ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖާއެކު މިނިސްޓްރީއޮފް އެޑިއުކޭޝަނުން އެއްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޝީހާމް އެވެ. އަދި އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖްގެ ރައީސް ޑރ.ޖޯސްއީ ކެމްޕޯސް އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 23 ދަރިވަރުން މިހާރުވެސް އެ ކޮލެޖުގައި އެމް.ބީ.ބީ،ސީ ހަދަމުންދާ ކަމަށެވެ.

ފިލިޕީންސްގެ ކޮލެޖަކާއި އެކު އެޑިއުކޭޝަން މިނިސްޓްރީ އިން އެމްއޯޔޫ އެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފިލިޕީންސްގެ ކޮލެޖަކާއި އެކު އެޑިއުކޭޝަން މިނިސްޓްރީ އިން އެމްއޯޔޫ އެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި މި 5 އަހަރުގެ އެއްބަސްވުމުގެ ދަށުން ޑިޕާޓުމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ޕްރީމެޑިިސިން އިން ފެށީގެން ޑޮކްޓަރ އޮފް މެޑިސިން އާއި ހަމައަށް ކިޔެވުމަށް 1 ދަރިވަރަކަށް 100 އިންސައްތަ ޓިއުޝަންފީ ހިލޭ ސްކޮލަޝިފެއް ކޮންމެ އަހަރަކު ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ޑިޕާޓުމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ދާ 10 ދަރިވަރަކަށް 10 އިންސައްތަ ޓިއުޝަންފީ ޑިސްކައުންޓެއް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާއެނބޫ

    މީ ބޮޗޭ ކޮއްކޮ އަށް ބައިއެޅޭ ގޮތައް ކޮއްގެން އުޅޭ ކަމެއްކަން ޔަގީން. ބްލެކް ފައުންޑޭށަން