ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެން ފަސޭހަފުޅު ވި ފަހުން އެމަނިކުފާނު ގެންދަވަނީ ހަރުކަށި ފިކުރާއި ނިރުބަވެރިކަމާ ދެކޮޅަށް ސަރުކާރަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވަމުންނެވެ.

ނަޝީދު ބޭނުންފުޅުވާ ގޮތަށް މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވެސް ކަންކަން ނުހިނގުމުން އެމަނިކުފާނު ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއެކު ސިޔާސީ ގޮތުން ދެން މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލީޑް ކުރައްވަން ނުކުންނަވަން އަދި އެއް ފަހަރު އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ.

މި ގޮތުން ހޯމް މިނިސްޓްރީ ވެސް ރައީސްގެ ބެލުމުގެ ދަށަށް ގެންނަވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވެސް ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހަރުކަށި ފިކުރުގެ މީހުން ވަރަށް ގިނަ ވެއްޖެ، އެފަދަ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ގިނަ ވެއްޖެ، މިފަދަ ގިނަ މީހުން ހައްޔަރު ކުރަން ބޭނުންތެރި،" ނަޝީދު ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ނަޝީދު އެ ގްރޫޕަށް ފޮނުވާ މެސެޖްތައް ވެސް ރައީސްއަށް ދެއްކެވުން ބުއްދިވެރިކަމަށް ނަޝީދު ވިދާޅުވިއެވެ.ި ރައީސްގެ ޅިޔަލު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) މެދުވެރިކޮށް އެ މެސެޖްތައް ރައީސަށް ދައްކަވަން ނަޝީދު އެދިވަޑައިގަތެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއި ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރައްވާތީ ނަޝީދު ލިޔުއްވާފައި ވަނީ "މި ތަނުގައި އެކަކު އަނެކަކަށް ދިމާކުރުން ހުއްޓާލަން އެދެން،" ކަމަށެވެ.

ނަޝީދު މި ވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. އެއީ އިތުރު ފަރުވާއަށެވެ. އޭގެ ކުރިން ހަފުތާއެއްހާ ދުވަހު އޭޑީކޭގައި ފަރުވާ ހޯއްދެވިއިރު، ދޮޅު މަހެއްހާ ދުވަހު ޖަރުމަނުގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކުން ވެސް އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

 1. ރާއަލިފް

  މޮޔަފުޅު ވީތޯ؟ ހީކުރީ ކީކޭކަމަށްތ؟ ހެހެހެ #ކައެ އައުޓު ސަންޖޭ މުދީރު އައޫޓު

  93
  1
  • ޒައިކް

   މީނާ އާ ހެދި މުޅި ސަރުކާރާ ދަޢުލަތް ހިންގަން ދަތިވެއްޖެ ޗައިނާއާ ރާއްޖެ ޖައްސުވައިފި މުޒާހަރާއަށް ކުދިވެރިން އެބަނެރޭ ސަރުކާރަށް ޕުރެޝަރުކުރުވަން.. މީނާ މި އިދިކޮޅު ޕާޓީގެ ލީޑަރުތޯ؟؟ އެހެންވީމަ ތިޔަ ކުއްލި ހާލަތެއް އިޢުލާންކޮށްގެން ނަމަވެސް މީނާ ހައްޔަރު ކުރަންވީ އެންމެ ފުރަތަމަ އޭރުން ޤައުމަށް ހަމަ ނޭވާއެއް ލެވޭނި..

