އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސިޔާސީ ތަޖުރިބާ މާ ހަރުދަނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ނަޝީދުއާއި ރައީސް ސޯލިހްގެ ޚިޔާލު ތަފާތުވުން ބޮޑުވެ އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސްއަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ކޮންމެ ދުވަހަކު ހެން ޓްވިޓާގައި ގެންދަވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުންނެވެ.
ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ ކަމަކީ މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން "ލާދީނީ ގޮތުން" އެއީ ޖިނާއީ ކުށަކަށް ހަދަން ބިލް ފާސް ނުކުރުމެވެ. އަދި ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމުގައި އޮތް ޚިޔާލު ތަފާތުވުމާ ހެދި ވެސް ނަޝީދުގެ ނުރުހުން އެބަ އޮތެވެ.
"ލާދީނީ ގޮވުން" އެއީ ޖިނާއީ ކުށަކަށް ހަދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ހުށަހެޅުއްވީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދީފައިވަނިކޮށެވެ.
މި ބަހުސްގެ ތެރެއިން އެމްޑީޕީ އެކްޓިވިސްޓްއަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ސޯލިހްގައި ކަމަށެވެ. އެމަނިކުފާނުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަލާމު ކަން ވެސް ބޮޑު ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ސިޔާސީ ހަޔާތް ޑީއާރުޕީން ފެށްޓެވިއިރު، އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރެއްވީ ޑިއާރުޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. ރޮޒައިނާއަށް ފާޑުވިދާޅުވާއިރު ނަޝީދުގެ އެކްޓިވިސްޓުން މި ކަން ފާހަގަކުރައްވައެވެ.
މި ކަމަށް ވެސް ރޮޒައިނާ ރައްދު ދެއްވައި ޓްވީޓެއް ކުރެއްވިއެވެ. އޭނާ ވިދާޅުވީ ޑީއާރުޕީގައި ކުރިން އުޅުނު ބައެއް ފަރާތްތަކުން ނަޝީދު ކޮޅުގައި ހުންނަވާތީ އެމްޑީޕީ މެންބަރަކަށް ވާ ކަމަށެވެ.
ރޮޒައިނާ އިޝާރާތް ކުރެއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކަމަށް ބެލެވެއެވެ. އާޒިމް ވެސް ފުރަތަމަ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އޭނާ މިހާރު ހުންނެވީ ނަޝީދު ފެކްޝަންގައެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއެވެ. އެމްޑީޕީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ.
މީގައި ގިނައީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރޭގައި މިއިން އެއްވެސް ފެކްޝަންއަކަށް ތާއީދުނުކޮށް އަމިއްލައަށް ފެންނަ ގޮތެއް ނަންގަވައިގެން ތިއްބަވާ މަދު މެންބަރުންތަކެއް ވެސް ހިމެނެއެވެ.
ސޯލިހައްވުރެ މައުމޫން ގެ ތަޖުރިބާ ރޮޒޭ އަށް ފެނިފަ ދޯ ވާނީ؟ ދެން ކީއްވެ މައުމޫނު ކަރަށް ފައިން އަރާފަ ނަޝީދު ފަހަތައް ދިޔައީ؟ ބަލަ ތި ރޮޒޭނާ ސިޔަސީ މީހަކަށް ހެދީ އެ މުސްކުޅި ބެއްޔާ އޭ.
ޢެއްމެ ކެރިގެން ވާހަކަ ދައްކަންކެރޭ މެމްޕީ
އާނ! ދޯ! ދެފުށް ކެހެރި ވަރަށް ފާޅުކަން ބޮޑުކޮށް ދެފަހަރު ދެގޮތަށް ދެއަތަށް ކެނޑިކެނޑި ހުންނަ އެމް.ޕީ އެއްދޯ
ރައީސް ސިޔާސީ ތަޖުރިބާ ކިހާ ހަރުދަނާ! މުޅި މަގައުމު އިންޑިއާ އަށް ވިއްކާ ހުސްކޮށްފި. އެކަމް ކައެ ތިކިޔަނީ ހަރުދަނާއޭ ހެހެހެ ކައެވެސް ހިމެނޭހެން މިފަސްގަނޑު ސަންޖޭ މުދީރުއަށް ހިބައިން ދިނީމާ މިކިޔަނީ ހަރުދަނާ ދެއްތޯ...#ކައެއައުޓު #ސަންޖޭ މުދީރު އައުޓު ލޮލް
އިންޑިއާ އުނގަށްވެއްޓި އަޅުވެތި ކަން ޚިޔާރު ކުރީމަތަ ސިޔާސީ ތަޖުރިބާ ބޮޑުވީ.
ނަސީދަށްވުރ ރެ ވެ ރިކަމަށް އައުލާކަން ބޮޑީ އިބޫ ސޯލިހެވެ
ނަސީދަކީ ވެ ރިކަންކު ރުމަށް ކުފޫ ހަމަވާ މީހެއްނޫނެވެ އޭނާގެ
ވެ ރިކަމެއްވެސް ރާއްޖެ ދެކުނެވެ އަދި ތަޖު ރިބާވެސް
ކު ރިއެވެ ނަތީޖާ ދެއްކީ ބޮޑުސިންގާ ގެއްލުމެވެ 30 އަހަ ރު
ފަހަތަށް ރާއްޖެ ސޮއްސާލުމެވެ.
ރޮޒެއިނާ ލަދެއް ނުގަނޭ، ނަސީދުގެ އެމްޑީޕީ ޕާޓީން ނިކުމެ، އެމްޑީޕީން ކުރި މަސައިތްކަތުން ހޮވިފަ ތިޔަ ހުރީ، ހަޖަމް ކުރާން ދަސްކޮއްބަލަ. ގުއިނުދެކޭ ކާޅައް ގުއިފެނިގެން ތިޔަ އުޅެނީ..
ނަސީދާ އެމްމެ ފަހުން ހިތާވީދޯ...
މީނަ ނުރުހޭ މީހެއްވިއްޔާ އެމީހާގެ ނޯންނާނެ ރަނގަޅުއެއްކަމެއްވެސް ނޯންނާނެ ، އަނގައޮތީމަ ވާހަކަދެއްކުންކަމަކީ ، ކުރިން ނަޝީދުއެއީ މީނަގެ އެއްވަނަ ، މިހާރު އެވެސް ބާކީވީ ، އަންހެނުންނަށްވެސް ހުތުރު
ނަސީދުގެ ތަޖުރިބާ ހުންނާނީ މަގުމަށްޗަށްނުކުމެ ވައްވަށް ޖައްސަން. ޢެހެންކަމެއްގެ ތަޖުރިބާއެއް ނުހުންނާނެ. ވެރިކަން ލިބުނީމަ އެކަންކުރަންވެސް ނޭގުނީ ހިންގުމުގެ ތަޖުރިބާނެތީމަ. ސުމެއްގެ މީހެއްއެއީ.....