އިންޑިއާގެ އުދެއިޕޫރަކީ ތަފާތު ރީތި ތަންތަނުގެ ސަބަބުން ފަތުރުވެރިންގެ މެދުގައި މަގުބޫލު އަވަށެކެވެ. މި އަވަށުގައި ހުންނަނީ ކޯރުތަކާއި، ޝާހީ ތަންތަނާއި، ބަގީޗާތަކެވެ.

މިފަހަރު ފަތުރުވެރިންގެ ސަމާލުކަން ލިބިފައި ވަނީ އެ އަވަށުގައި އަނބު ގަހެއްގައި ހަދާފައިވާ ހަތަރު ފަންގިފިލާގެ އިމާރާތަށެވެ.

އަނބު ގަހުގައި މި ގެ ހަދާފައިވާ ކުލް ޕްރަދީޕް ސިންގްއަކީ އިންޖިނިއަރެއްގެ އިތުރުން ތިމާވެއްޓަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން 2000 ވަނަ އަހަރު ހަތަރު ފަންގިފިލާއަށްވާ ގޮތަށް ހަދަން ފެށި މި ގެ ހަދާފައިވަނީ އަނބު ގަހަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށެވެ.

ކުލް ޕްރަދީޕްގެ މި ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ އަނބު ގަހަށް ގެއްލުމެއް ނުވާފަދަ ގޮތަކަށް ކުރިއަށް ދިޔުމަށެވެ.

މި އިމާރާތް ހުންނަނީ ބިމުން ފެށިގެން 40 ފޫޓު އުހުގައެވެ. މިގެ ފަރުމާ ކުރުމުގައި ގަހުގެ ބައެއް ގޮފިތައް ސޯފާއެއްގެ ގޮތުގައި އަދި ބައެއް ގޮފި ޓީވީ ސްޓޭންޑެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފައިވެއެވެ.

ގަހެއްގައި އިމާރާތް ކުރެވިފައިވީ ނަމަވެސް މި ގޭގައި އާއްމުކޮށް ގެއެއްގައި ހުންނަ ހުރިހާ ބައެއް ވެސް ހުރެއެވެ. ނިދާ ކޮޓަރި، ސިޓިންރޫމް، ބަދިގެ، ކާގެ މީގެއިތުރުން ލައިބްރަރީއެއް ވެސް ހުރެއެވެ.

މިގޭގެ ނިދާ ކޮޓަރިއާއި ބަދިގެއަށް ވާގޮތަށް އޮތް ގޮފިތަކުގައި އަނބު އަޅާ ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

ދިރިއުޅުމެއް ފެށުމަށްޓަކައި އުދެއިޕޫރުން ގެއެއް ގަތުމަށް ފަހު އެތަނުގައި ގެ އިމާރާތް ކުރުމުގެ ކުރިން ކުލް ގަތް ބިމަކީ ކުރީގެ ތާރީޚީ ބިމެއްކަން އެނގުމުން އެ ކުލްގެ ގެ އިމާރާތް ކޮށްފައިވަނީ މި އަނބު ގަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަދިސައިބު

    މާލެއާއި ރާއްޖޭގެ ރަށްރަށުގައި ގަސްކަންޑައިގެންނޫނީ އިމާ ރާތެއް މަގެއްވެސް ުބެދޭނެ

  2. ޒުހޫ

    ވަގުތު ކުދިން މިޚަބަރު ނިކަން ރާއްޖޭގެ މޮޅެތި އިންޖިނޭރުން ނަށާއި ޑިޒައިނަރުންނަށް ދައްކާލަދީބަލަ. މިރާއްޖޭގެ ކުދިންނަށް ގާފޮޅެއް ހާ ހިސާބުވެސް ނެގެނީ އައްޑިހަ ފޫޓު ދުރުގަ ހުއްނަ ގަހެއްވިޔަސް ބިމާ ހަމަކޮއްލައިގެން