   43
 2. ޜަނާ

  ކޮބާތޯ ހަރުކަށި ފިކުރަކީ އަދި މަޑުކަށި ފިކުރަކީ ފުރަތަމަ

  80
  4
  • ބޭބެ

   އަޅުގަނޑަށް ފެންނަނީ ކުއްލި ހާލަތު އިއުލާންކޮށްގެންނަމަވެސް ނުވަތަ ނުކޮށް ނަމަވެސް މީނާ ހައްޔަރުކުރަން!! މީނާ އާއި މީނާގެ އައުވާނުންނާއި އަދި މިގައުމު އިންޑިޔާއަށް އަޑި ނޭނގޭ އެއްބަސްވުންތައް ހަދައިގެން އެފޮރުވައިގެން އުޅޭ ގައުމުގެ ޣައްދާރުން ހައްޔަރުކުރަން!! އަދި އިސްލާމްދީނަށް ހަޖޫޖަހާ މީހުން ހައްޔަރުކުރަން! އެއަށްފަހު ތާލިބާން މީހުން ހައްޔަރުކުރަން!! ތާލިބާނުން މިރާއްޖޭގައި އުފެދެނީ ކުރިން މިދެންނެވި ކެޓަގަރީގެ މީހުން ހައްޔަރުކޮށް ފިޔަވަޅުނާޅާތީ!!

   86
  • ސަތަރި

   އަންނިއަކީކޮންކަހަލަފިކު ރެއްގެމީހެއްތޯ އެބަޖެހޭބަލަން ! ހުކު ރުޚުތުބާތެ ރެއަށް އަވަގު ރާނަލިޔެފަ ގަނޑުތަކެއްލާހެދިންތޯ ނިކަންއައްސަވަބައްލަވަ.. އެބޭފުޅާ
   އޭ ރުއެހުންނެވީކޮންކަހަލަ ކައްޓެއްގަތޯ ނިކަންއައްސަވަބައްލަވާ!!

   60
 3. އަބްދޫ

  ކުއްލިހާލަތު އިއުލާންކުރަން ޖެހޭ ހާލަތެއް ރާއްޖެއަކު ނެތް. ހަރުކަށި މީހާ ނަސީދު ހައްޔަރު ކޮށް ފެބްރުއަރީ 8 ގެ ރޯކުރުންތަކާ އަފްރަސީމާއި ރިޒްވާނުގެ މައްސަލަ ތަހުގީގު ކޮށް ސަރީއަތް ކުރަން ފަށާ. އަފްރާސީމްގެ މަރުގެ ހަދިސާ ސާލިހު އަށް ވެސް އެގޭނެ. ރިޒްވާނުގެ ކަންތައް އެގޭނީ ނަސީދު އަށް އެކަނި ރޯކުރި ކޯކުރުންތައް ސާލިހު އަށް އެގޭނެ. ސާލިހްގެ ސަލާމަތަށް ޓާކާ ވެސް ނަސީދު ހައްޔަރުކޮށް ތަހުގީގު ކުރައްވަވާ. ނޫނީ ފަހުން ހިތާމަކުރަންޖެހިދާނެ. އަމިއްލަޔަށް ޒިންމާ ނަގަން ޖެހިއްޖެ ނަމަ ގޯސްވެދާނެ. ސާލިހް އަވަސް ކުރޭ.

  51
  2
 4. ޒުހޫ

  ހެހެ....އޮޅިވަޑައިގަތީ ތޯ ނޫނީ ހަމަ ރަނގަޅައްވެސް މޮޔަފުޅުވީތޯ.....ތިހިން ހަމަ މީހަކު ގޮވާލާއިރަށް އިއުލާން ކުރަން ޖެހޭ އެއްޗެއްތޯ ކުއްލި ނުރައްކަލަކީ.....ދެންވެސް އަނގަ މަޑުން ލައިގެން ހުރިތަނެއްގަ މަޑުން ހުރެވޭތޯ ބަލާބަލަ.

  58
 5. ސަހަރޯ

  މަނިކުފާނު ނިކަން ލަކުނުތައް ރަނގަޅުވަންދެން ހަނު ހުރެބަލަ. ތިހެން ބޭކާރު ވާހަކަ ދައްކަންޏާ ޖަރުމާނުގަ ބަލިން ރަނގަޅުނުވެ މާގިނަ ދުވަހު މަޑުކުރަން ޖެހިދާނެ. އަނެއްކާ ޖަރުމަނުގެ ޑަކްޓަރު ހެނދުނުކާން ދީފަ ހުރި ބޭސް މިއަދު ކާން ހަނދުމަފުޅުނެތުނީތޯ؟ މޮޔަފުޅު ވެގެން ތިޔަ ގޮވާ ނަގާނީ؟ ނޫނީ ޖަރުމަނުން ރަނގަޅު އެއްޗެއް ހިއްޕެވީތޯ؟

