ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ގަބޫލުކުރަނީ ދިވެހި ދައުލަތަކީ ކުފުރު ދައުލަތެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އެމީހުން އިންކަމް ސަޕޯޓް އެލަވަންސް ނެގި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒްް ވިދާޅުވީ ހައްޔަރުކުރިި މިހުންނަކީީ ދިވެެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫން ކަމަށެވެ.

ނަަމަވެސް އެމީީހުންނަކީ ދައުލަތުން ކޮވިޑް-19 އާއި ގުޅިގެން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ނެގި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުން އެ ފައިސާ ހޯދަނީ އޮޅުވާލައިގެން، ސައްހަ ނޫން ލިއެކިއުންްތަކެއް ހުށަަހަޅައިގެން ކަމަށްވެސްް ރިޔާޒް ވިދާޅުވިއެެވެ.

"މީގެ ތެރެއިން ބައެއް މީހުންނަކީ ދިވެހިރާއްޖޭގެ ދައުލަތުން ހަރަދުކުރާ ފައިސާ އެ މީހުންގެ އަމިއްލަ ކަންކަމަށް ހޯދާ ބޭނުންކުރާ ބައެއް. އެގޮތުން ދައުލަތުގެ އިންކަމް ސަޕޯޓް އެލަވަންސް ހޯދުމާއި އެންސްޕާ ފަދަ އިދާރާތަކަށް ހުށައަޅައިގެން މާލީ އެހީތެރިކަން ހޯދުން ފަދަ ކަންކަން މީގެ ތެރެއިން ބައެއް މީހުން ކުރާކަން ފާހަގަކުރެވޭ. އަދި މިކަންކުރުމުގައި މި މީހުން ސައްހަ ނޫން ޑޮކިއުމަންޓް ފަދަ ގާނޫނާއި ހިލާފު އަމަލުކޮށްގެން މި ފައިސާ ހޯދާ މިފަދަ ފައިސާ ބޭނުންކުރޭ،" ރިޔާޒް ވިދާޅުވިއެވެެ.

ރިޔާޒު ވިދާޅުވި ގޮތުގައި ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނަކީ ތާޣޫތުން ކަމުގައި އެމީހުން ދެކެއެވެ. ދައުލަތުން މުސާރަ ނެގުމާއި އާންމު ވިޔަފާރިތަކުން ވިޔަފާރި ކުރުމަކީ ވެސް އެ މީހުން ދެކޭ ގޮތުގައި ދީނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހަމަލާ ދިން މީހުންނަކީ ދިވެހި މި ބިމަކީ ކުފުރުގެ ބިިމެއް ކަމަށް ދެކިގެން ދިވެހި ދައުލަތް ގަބޫލުނުކޮށް، ރައީސުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިންނާއި ދައުލަތުން މުސާރަދޭ މަގާމުތަކުގައި ތިބި މީހުންކީ ތާޣޫތުން ކަމުގައި ބަލައި، ކަނޑައަޅައިގެން އެ މީހުންގެ ލެ އާއި މުދާ ހުއްދަ ކޮށްގެން، އެ ފަރާތްތަކުގެ ވިޔަފާރިތަކުން، ނުވަތަ އާންމުކޮށް ވިޔަފާރިވެރިންގެ ގޮތުގައި އުޅުއްވާ ފަރާތްތަކުން ވިޔަފާރި ކުރުމަކީ ވެސް ހަލާލު ކަމެއް ނޫން ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރަމުން އަންނަ ބައެއް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒްވަނީ އެމީހުންނަކީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ މީހުންނަށް ތާއިދުކުރާ ބައެއް ކަމަށް ދެކެވޭ ވާހަކަ ދޮގު ކުރައްވައިފައެވެ.

