤާމްގައި ހުރެގެން ތަޙްޤީޤުކުރަންޖެހޭ ކިތައް މައްސަލައަށް އިހްމާލުވެއްޖެ! ބޮޑެއްގެ މައްސަލައެއް ވީމަ ތަހްޤީޤު ބަރާބަރު! ނިކަމެތި މީހާ އަނިޔާލިބިލިބި ހަލާކުވަނީ! އިންސާފު ހޯދާދިނުމުގައި މުއްސަދިންނާއި ނިކަމެތިން ތަފާތުކުރާ މީހުންނަށް ހަލާކުހުރި!

  8. ކޮވިޑް

    ކަންޑައެޅިގެން ދޮގެއް. މިސަރުކާރުގައި މިހާތަނަށް އެއްމެ ކާމިޔާބު ކަމާއެކު ކުރި ތަހުޤީޤަކީ ޕޮލިސް ޕީ.އެސް.ޑީ އިން ކުރި ތަހުޤީގެއް. އެއީ އިމްރާނާ ދިމާ އަށް މަގުމަތިން ދިމާ ކުރި (އިމްރާން ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ ) ކުއްޖާގެ ގެ މައްސަލަ . އެއީ އޭނާ ވަޒީފާ އިން ވަކި ކުރުން.