  43
 6. ބަރޭ

  ނޫނޭ މިސޮރު ދެން ރަނގަޅެއްނުވާނެ ދެން. ޖަރުމަނުގެ ޑަކްޓަރުންވެސް ބޯހަލާވެގެން މޮޔަވެދާނެ. އެންމެ ފަހުން ޖަރުމަނުގެ ޑޮކްޓަރުންވެސް ބުނާނެ ގުރައިދޫ ސެންޓަރަށްލާށޭ، މިތަނުން ދެވެން ހުރިފަރުވާއެއް ދެވިއްޖޭ.

  45
 7. ހަރުކަށި މީހާ

  ޕުއާ ނަޝީދް. ޑައި އިން ޔޯ ރޭޖް.

  39
  1
 8. ގޮވާ

  ހަރުކަށި މީހުން ހައްޔަރުކުރަންޏާ އެންމެ ފުރަތަމަ ހައްޔަރުކުރަން ޖެހޭނީ ނަޝީދު. އެއީ މިރާއްޖޭގައި މިވަގުތު ހުރި އެންމެ ބޯހަރު އަދި ހަރުކަށި މީހާ. ދީނަކަށް، ގައުމަކަށް، ބެލެމެއްނެތި ހަމަ ކިޔާނެ އެއްޗެއް ގޮވާ ނަގަނީ.

  55
 9. ހުސޭނުބޭ

  ރާއްޖޭގެ ހަރުކަށި ފިކުރުގެ ބާނީއަކީ ބުއްޅަބޭ! އޭނާގެ ފިކުރާ ދެކޮޅު ކޮންމެ ފިކުރަކީ ހަރުކަށި ފިކުރު. ވީމާ އެންމެ ފުރަތަމަ ބުއްޅަބޭ ހައްޔަރުކުރޭ!

  48
 10. ބެއްޔާ

  އެއުޅެނީ ރާއްޖެ އަންނަން ބިރުން. ރާއްޖޭގެ ދީނަކީ އިސްލާމްދީން. މިއެންމެން ހިފާ ހައްޔަރުކުރާނީ ކިިހިނެއް

  47
  1
 11. ހުއްތު

  ކީއްކުރަންތޯ ހައްޔަރު ކުރަނީ؟ އިއުތިރާފް އެއްބަސް ވުމޭ ކިޔާފަ ބަޔަކު ދޫކޮއްލަން އެއުޅެނީ އެއްބަޔަކު.....

  18
  4
 12. މުސްތޯ

  މޮޔަވެފަ ހުހުރި ބޯބު ރާތި އެއް. ރަގަޅުވަނީ ފޮދާ ޖަހަގެން އެތާ ހު ރިރިއްޔާ މަހުއެއްޗެތިކޮޅު ފޮނުވާ!

  26
 13. ހުސެންދީ

  ކަލެއަށް ހީވަނީ ކަލެއަށް ސަޕޯރޓް ނުކުރާ އެންމެންނަކީ ހަރުކަށި މީހުންނޭ. ކަލެއަށް ސަޕޯރޓް ކުރާ ގިނަމީހުންނަކީ ދީނަށް ނަފްރަތު ކުރާމީހުން.

  33
 14. ާއިބްރާހީމް

  ނަޝީދު އެ އުޅެނީ ބަދަލަށް ބަދަލު ނުހިފިގެން ޓޮލަރޭޓް ނުކުރެވިގެން. ނަޝީދު ހީކުރާ ވަރަކަށް ތާއީދެއް މިހާރަކު ނެތް. ނަޝީދު އަކީ ހަމަ ފައްކާ ހުޅަނގުގެ އަޅެއް. މި ގައުމުން އިސްލާމް ދީން ނަގާލަން ކުރާ މަސައްކަތް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ. ދެނެއް ނަފުރަތުގެ ބިލެއް ފާހެއްވެސް ނުކުރެވޭނެ. ދިވެހި ފަސްގަނޑުގައި ކާފަރަކަށް ކާފަރެކޭ ގޮވޭނެ. ގޮވަންވެސް ގޮވާނަން. އެއްކަމެއްވެސް ނުކުރެވޭނެ.

