ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތައްޔާރުކުރި ބޮން ސައިކަލްގައި ހަރުކޮށް އެކަމުގެ ތައްޔާރީތައް ވަމުން ދިޔައީ ހުޅުމާލޭ ފްލެޓެއްގެ ތިރީގައި ކަން ފުލުހުންގެ ތަހުގީގަށް ހޯދިއްޖެއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ނަޝީދަށް ހަމަލާ ދިނުމަށް އެކި ފަހަރު މަތިން މަސައްކަތްކޮށްފައިވާ އިރު، ބޮން ގޮއްވާލި ސައިކަލް ގަނެފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

އޭގެ ފަހުން، ހަތަރު ދުވަހެއްގެ މަތިން ޔާގޫތުގޭ ކައިރީގައި ސައިކަލް ބަހައްޓައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލަން މަސައްކަތްކޮށްފައި ހުރި ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު ކަން ވެސް ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުގައި ސައިކަލް ބަހައްޓައިގެން ރައީސް ނަޝީދަށް ހަމަލާދެވޭ ގޮތް ނުވުމާއި އެތަނުގައި ބަހައްޓައިގެން އެކަން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ސައިކަލް އެތަނުން ނަގާފައި އައިއީޑީ ޑިސްޕޯސް ކުރި ކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު،" ނަޝީދަށް ހަމަލާ ދިނުމަށް އެކި ފަހަރުމަތިން މަސައްކަތް ކުރި ގޮތް ތަފްސީލްކޮށް ދެއްވަމުން ރިޔާޒް ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރާ މީހާ އަދުހަމް،

އޭގެ ފަހުން، ނަޝީދު ކަސްރަތުގައި އުޅުއްވަނިކޮށް މެރީ ބްރައުން ކައިރީ ހުންނަ ޕާކިން ޒޯންގައި ސައިކަލް ބަހައްޓައިގެން ބޮން ގޮއްވާލަން އުޅުނު ނަމަވެސް އެކަން ވެސް ކާމިޔާބުވާ ގޮތް ނުވުމުން އެ ވިސްނުން ދޫކޮށްލި ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ. އެމީހުންގެ ވިސްނުން ބަދަލު ކުރުމަށް ފަހު، އެންމެ ފަހުން ނިންމީ، މަޖީދީ މަގާއި ނީލޯފަރު މަގު ގުޅޭ ކަންމަތީގައި ސައިކަލް ބަހައްޓާށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި މެއި ހަ ވަނަ ދުވަހު ބޮން ގޮއްވާލަން މަޝްވަރާތައް ފެށީ މި އަހަރުގެ މާޗް މަހުގެ ފަހުކޮޅެވެ. އެގޮތުން ހުޅުމާލޭގެ ހުރި ގަރާޖަކުން ސައިކަލް ސާވިސް ކުރުމަށް ފަހު، ބޮން ގޮއްވާލަން ތައްޔާރު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ކުރުމާ ގުޅޭ މުއާމަލާތްތަކާއި ފައިސާގެ ކަންކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އަދުހަމް ދިރިއުޅުނު ގެ. އޭނާ އުޅެނީ މައިންބަފައިންނާއެކު. --- ވަގުތު އިމޭޖަސް

ރިޔާޒް ވިދާޅުވީ ސައިކަލުގައި އައިއީޑީ ހަރުކުރީ ހުޅުމާލޭ 106 ނަމްބަރު ފްލެޓްގެ ތިރީގައި ސައިކަލް ބަހައްޓައިގެން މޭ މަހުގެ ތިން ވަނަ ދުވަހުގެ ރޭ 8:30 ކަންހާއިރު ކަމަށެވެ. އެ ސަރަހައްދަކީ މި ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު ދިރިއުޅޭ ގެއާ ކައިރި ސަރަހައްދެކެވެ. މި ބޮމުގެ ހަމަލާ އަށް ފަހު، އަދުހަމް ހައްޔަރު ކޮށްފައި ވަނީ ހުޅުމާލޭ 95 ވަނަ ފްލެޓުންނެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި އެ ތަނަށް ސައިކަލް ހިފައިގެން އައީ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދެވެ. އަދި ސައިކަލްގައި ބޮން ހަރު ކުރުމަށްޓަކައި އެތަނަށް އައީ ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް ކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"ބޮން ހަރުކުރުމުގެ މަސައްކަތް އެ ތަނުގައި ކުރި އިރު އެތަނުގެ ވަށައިގެން މި ހަމަލާގައި ބައިވެރިވާ އެހެން އެންމެން ކަހަލަ ގޮތަކަށް މިތަނުގައި ތިބި ކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ،" ރިޔާޒް ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

