ވެރިކަން ކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ޝަރުއީ ބާރު މިހާރު ވެސް އޮތީ މަސްހުނިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ބޮންޑެ ހިމެނޭހެން ނަޝީދުގެ އަރިސް ބޭފުޅުންގެ އެންމެ ބޮޑު ފާޑުވިދާޅުވުމެއް އަމާޒު ކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށެވެ.

އިމްރާނަށް ފާޑުކިއުން އެންމެ ފުރަތަމަ އަމާޒުވީ ނަޝީދުގެ ހާލުކޮޅު ވަރަށް ސީރިއަސްކޮށް އޮންނަވަނިކޮށް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް މީޑިއާއަކަށް ވިދާޅުވުމުންނެވެ. އަދި އެ ގޮތަށް މަޖިލީހުގައި ވެސް ވިދާޅުވުމުންނެވެ.

ދާދި ފަހަކުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އިމްރާން ވަނީ ރާއްޖޭގައި "އަނދިރި ދައުލަތް" ނެތް ކަމަށް ވިދާޅުވުއެވެ. އެއީ ހަރުކަށި ފިކުރު ފަތުރަން ދައުލަތުގެ އިސް ބޭފުޅުންތަކެއް އުޅުއްވާ ކަމަށް ތުހުމަތުކޮށް ނަޝީދު ދައްކަވާ ވާހަކަފުޅެކެވެ.

މިއާއެކު އިމްރާން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އެންމެ ގިނައިން ބޮންޑެ ވިދާޅުވަމުން ގެންދަވާއިރު އޭނާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅޭ ގޮތުން "ވަގުތު" އިން ސުވާލު ކުރުމުން ބޮންޑެ ވިދާޅުވީ މަޖިލީހަކީ ވެސް ސަރުކާރު ކަމަށެވެ.

ބޮންޑެ ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގައި އޮންނަ ގޮތުން މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ މެންބަރުންނެއް ނުތިއްބަވާނެ ކަމަށެވެ. އެކަމަކު މިހާރު އޮތް ހާލަތަކީ މަޖިލީހުގައި ވެސް ސަރުކާރުގެ މެންބަރުން ތިއްބަވާ ކަން ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"ނޫ ގާނޫނު އަސާސީ އޮތްއިރު ރައީސުލްޖުމްހޫރިއްޔާގެ ހަތް މެންބަރުންނެއް މި ތިބެނީ، މިހާރު ވެއްޖެއްޔާ ސަރުކާރުގެ 32 މެންބަރުން އެބަ ތިއްބަވާ މަޖިލީހުގައި،" ބޮންޑެ ވިދާޅުވިއެވެ.

މި މެންބަރުން ތަމްސީލް ކުރައްވަނީ ދާއިރާގެ ރައްޔިތުން ނޫން ކަމަށާއި އެ މެންބަރުން ތަމްސީލް ކުރައްވަނީ ސަރުކާރުގެ ބައެއް ވަޒީރުން ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"ވަޒީރުން ކޮންމެ ކަމެއް ކުރިޔަސް އޯކޭ ވެފަ ތިބި މެންބަރުން، ދެ ބާރު އެއްވެފަ މިހާރު މި އޮތީ، ސަރުކާރުގެ ބާރާއި މަޖިލީހުގެ ބާރު މަސްހުނި ވެފައި މި އޮތީ،" ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ މިހެން ވިދާޅުވާއިރު، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއެވެ. އެމްޑީޕީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ.

މީގައި ގިނައީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރޭގައި މިއިން އެއްވެސް ފެކްޝަންއަކަށް ތާއީދުނުކޮށް އަމިއްލައަށް ފެންނަ ގޮތެއް ނަންގަވައިގެން ތިއްބަވާ މަދު މެންބަރުންތަކެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޢބްދުއްﷲ

  ސަރުކާރުގެ ބާރާއި މަޖިލީހުގެ ބާރު އޮތީ އެއްވެފައި: ބޮންޑެ

  28 ސިކުންތު ކުރިން ( ޖުލައި 25, 2021 )

  ބޮންޑޭ ކޮބާ ކަލޭމެންގެ "މޮއްގާ " މަޖިލިހުގެ ގޮނޑިތަކުގެ ބަދަލުގަ އެއްޗެހި ބަހައްޓާ.

  ތިހިރީ ތިޖަނަވާރުތަކަށް ވެރިކަން ކުރެވިފަ .

  10
 2. ވަކަރުގޭ އާދަނު

  މަސްހުނި މޮޑެގެން ހިންގާ ކަން މީނަ އަށް ގެޓުވީ މި އަދު

  16
 3. ބެއްޔާ

  ރައީސް ނަޝީދު މާމޮޅު މީހަކަށްވެގެން މިއުޅެނީ އޭނައަކީ މިޤައުމަށް ކޮންކަމެއް ކޮށްދިންމީހެއްތަ. ތަންތަން އެންދުމާއި ހަރުމުދާ ވިއްކުމާއި ލާދީނީ ފެތުރުންނޫންކަމެއް އޭނާ ނުކުރޭ. އޭނާ ފަހަތުން މިއުޅެނީވެސް ލާދީނީ ބައިގަނޑު. ބޯންޖެހޭ ކަމަށް ދައުވާކުރާ ބޯމީހުން. އެނޫންދެންކޮންކަމެއް އޭނަ ގައިގަހުރީ.