  44
 15. ބޯހަލާކު

  ޖަރުމަނުގެ ޑރ އެއްނޫން މަވެސް ބޯހަލާކުވޭ މިބޭފުޅާ އުުޅޭގޮތަކުން..ނޫހެއް ހުޅުވާލާއިރަށް މުޅި އޮޑީގަ ހަސަނުގެ ދެފައި ގޮތަށް މިބޭފުޅާގެ ވާހަކަތައް..އަނގަ ގަދަކަމުން މުސްކުޅި ދައިތައެކޭ އެއްގޮތް.

  17
 16. ކޮވިޑް

  އަލިފުށި ދާއިރާގެ މެމްބަރ ކައިރީ އާދޭސް މި ކުރަނީ ރައީސް ސޯލިހު ކައިރީ ބުނެގެން މި ބޯގޯސް ނަޝީދު ހައްޔަރު ކުރަން ވީނު؟ މި އަށްވުރެ ވަކި ހަރުކަށި، ހަމަ ނުޖެހުން ޤައުމުގާ ހިންގަން އުޅޭ މީހަކު ނެތް. މީނާ މީ ފާޅުގަ ޕޮލިހުންގައިގާ ތަޅާނެ ކުދިން ހޯދަން މާރިޔާ ކައިރީ ބުނި މީހާ .

  14
 17. އަހުމަދު

  ކުއްލި ހާލަތު އިއުލާންކޮށްގެންވެސް ނަޝީދު ހައްޔަރުކުރުން ވެއްޖެ. އެއީ ގައުމަށް އޮތް ބޮޑު ބިރެއް

  18
 18. ސަބްރީ

  ކޮމެންޓް ކިޔާލީމާ ނަސީދުއަށް މީހުން ރުުޅި އަރާވަރު ސާފު

  27
  • ކެޔޮޅުބެ

   ޙަހަހަހާހާހާ!!!!!!

   12
 19. އަހުމަދު ހަސަން

  މިހާތަނަށް ހޯދި ހޯދުން ތަކުން ދައްކަނީ ނަޝީދަކީ ކަން މިރާއްޖެއަށް ހަރުކަށި ފިކުރު ލާދީނީ ފިކު އިމްޕޯޓްކޮށް އޭހެ ވިޔަފާރި ކުރާ ފަރާތަކީ. ސަބަބު ވަރަށް ސާފު ވިޔަފާރިކުރާ މީހުންނަން އެކަމުގެ ހިސާބު ކިތާބު ބެލެހެއްޓި ހިސާބު ކިތާބުތަށް ހާމަކުރަން އިނގޭނީ. ކިތައް ޕޯޑިއަމް ކިތަށް ލައިވް ޝޯ އަދި ކިތައް ފޯރަމްގަ ތޯ ނަޝީދު އެ ހިސާބުގެ އަދަދު ތައް ޖައްސަވަނީ. އެހެންވީމަ އެންމެ އިސް މުއްލާއެއް ކަމަށް ދިރާސާވެރިންގެ ދިރާސާ ތަކުން ދައްކަނީ ނަޝީދަކިކަށް އެންމެ ހަރުކަށި މީހަކީވެސް. #އަންނިނަޝީދު #ހައްޔަރުކުރޭ މިހާރުން މިހާރަށް.

  15
 20. އިބްރާހިމް

  ޖަލުހުކުމްގެ ބާކީބައި ފުރިހަމަކުރަން މީނާ ޖަލަށް ފޮނުވަން ދައުލަތަށް ގޮވާލަން. މި ޤައުމަށް މުސީބާތަކަށްފަހު މުސީބާތެއް ކުރިމަތިވަމުން މިދަނީ ޖަލުޙުކުމްގައިތިބި މީނާފަދަ ހަތަރު ފަސްމީހަކު މިސަރުކާރުން ކޯޓްތަކަށް އަތްބާނައިގެން ދޫކުރިފަހުންނެވެ.