ބޮން ހަރުކޮށް ތައްޔާރީތައްވި ސަރަހައްދަކީ ރިޔާޒް ވިދާޅުވި ގޮތުގައި އާއްމުކޮށް ކުޑަކުދިންނާއި އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކުގެ މީހުން ނުކުމެ ހާއްސަކޮށް ރޭގަނޑުގެ އެ ގަޑިތަކުގައި މިސަރަހައްދުގައި ހުންނަ ޖޯލިތަކާ ތަންތަނުގައި ތިބޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެކުރި ކަމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ހާލަތެއްގައި ވަރަށް ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށާއި އޭގެ ސަބަބުން އަދި އެސަރަހައްދުގައި އުޅޭ މީހުންގެ މުދަލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިގެން ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފައެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ތަހުމީން އާއި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގައި މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ ހުދުރުމާގޭ، ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު ވެސް ހުރީ ހައްޔަރުކޮށްފައެވެ. މި ހަމަލާ ރޭވުމުގައި އެންމެ އިސް މީހަކީ ފުލުހުން ތުހުމަތު ކުރާ ގޮތުގައި ތަސްލީމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. 🤬

  ޔާ ﷲ މި ގައުމަށް ގަދަ ފަދަވެގެންވާ ކޯފާއެއް ފޮނުވަންވީ
  އޭރުން އެނގޭނެ ގަދަ ފަރަތެއް

  3
  35
  • ޒައިކް

   3 ނޮވެމްބަރު ދައްކައިގެން މަޢުމޫމު ސިންޕަތީ ހޯދި ގޮތަށް ބޮމެއް ދައިކައިގެން އަބަދު އެވާހަކައިން ސުރުހީ ހަދައިގެން ބޮޑުވަޒީރުކަމަށް އަންނަން އުޅުނަކީ މޮޔަ އަދި އައުޓްޑޭޓެޑް ވިސްނުމެއް؟؟

   16
   3
   • ފާތުމަ އެޅި ވަގު މިސްކިތް

    ތިބޭފުޅާ ވެސް ސިންޕަތީ ހޯދަންވީ މަދި..ރި އެއް ގެ ފިޔައެއްގެ ބު ރަދަނެ އް ނެތް ބޭ ފުޅަކު ސިންފަތީ ހޯދާނެ ފޮމިއުލާ އެއް ހޯދަންޖެހޭ

    1
    1
 2. ސަނައްޓޭ

  ލޮލް. ދައްކާ ވާހަކަ އެހެންވިއްޔާ ތިޔަ ބޮމުން މުޅި މަޖީދީ މަގު ފުނޑާނުލީ ކީތްވެޔޯ؟ އަމިއްލައަށް ސިމްޕަތީ ހޯދަން ކުޅެފަ އޮތް ޑްރާމާއެއް. ހަރުކަށި ގިކުރަކީ 60 ދުވަހުން ބްރޭކް ކުރެވޭނެ ފިކުރެއް ނޫން

  14
  8
 3. އަފީ

  އަފްރާސީމް އަލީ އަވަހާރަކޮސްލީއިރު މާލޭ މަގުމަތީ ކެމެރާއެއް ނެތް
  ކުދަ ކުއްޖާ ރަހީނުކޮށްގެން ގޮސް މަރާލާ ފޭސް2 އަށް އެއްލާލިއިރު ކެމެރާއެއް މާލޭގަވެސް އަދި ހުޅުމާލޭގަވެސް ނެތް.
  ނަސީދު އަށް ބޮންގޮއްވީރު މުޅި މާލޭގައި ކެމެރާ އަދި ހުޅު،މާލޭ ގައި އެއްކޮށް ކެމެރާ
  އައްނަނީ ހިނި..............

  18
  1
 4. އައްޑޫ މީހާ

  ހުސްދޮގު ފުލުހުންނަށް މިހުރިހާ ވާހަކައެއް ކިޔާދިނީ ތުުުހުމަތު ކުރެވޭ ފަރާތުން ހިތުން ރުހުމުންތަ؟ އަހަރެން ގަބޫލެއް ނުކުރަން އަދަބު ނުދީ މިވަރުގެ މައުލޫމާތު ދޭނެ ކަމަކަށް މިހެން ބުނަންޖެހޭ ސަބަބު ޖިނާޢީ އިޖްރާތުގެ ޤާނޫނުގައި އެއޮތީ ފެންނަން ހަނު ހުރުމުގެ ހައްގު ލިބިގެން ވާކަން ދެން އޮތީ ފުލުހުންނަކީ ތިހާވަރަށް ގަދަ ބައެއްނަމަ ބޮން ގޮއްވުމުގެ ކުރިން އެގޭނެ ފުކެއް ބޮޑުވަރު

  5
  2
 5. ރާކަނި ސައްތާރު

  ދިވެހިން ނަކީ މޮޅު ބައެކެވެ. ފިޔައެއް ހޯދަން އިންޑިޔާ އަށް ބަ ރޯ ސާ ވިޔަަ ސް ބޮން ހެދުމުގެ އުކުޅުތައް ހޯދުމަށް އެމެ ރިކާ ވެސް މިގައުމަށް ބަ ރޯ ސާ ވާން ޖެހޭނެއެވެ........ ރރރ

 6. ދުރުމި

  ހެޔޮނުވާނެ. އެއީ ބޮމެއްނަމަ ނަޝީދު ނޫން މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނެތީ ކީއްވެގެންތޯ ބަލާށެވެ. ތޮއްޖެހިފައި އޮތް މާލޭގެ މަގުތަކުން ވެހިކަލަކަށްވެސް ގެއްލުމެއް ނުވެއެވެ.

 7. ހޯރަފުށީ ފަންކާ

  ބޯހަލާކު