ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަށް އޭރަކު ވެރިކަމުގައި ހުންނެވި ކޮންމެ ބޭފުޅަކު ވެސް ހަރުދަނާވާނެ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) މިއަދު ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ އަށް ފާޑުކިޔުންތައް އަމާޒުވީ، ރައީސް ސޯލިހަށް ތާއިދުކުރައްވާ ރޮޒެއިނާއަށް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. މި ފަހަކަށް އައިސް ރޮޒެއިނާ ގެންދަވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ. އަދި ރޮޒެއިނާ ގެންދަވަނީ ނަޝީދަށް ފާޑު ވިދާޅުވަމުންނެވެ.

ޓްވިޓާގައި މިހާކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރޮޒެއިނާ ވިދާޅުވީ، ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ސޯލިހުގައި ކަމަށެވެ. އެމަނިކުފާނުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަންވެސް ބޮޑު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ އެ ޓްވީޓް ލިޔެފައިވާ އާޓިކަލެއް ހިއްސާކުރައްވާ ވައްޑެ ވަނީ ރޮޒެއިނާއަށް ފާޑުވިދާޅުވެފައެވެ.

ޓްވީޓްގެ ތަފްސީލު ހިއްސާކުރައްވަމުން ވައްޑެ "ވަގުތު" އަށް ވިދާޅުވީ ކުރިން ޑީއާރްޕީގައި އުޅުއްވި ރޮޒެއިނާ އަކީ ކުރީގެ ރައީސް މައުމޫންގެ އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނަށް ސަނާ ކިޔުއްވި ބޭފުޅެއް ކަމަށެވެ. އަދި ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައިވެސް އެމަނިކުފާނަށް ސަނާ ކިޔުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށް ފަހު ވައްޑެ ވިދާޅުވީ ރޮޒެއިނާ ސަނާ ނުކިޔުއްވަނީ ހަމައެކަނި ރައީސް ނަޝީދަށް ކަމަށެވެ. ވައްޑެ ދެކިވަޑައިގަންނަވާ ގޮތުގައި ނަޝީދާ މެދު ރޮޒެއިނާގެ "ޒާތީ" ކަންތައްތަކެއް އޮވެއެވެ. ނަޝީދުގެ މަގުބޫލުްކަން މާ ބޮޑަށް އިތުރުވުންވެސް ސަބަބަކަށްވުން އެކަށީގެންވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އެ ބޭފުޅުން އުޅުއްވަން ބޭނުންވާ ގޮތަށް މަގު ފަހި ނުވަނީ" ވައްޑެ ވިދާޅުވިއެވެ.

މީގެ ކުރިން ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގައި ލީޑާޝީޕްގައި ފެށުނީއްސުރެ ތިއްބެވި ބައެއް މީހުންނަށް ވުރެ ވެސް ގިނަ މަސައްކަތް އޭނާއަށް ކޮށްދެވުނެވެ. މަޖިލީހުގެ ތެރެއިން ގަނާ ކުރަމުން އަންނަ ކަމަށް ރޮޒެއިނާ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއެވެ. އެމްޑީޕީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ.

މީގައި ގިނައީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރޭގައި މިއިން އެއްވެސް ފެކްޝަންއަކަށް ތާއީދުނުކޮށް އަމިއްލައަށް ފެންނަ ގޮތެއް ނަންގަވައިގެން ތިއްބަވާ މަދު މެންބަރުންތަކެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާ ކުމް ބޭ

  ވައްޑޭ ކަލޭ ތީ ސިޔާސީ އުރައްޕެއް ހުރި މީހެއް ނޫން! ރުޒައިނާ އާއި އަޅާއިގެން ތި އުޅެނީ

  17
  2
 2. އަފީ

  މައުމޫނު ދައުރުވެސް ގޮހޮރު ބުޑަށް ރުފިޔާ
  ސޯލިހު ދައުރުވެސް ގޮހޮރު ބުޑަށް ރުފިޔާ

  14
  1
 3. ކޮވިޑް

  ބަލަ ވައްޑެ އަށް ރައީސް ޔާމީންގެ ނަން ވެސް ކިޔާލަން ނުކެރުން ދޯ؟ އެހެން ވެދާނެ ރައީސް ޔާމީން އެއީ ޤައުމީ ، އަދި ޤައުމުގެ ދިފާއު ގައި ނުކުންނެވި ޤައު މު ތިޔަ ވައްޑެ އުމުރުގާ ވެސް ނުދެކޭ ފަދަ ތަރައްޤީ އެއް ގެނެސް ދިން ރައީސް ވައްޑެ މެން ޖެހިލުން ވަނީ ކެކެކެކެކެ.

  22
  1
 4. އަހުމަދު

  ނަޝީދަކީ ހަރުދަނާ މީހެއްނޫން. ފެންނަނީ ލާދީނީ ކަމާއި ޖާހިލުކަން

 5. އަލީ

  ރޮޒެއިނާ ލަދެއް ނުގަނޭ، ނަސީދުގެ އެމްޑީޕީ ޕާޓީން ނިކުމެ، އެމްޑީޕީން ކުރި މަސައިތްކަތުން ހޮވިފަ ތިޔަ ހުރީ، ހަޖަމް ކުރާން ދަސްކޮއްބަލަ. ގުއިނުދެކޭ ކާޅައް ގުއިފެނިގެން ތިޔަ އުޅެނީ.

  1
  4
 6. ހާޝިމް

  ބައެއް މީހުންނައް ކަމަކު ނުގޮސްދާނެ ކޮންމެގޮތަކައްއުޅުނަސް ބޮވެންވާނެ ބޮވެންޖެހޭނެ ހަމައިގަތިބެން ބޭނުންނުވެދާނެ ބުނާ މީހާ އަނެއްބަޔަކައް ކަމުދާނީ އެވައްތަރު މިހެންވީމަ ކަލެޔަކީ މިހާރުކޮންކަހަލަމީހެއްކަން މިއެނގުނީ

  5
  1