  15
 21. ވަޒީރެއާލާ

  އިނގިރޭސިވިލާތުގައި ހުންނަވައިގެން ތިޔައުޅުއވަނީ ދިވެހިސަރުކާރު ހިންގަވަންތޯ؟ ގާސިމް ވިދާޅުވިހެން "މޮޔަފުޅުވީތޯ؟ ބަލަ! ތިޔައުޅުއްވަނީ މޮޔަފުޅުވެގެންނޭ. ރައީސުލްޖޫމްހޫރިއްްޔާ ކުރަންވީކަންތައް އަންގަންޖެހެނީ އަންނިއެއްނޫން. ހަމަރަނގަޅަށްވެސް ވެރިކަމާގެން ބޫތުކައިގެން މޮޔަގެރިއެއް ފެލޭހެން ފެލެނީ.

  14
 22. ސަމްކުޅިބޭ

  މިކަލޭގެ ދެން މިހާރު މިއުޅެނީ ކުރިންވެސް އިނގިރޭސިވިލާތުގައި ހުރެގެން އޭރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރިގޮތަށް މިސަރުކާރާމެދުވެސް މަސައްކަތްކުރަން. މިކަލޭގެ ދެން ރާއްޖެ ނުވެސް އަންނާނެ އިންތިޚާބާ ކައިރިވީމާނޫނީ. އެކިގޮތްގޮތުން ސަރުކާރަށް ޖެއްސުންކުރުން ދެންއޮންނާނީ. މީނާގެ އައުވާނުން ތިބޭނެ އަތްޖަހަން.

  14
 23. ޙަސަނުލް

  އަންނި އިބިލީސް ހައްޔަރުކުރޭ ނަބިއްޔާއަށް ފުރައްސާރަ ކުރި އެންމެން ހައްޔަރު ކުރޭ

  18
 24. ކޮރަލް

  ޑްރަގް ގަނެ ވިއްކުމާ ބުއިން އަދި ލިޔެކިއުން ނެތް ބިދޭސީންގެ މައްސަލަ މީނަ އަށް އަދި ޕާޓީ ތަކަށް ބޮޑުމައްސަލަ އަކަށް ނުވެ އެވެ.

  14
 25. ދެންހަމަ

  އެންމެ ހަރުކަށި މީހަކީ ނަސީދު!!

  18
 26. މާހިދު

  މީނައައް މިވާގޮތަކީ މީނަގެ ފިކުރު ގަބޫލުނުކުރާ މީހަކީ ހަރުކަށި ފިކުރުގެ މީހަކައް ކޮބާތޯ ހަރުކަށިފިކުރަކީ 1 އއ ހިމަންދޫ މައްސަލަ ބާރުދިނީ ކޮންބައެއްތޯ 2 ވަކިންޖަމާއަތްހެދުމުގެ މައްސަލަ ދަރުމަވަންތަ މިސްކިއްކިއް ކައިރީ ސްޕީކަރުދިނީ ކޮންބައެއްތޯ 3 ފެބްރުއަރީ އަށެއްގަ ހުޅުރޯކުރުން މީތޯ ތިކިޔާ މަޑުކަށި ފިކުރަކީ މިހުރިހާކަމެއްކުރީ އެމްޑީޕީ ބައިވެރިވެގެން

  13
 27. ހުސްކުރާސޭލް

  ނަޝީދު ހިތްޕުޅާނުވާކޮންމެމީހަކީ ޅިނދުކަށިފިކު ރުގެމީހެއްކަމަށްވަނީނަމަ އާބާދީދެ 98% މީހުންޖެހޭނީ
  ހައްޔަ ރުކު ރަން.. އެއި ރުން ބޮޑުވަޒީ ރުކަން ކު ރާއި ރު މަޖިލީހުގައިންނާނެމީހަކުވެސްނުވާނެ. އެއްގޮތުން ރަނގަޅު އެއި ރުން އިންޑިއާއިން މީހުންގެނެސްގެން ސަ ރުކާ ރުހިންގާލެވިދާނެ!

