މިދިޔަ އަޟްހާ އީދާ ދިމާކޮށް ބ. ގޮއިދޫގައި މިއަހަރުވެސް ފުޓްސެލް މެޗެއް އަލިފާނުގައި ކުޅެފިއެވެ.

މިއީ ގޮއިދޫގައި މިގޮތަށް އަލިފާން ބޯޅަ މެޗެއް ކުޅުނު ފުރަތަމަ ފަހަރެއް ނޫނެވެ. މި މެޗަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު މިއީ އެރަށުގެ ސަގާފަތެއް ކަމަށްވެއެވެ. އަދި "ފަޔާ ބޯލް" ގެ ނަމުން ނަން ދެވިފައިވާ މި ކުޅިވަރު އީދު ފަދަ މުނާސަބާތްްތަކާއި ދިމާކޮށް އެރަށުގައި ވަރަށް ފޯރިއާ އެކު ކުރިއަށް ގެންދާ ކަމަށްވެއެވެ.

މި ހަަރަކާތް އެރަށުގައި ކުރިއަށް ގެންދާތާ ގާތްގަނޑަކަށް 10 އަހަރު ވެފައިވާއިރު މިއަހަރު މެޗް އިންތިޒާމް ކުރީ ބ. ގޮއިދޫ ސްޕޯޓްސް އެންޑް ޑިވޮލޮޕްމެންޓް ސޮސައިޓީއިންނެވެ.

އެ ޖަމިއްޔާގެ އޮފިޝަލަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި އަލިފާނުގައި ކުޅޭ މި މެޗް ކުރިއަށް ގެންދަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކަކާއި އެކުއެވެ. އެގޮތުން އަލިފާން ނިއްވަން ބޭނުން ކުރާ ފުޅިއާއި، ތެންމާފައިވާ ތުވާލިތަކާއި، ބެލޭންކެޓްތައް މެޗް ފެށުމުގެ ކުރިން ތައްޔާރުކުރާ ކަމަށްވެއެވެ. އަދި އެސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 10 ވަނަކަށް ޒުވާނުން އަލިފާން ދަނޑުގެ ބޭރުން ހަރަކާތްތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެޗުގައި ކުޅޭ ދެ ޓީމުގެ ކުޅުންތެރިންނަށްވެސް ދިގު އެއްޗެހި ލުމަކީ މަނާ ކަމެއް ކަމަށްވެއެވެ. ދަނޑު އާދަޔާ ހިލާފަށް ހޫނު ގަދަވުމުން ކުޅުންތެރިންނަށް ހަމައެކަނި ލެވޭނީ ސޯޓެއް ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި ބައެއް ކުޅުންތެރިން ޝަވަޖެލް ކަހަލަ އެއްޗެހި ކުޅުމުގެ ތެރޭގައި ހޫނު މަޑު ކުރުމަށް ގައިގައި ކާއްތާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން އަހަރެއްގެ މެދުކެނޑުމަކަށް ފަހު ރޭ ބޭއްވުނު މި މުބާރާތަށް ގައިދޫ ގިނަ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ދިޔަކަން އިންތިޒާމްކުރި ޖަމިއްޔާއިން ފާހަކުރިއެވެ.

ރޭ ބޭއްވި މި މެޗް އެއްވަރުވެ ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވީ އެރަށު ކައުންސިލް ރައީސް، މުހައްމަދު ޝިޔާންގެ ޓީމެކެވެ.

"މިއީ ހަމަ އީދު އުފަލުގައި ގޮއިދޫގައި ކޮންމެ އަހަރަކުވެސް އޮންނަ ހާއްސަ ފުޓްބޯޅަ މެޗެއް. ރާއްޖޭގެ އެހެން ބަޔަކު މިކުޅިވަރު ކުޅެނިކޮނެއް އަދި އަޅުގަނޑުމެން ނުދެކެން. މިއީ ހަމަ މަޖާ ކޮށްލުމަށްޓަކައި ސަލާމަތީ ކަންކަން ބަލައިގެން ކުރިއަށް ގެންދާ ތަފާތު ހަރަކާތެއް" އިންތިޒާމް ކޮމިޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން އެޅުނު ފިޔަވަޅުތަކަށް ދެވުނު ބޮޑު ލުޔާއި އެކު ރާއްޖޭގެ ގިނަ ރަށްރަށުގައި މިއަހަރުގެ އަލްހާ އީދު އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. އީދާއި، މިނިވަންދުވަހާއި ދިމާކޮށް ލިބުނު ބޮޑު ބަންދުގައި އި ގިނަ ބަޔަކު ވަނީ އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް އަތޮޅު ތެރެއަށް ޒިޔާރަތް ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލީ ބުނީ