  17
 4. ބެއްޔާ

  "ވަޒީރުން ކޮންމެ ކަމެއް ކުރިޔަސް އޯކޭ ވެފަ ތިބި މެންބަރުން، ދެ ބާރު އެއްވެފަ މިހާރު މި އޮތީ، ސަރުކާރުގެ ބާރާއި މަޖިލީހުގެ ބާރު މަސްހުނި ވެފައި މި އޮތީ،" ބޮންޑެ ވިދާޅުވިއެވެ ހެހެހެހެ ބޭނުންވާ ލާދީނީ ބިލު ފާސްނުވީމަ ރައީސް ގޯސް ވަޒީރުންގޯސް. ކުރިން ސަރުކާރަސް 64 މެމްބަރުންނޭ ކިޔާ ހަޅޭލެވީ. ކިހިނެއްމިވަނީ. ޑިމޮކްރަސީއަކީ ތިމާ ބޭނުންހާކަމެއް ތިމާއަށްވުންތޯ. މިގައުމަގަ ގިނައީ އާދައިގެ ރައްޔިތުން މެމްބަރުން މަދުވާނެ.

  13
 5. އައްމަޑޭ

  ދެބާރު އެއްކުރީ ނަޝީދު. އެކަމަށް ވާގިވެރިވީ ބޮންޑޭމެން ކަހަލަ ނަޝީދުގެ ފޫބުޑުގައި ތިބިބައެއް. ބޭނުމަކީ ރިޔާސީ ނިޒާމެއްގެ އެތެރެއަށް ބަރުލަމާނީ ނިޒާމް ވައްދައިގެން ހުރިހާ ބާރެއް މުށުތެރޭގަ ބޭޢްވުން.

  20
 6. އަހުމަދު

  އެމް.ޑީ.ޕީގެ މެމްބަރުން ކިޔަމަން ވަނީ ނަޝީދަށް. އެހެންވީމަތާ ލާދީނީ ބިލާއި ގައުމު ދެކޮޅު އިރުވެސް އެޔާ ދެކޮޅައް އެއްޗެއް ބުނެލަން ނުކެރެނީ

  19
 7. ގަމާރު ވިޔަސް ބޮޑުވަރު

  ބަލަ ކަލޭމެން ނޫންތަ ގޮވަނީ ވެރިކަމާ މަޖިލީހާ އެމްޑީޕީ އަށް ދޭން.

 8. ބޮކޭ

  ބޮންޑޭ ކަލެއައް މިއަދުތަ އެނގުނީ ގާނޫނުއަސާސީގަ ތިންބާރުވަކިވެފަ އޮންނަންވާނެކަމައް ބުނާ ތިންބާރު އޮތީ އެކުވެފާކަން އަހަރެމެން އަބަދުވެސް މިކިޔަނީ ތިޔަ ތިންބާރު މިހާރު އޮތީ ކުރިޔައްވުރެންވެސް ބޮޑައް އެކުވެފައޭ ވެރިކަން ކުރުމުގެ ބާރާ ގާނޫނުހެދުމުގެބާރާ ޝަރުޢީ ދާއިރާ މިހާރު އޮތީ ހަމައެންމެ މީހެއްގެ ޚޮދުމުޚުތާރު މުށުތެރޭގަ އެއީ ޝައްކެއްނެތްކަމެއް ކަލޭކަހަލަ ތަނެއްދޮރެއްނޭންގޭ މީހަކައް
  ތިޔަކަން ވިސްނުނުކަން ރަނގަޅު

 9. އިހުސާން

  ބަލަ އެޖެންޑާ19 އޭ ހެޔޮވެރިކަމެކޭ ކިޔާ ތާޅަފިލި ފުންމަމުން ރައްޔިތުންގެ ގާތަށް ވޯޓުހޯދަން ގޮސް އިންތިޙާބުވެފައި ތިހުރީ ތިމަންނާމެނަށް ރައްޔިތުންނަށް ކަމެއްކޮށްދެވޭނީ ވެރިކަމުގެ ބާރާއި ޤާނޫނުހެދުމުގެ ބާރު ތިމަންމެނަށް ދިނީމައޭ ބުނެ ވަޢުދުވުމުން. މިއަދު ތިމާމެން ތިމާމެންގެ ނަގޫފިތި ހަތަރުއަނގޮޅި ބަންދުވުމުން 3 ބާރު ވަކިވާންޖެހޭނެއޭ ސަރުކާރު ޖަވާބުދާރީ އޭ ނޯކޮންފިޑެންސޭ ކިޔާފަ ސިޔާސީ ތާޅަފިލި ފުންމާނެ ކަމެއްނެތް. ތީ ރައްޔިތުންނަށް އިޚުލާސްތެރި ބަޔެއްނޫން.

 10. މޮޔަމީހާ

  ބަލަ ތިވެރިން 4 ބާރު މުށު ތެރެއަށް ލަފަ ޑިމަކުރަސީ އޭ ކުރައްޕޭ ދިމާކުރާތީ އޭ ކިޔާނެ ކަމެއްނެއް. މިހާރު ކޮން ބޭކާރު ވާހަކައެއް. ސޯޓް ނުބެލެނީސް ދެންވެސް މަޑުން ހުރެވޭތޯ ބަލާބަލަ.

 11. ނާދިރާ

  ބޮންޑާ ކަލޯ މޮޔަތަ.. މަޖްލިސް ލިބުމާއެކު 3 ބާރު އޮތީ އެކުވެފަ