  10
  2
 28. ފާއިޒާ

  ނަންވާނީ ގާސިމުއާއި ޝިޔާމު .. މަޖިލީހުގެޖަލްސާތަކަށްހާޒި ރުނުވެ މަހުންމަހަށް ބޮޑުސިންގާމުސާ ރައަކާއި އެލަވެންސެއްނަގައިގެން އެހުންނަނީ ....

  10
 29. ރައްޔިތުމީހުން

  ނަޝީދު ވެސް މީ ހަރުކަށި ފިކުރު މީހެއް.. އެއްވެސް ކަމެއް ގާ ހައްދުފަހަނައަޅާ ދިޔުމުން ވާނީ އޭގެ މީހަކަށް.. ވެރިކަމާއި ބާރު ބޭނުންވެގެން ހޭކެނޑިގެން ދިވެހިރާއްޖެވިއްކާލައިގެންވެސް އެކަންބޭނުންވޭއެބަ ނަޝީދު.. ވީމާ އެންމެ ފުރަތަމަ ހައްޔަރު ކުރަންޖެހޭ މިބޭފުޅާވެސް..

  10
 30. އައްމަޑޭ

  ކުއްލި ހާލަތު އިއުލާންކޮށް ހަރުކަށި މީހުންނާއެކު ލާދީނީ ބައިގަނޑުވެސް ހިފާ ހައްޔަރު ކުރަންވާނެ.

  13
 31. ޮހޮޅި

  މިވެސް ރައީސެކޯ. މިފަހަރު މިވެރިންގެ ޝިޢާރަކީ އަޑީދަޢުލަތާ ހަރުކަށި ފިކުރު. މި ވިއްކައިގެން ވެރިކަންހޯދުން. މީނަ މިހުރީ ކަށިވިދުރި ޖެހިފަތޯ ބަލަން ޖެހޭ.

  12
 32. ރާއްޖެތެރެ

  ހޭބަލި ވެފަތަ ތިހިރީ ކަލޭ

  13
 33. ޢބްދުއްﷲ

  ކުއްލި ހާލަތު އިއުލާންކޮށް ހަރުކަށި މީހުން ހައްޔަރު ކުރަން ނަޝީދު ގޮވާލައްވައިފި

  2 ގަޑިއިރު ކުރިން ( ޖުލައި 25, 2021 )

  މިގައުމަށް ގެއްލުމެއްނޫނީ ކަލޭ ދީފައެއް ނެތް ދެން ކަލޭބުނީމަ މިގައުމުގެ ދަރިން ކަތިލަންވީތަ؟

  ނުވާނެ ތިކަމެއް ؟ މޮޔަފުޅު ވީތޯ؟ ހީކުރީ ކީކޭކަމަށްތަަ؟

  10
 34. ސަގަރު

  ބުއްޅަބޭ ހަމަރަނގަޅަށްވެސް މޮޔަވެއްޖެ މިގައުމަށް އައިސް ގައުމު ފަސާދަކުރަން ނާންނާތި ތިޔައީ އަހަރުމެން ގަބޫލުކުރާމީހެއް ނޫން.

  18
 35. ރިޔާޒު

  ޖަަ ރުމަނުވިލާތުގައި ނުހު ރޭތަ ސިކުނޑީގެ ބަލިތަކަށް ފަ ރުވާދެވޭކަށް.

 36. އަދުހަމް

  ނަޝީދާ ޚިޔާލު އެއްގޮތް ނުވާ ކޮންމެ މީހަކީ
  ހަ ރުކަށި މީހެއް. އެހެންވީމާ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހައްޔަ ރުކު ރަންޖެހޭނެ ތިޔަވާ ގޮތުުން.

 37. ިިިިިިސދސސސ

  އެންމެފުރަތަމަ ދީނަށް ހަޖޫޖަހާ މީހުންނަށް އަދަބުދީ

 38. ނިކޮލަސް

  މީނާއާ މީނަގެ ފަސާދައިން މިޤައުމު ސަލާމަތް ކުރައްވާށި.