    ކީއްކުރާނީ 5ކުޅަނދު މަދީ ހަމަ.

    30
    1
  2. ޢީސަދަރި

    ކުރެވޭ ނުކުރެވޭ ކަންކަން އެގެންވާނެ. ތިޔަ ކަމަކީ ފޯރިގަދަ ކަމަކަށްވިއަސް ތިޔައީ ރަގަޅު ކަމެއް ނޫން. ދީނީ ގޮތުން އެހާ ހިތްގައިމު ކަމެކޭ ނުދެންނެވޭނެ. ކަމެއް ކުރާއިރު ބަޔަކަކު ކުރާ ކޮންމެ ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. ޢަޤީދާއާ ދުރަށް ނުދާ ގޮތަށް ކުޅިވަރު ކުޅުނީމަ ރަގަޅުވާނެ. ތިޔަކަން ކުރުމުގެ ކުރިން، ލިބިދާނެ ގެއްލުމަކާއި، ފުރާނައަށް ގެއްލުންވެދާނެ ކަމެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެއް. ތިޔަ ކަމަކީ މީހުންގެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުޞަޠު އޮތް ކަމެއް. ކުރިމަގުހައި ތިޔަ ކަހަލަ މޮޔަ ކަމެއް ނުކުރާނެ ކަމަށް އުއްމީދު ކުރަން.

    42
    1
  3. ހުސޭނުބޭ

    އީދޭ ކިޔާފައިވެސް ކުރަންވާވަރުގެ ކަންކަމާއި ކުރަން ނުވާވަރުގެ ކަންކަން ހުންނަނާނެ! އަލިފާނާ ތިހާކުޅޭހިތްވަންޏާ އެންމެން ގައިގައި އަލިފާން ރޯކޮށްގެން ފުޓްބޯޅަ ކުޅެބަލަ!

    35
    1
  4. ހާލުފޮޅި

    ކުދިންނޭ، އަލިފާން ކުޅިވަރު ކުޅުން އަދި އޮތީ . . .

    28
    2
  5. ފަޔާ ބޯލް

    ސޯޓު ތަކުގަވެސް ރޯކޮއްލައިގެން ތި ކުޅޭނަމަ އަދި އިތުރަށް ފޯރި ގަދަވާނެ.

    13
  6. ސަމްސިއްޔާ

    ޝަވަރޖެލް ކަހަލަ އެއްޗިސަކީ އަލިފާން ހިފާތަކެތި. ތިޔައީ އެއްގޮތަކަށްވެސް ކުރުން ރަނގަޅުކަމެއްނޫން.

    8
    1
  7. ކައުންސެލަރު 🙌

    މޮޔަވިދުވަހު ބެރުޖެހީ ކާކު؟

  8. އަހައްމަދޫ

    އަލިފާނާ ނުކުޅޭ. ފިހިދާނެ، އެއަށްވުރެ ހިތްދަތިކަމެއް މަދުވާނެ. ކަމެއްވާނި ބުނެފަކާނޫން. މިކުދިންނަށް ހެޔޮވިސްނުން ދެއްވާށި

  9. މަރީނާ

    މީ ރަނގަޅު ކަމެއް ނޫން. ދެން ޓީނޭޖް ކުދިން މި ކުޅިވަރު ފަށާނީ

  10. ީައިބްރާހީމް

    ވަރަށްކަޑަ ކަމެއް

  11. އޭނާ

    ބޭހާއި ނުކުޅޭތި ބަޑި
    ނޭނގި ހުއްޓާ އަނދައިދާނެ
    ގޭމަ ކޮޔާ ފިހުދާނެ

    7
    1