"މީގެ ތެރެއިން ބައެއް މީހުންނަކީ ދިވެހިރާއްޖޭގެ ދައުލަތުން ހަރަދުކުރާ ފައިސާ އެ މީހުންގެ އަމިއްލަ ކަންކަމަށް ހޯދާ ބޭނުންކުރާ ބައެއް. އެގޮތުން ދައުލަތުގެ އިންކަމް ސަޕޯޓް އެލަވަންސް ހޯދުމާއި އެންސްޕާ ފަދަ އިދާރާތަކަށް ހުށައަޅައިގެން މާލީ އެހީތެރިކަން ހޯދުން ފަދަ ކަންކަން މީގެ ތެރެއިން ބައެއް މީހުން ކުރާކަން ފާހަގަކުރެވޭ. އަދި މިކަންކުރުމުގައި މި މީހުން ސައްހަ ނޫން ޑޮކިއުމަންޓް ފަދަ ގާނޫނާއި ހިލާފު އަމަލުކޮށްގެން މި ފައިސާ ހޯދާ މިފަދަ ފައިސާ ބޭނުންކުރޭ،" ރިޔާޒް ވިދާޅުވިއެވެެ.

މި މީހުންގެ ފޯނުން ފެެނުނު ބައެއް އެއްޗިހިންް ދޭހަވާ ގޮތުގައި އެމީޙުންނަކީީ އެމީހުން ދައުވާ ކުރާހާ ދީންވެެރި ސާަލިހް ބައެއް ނޫން ކަމަށާއި، އެހެންކަމުން މިފަަދަ މީހުންނަށް ހަމްދަރުދީވާ މީހުން އެކަމަށް ސަމާލުވުމަށް އޭނާ އިލްްތިމާސްކުރިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލަދިން މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މ. އުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމްގެއެވެ.

ނަޝީދަކީ އަވަހާރަ ކޮށްލަންޖެހޭ ބޭފުޅެއް ކަމަށް، ހަމަލާ ދިން މީހުންނަށް ވިސްނައިދިނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދުހަމް ލައްވައި ބޮން ގޮއްވާލަން އެންމެ ބޮޑަށް ނަސޭހަތްތެރިވީ ތަސްލީމް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްދޯއި

    ދެން ޮ ު ޯ ް ތަ މިތާ އެއުޅެނީ….

    5
    1
  2. މައުސޫމް

    ފުލުހުންނައް ނޫނީ ވެރިކަމުގަ ތިއްބެވި ބަޔަކައް ހީވަނީ ދައުލަތުގެ މުދަލާއި ފައިސާއަކީ އެވަގުތެއްގައި ވެރިކަމުގަ ތިބޭބަޔަކުގެ އަމިއްލަ މިލްކެއް ކަމައްބާ؟
    އަދި ދައުލަތުން އާންމު ރައްޔިތުންނައް ކޮއްދެން ގާނޫނުގަ ކަނޑައަޅާފައިވާ ހިދުމަތްތަކާ އެހީތަކަކީވެސް އެވަގުތެއްގައި ވެރިކަމުގަ ތިއްބެވި ބަޔަކު ހެޔޮފުޅުކަމުން އެބޭފުޅުންގެ ޖީބުން ދެއްވާ އެއްޗެއްބާ؟
    ދައުލަތަކީ މުދަލާއި މިލްކިއްޔާތަކީ ހަމަ ދިވެހި ރައްޔިތުންގެ ހައްގެއްކަން ނޭގެނީބާ؟
    އެވަގުތެއްގައި ކަންކަމާ ހަވާލުވެ ތިބޭބަޔަކައް މުސާރަޔާ އެހެނިހެން އިނާޔަތްތައްދީ އެކަމައް އެބައިމީހުންމަތި ކޮއްފައި ތިބެނީ ރައްޔިތުންނައް ހިދުމަތްދޭންކަންވެސް މިބައިމީހުނައް ހަމަ ނޭގެނީބާ؟

  3. މުލުވަގު

    މިފިލްމުގެ ތަރިންނަކީ އަސްލަމާ ބޮންޑޭއާ އިލިޔާސް ލަބީބު..މާރިޔާއައްތައަކީ ޑައިރެކްޓަރ