 39. ނާދިރާ

  ހަރުކަށި ފިކުރަކީ ލާދީނީ ފިކުރު

 40. މަސްއޫދު

  ހަރުކަށި މީހުން ހައްޔަރުކުރަން ކުއްލި ހާލަތު އިއުލާނު ކުރާނަމަ އެންމެފުރަތަމަ ހައްޔަރު ކުރަންޖެހޭ ނަޝީދު! ގައުގެ ހަރުމުދާ ހުޅުޖަހާއަންދުމީ. ފުލުހުންތަޅާނެ ކުދިންހޯދުމަށް މާރިޔާދީދީއަށް ގޮވާލީ ނަޝީދު މުސްލިމުން އުޅޭ ގައުމެއްގައި އެހެންދީތަކަށް ހުޅަގުގެ ޕުރެޝިއަރުގައި އެހެން ދީންތަކަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ގޮވާލީ އަދި ފައްޅި އަޅަން އުޅުނީ ހަމަ ނަޝީދު 100 ޕަސެންޓް މުސްލުމން ދިރިއުޅޭ ގައުމެއްގައި ރައްޔިތުންގެ ރުހުމާ ދެކޮޅަށް މިކަހަކަން ކުރަން އުޅުނީމައިވާނެ ހައެތި މިވީ! މިވަރުވެސް ވިސްލާލަން ނޭގުނު!

 41. ހުސެން

  ބަަލަގަ ޔާމީނު އަށް ވެސް ހަމަލައެއް ދިނޭ.ފިނިފެންމާ ލޯންޗު ގޮއްވާލިއޭ.މިވަރެއް ނުވޭ.މި ދެން ބޮޑު ޑްރާމާ އެއްކަން މިއޮތް ސާބިތިވަނީ.ބަލަގަ ޔާމީނު ހޭބަލިވެގެން ކުއްލި ހާލަތެއް އިއުލާނެއް ނުކުރޭ.ރައްޔިތުންނަށް ބަލާވެރިކަމަކަށް މި މީހާ ވެއްޖެ.

 42. ޅޮލި

  މީހުނާ ދިމާކުރުމުގެ ހުއްދަވެސް އޮންނާނީ އެންމެމީހަކަށް. ދިވެހިން ހިގަންވާނީ އޭނަބުނާ ގޮތައް. ޢޭނައަށް ޚަރަދުކޮއްފަ ބާކީ ވެއްޖެއްޔާ އެހެންނީހަކަށް އެއްޗެއް އޮންނާނީ. ޙިފާ ހައްޔަރުކުރޭ ހައްޔަރުކުރޭ.

 43. ތަންޑާ

  އަހަރެންގެ ނަސޭހަތަކީ އަދި ވަސިއްޔަތަކީވެސް ނަޝީދު ދައްކަމުން ތިދާ ވާހަކަތައް ހުއްޓާލުން. ނަޝީދުގެ ވާހަކަތަކުން ނަޝީދު ބޭނުންވާ ނަތީޖާ ނުނިކުންނަ ތަނުގައި ނަޝީދުއާ މެދު ރައްޔިތުންގެ ރުޅިއާއި ނަފުރަތު ދަނީ އިތުރަވަމުން. އޭގެ ނަތީޖާ ނަޝީދުއަށް ރަނގަޅު ވާނެކަމަށް ނުބެލެވޭ. ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރުގެ މީހުންނަށް ސައްހަ އިސްލާމްދީން އޮޅުން ފިލުވައު ދެވިގެން. ނަޝީދު އެކަނި މާއެކަނި ހަރުކަށި ފިކުރު ނައްތާލެވޭނެ ނަމަ މުޅި ދުނިޔެ ވެގެން އަލްގައިދާއާ އައިއެސް އަދި ތާލިބާން ނައްތާލަން ކުރި މަސައްކަތް ކާމިޔާބު ވީސް.

 44. ބުއްޅަބެ

  މި ރާއްޖޭގެ ތިބި ރީނދޫ ފިކުރުގެ އެންމެން އެހެން ޤައުމަކަށް ފޮނުވާލަނިކޮށް ،ރާއްޖެ ވަރަށް އަމާން އަދި އެކުވެރި، ދީނީ ޤައުމަކަށް ވާނެ. މި ބައިގަނޑު މުޅި ޤައުމު ފަސާދަކޮށްފި