ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް ރޮޒެއިނާ އާދަމް އަކީ މާ މުހިއްމު މީހެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަޕް ގްރޫޕްއަށް މިއަދު ފޮނުއްވެވި ޓެކްސްޓް މެސެޖެއްގައެވެ.

"ރޮޒޭ އަކީ މާ މުހިއްމު މީހެއް ނޫން" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ.

އެހެން ވިދާޅުވާން ޖެހުނު ސަބަބެއް ނަޝީދު ހާމަ ނުކުރެއްވި ނަމަވެސް، މި ފަހަކަށް އައިސް ނަޝީދުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވަމުން ގެންދަވާތީ، އެކަން މީޑިއާގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ.

ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ގޮތުން ހަރުދަނާ ތަޖުރިބާއެއް ހުންނެވީ ރައީސް ސޯލިހުގެ ކަމަށެވެ. އަދި ރައީސް ނަޝީދަށްވުރެ ރައީސް ސޯލިހުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަންވެސް ބޮޑު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ އެ ވާހަކަތަކަށް ނަޝީދަށް ތާއިދުކުރައްވާ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އުނގޫފާރު ދާއިރާގެ މެންބަރު ވައްޑެ ވިދާޅުވީ ނަޝީދު ފިޔަވާ ކޮންމެ ރައީސަކަށް ރޮޒެއިނާ ސަނާ ކިޔުއްވާ ކަމަށެވެ.

މީގެ ކުރިން ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީގައި ލީޑާޝީޕްގައި ފެށުނީއްސުރެ ތިއްބެވި ބައެއް މީހުންނަށް ވުރެ ވެސް ގިނަ މަސައްކަތް އޭނާއަށް ކޮށްދެވުނެވެ. އަދި މަޖިލީހުގެ ތެރެއިން ގަނާކުރަމުން އަންނަ ކަމަށް ރޮޒެއިނާ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއެވެ. އެމްޑީޕީގައި ދެ ފެކްޝަނެއް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ.

މީގައި ގިނައީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރޭގައި މިއިން އެއްވެސް ފެކްޝަންއަކަށް ތާއީދުނުކޮށް އަމިއްލައަށް ފެންނަ ގޮތެއް ނަންގަވައިގެން ތިއްބަވާ މަދު މެންބަރުންތަކެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގުދޯ

    އެެއްވެސް މުހިންމެ މީހެއްނޫން. ދެނެއް ލާހިކެއް ނޫން މަޖްލީހްގެ ގޮޑި ހޯދާކަށެއް... ހަމަ ޖެހޭނީ އަންނި ކައިރިޔަސް އައިސް އެބުރެން...

    25
    44
    • ބޭބެ

      ނަޝީދު އަދި ކިރިޔާ ރަގަނޅު ވާހަކައެއް މިބުނީ!! ޙަގީގަތުގައިވެސް ރޮޒޭނާ އަކީ މުހިންމު މީހެއްނޫން!! އެއީ އަބަދުވެސް ދެތަނުން ކައްކާ އުނދުނެއް!! ތިމާއަށްވުރެން ފުޅާ އަނގައެއް ގެންގުޅޭ އަންހެނެއް!! ތީނަ މިހާރު ހުރީ ނާޒިމް އުފައްދާ ޕާޓީއާ ގުޅޭގޮތަށް ނިންމައިގެންނޭ ކިޔާއަޑުއިވޭ!!

      47
      14
  2. ައަލީސަމީމް

    ރޮޒޭ ޔައް ހީވަނީ އިބު 2023 ގާ ރައްޔިތުން ހޮވާނެ ކަމައް އެމްޑީޕީ ފުރައިމަރީގާ ހޯހޯ ތިކަމެއްނުވާނެ. ހަމަ ޖެހޭނީ ތިމީހުން އަންނި ފަހަތުން ދުވަން... އަންނި ހުންނާނީ ހަމަ އެގޮތުގާ ސާބިތު ކަންމަތީ..

    16
    53
  3. ކުރަބީ3

    އެއީ ކާކު....އެއްވެސް މީހެއްނޫން... އައްޑޫ އޮތީ އަންނި ފަހަތުގާ ދެނެއް ލާހިކު ނުކެރޭނެ އައްޑޫ ގޮޑިއް ހޯދާކަށެއް.

    21
    39
  4. ކޮވިޑް

    ބަލަ މި ޤައުމަށް ނަޝީދު މުހިއްމުތަ؟ ނޫ މިހާރު ތީ މި ޤައުމަށް ކުރިމަތި ވެފައިވާ ކަންތައް ގަނޑަކަށް ވެފަ މި އޮތީ. ބޭކާރު މީހެއް ކެކެކެކެކެކެ.

    76
    3
  5. ސިއްތި

    ބޭކާ ރު މީހުން ދައްކާނީ ބޭކާ ރު މީހުންގެ ވާހަކަ!!!

    49
    2
  6. އަހުމަދު

    ނަޝީދު އަކީ ސިޔާސީގޮތުން ފެއިލް ވެފައިވާ މީހެއް. މައުމޫނާއި ދުރައް ދިޔަހެން ނަޝީދު އާއި ދުރައް ދާދުވަސް މިއޮތީ ޖެހިފައި އިންޝާ ﷲ

    60
    5
  7. ޙހހހ

    ނަޝީދަކީ ދިވެހި ޤައުމަށްވެސް މުހިއްމު މީހެއްނޫން ، މިއަދު ތިޔަ އުޅުއްވާ ޒާތީ ހަސަދައާއި އަމިއްލަ ބާރުވެރިކަމަކީ ދިވެހިންގެ ރީތި އާދައެއްނޫން ، ތީ ރަސޫލުންގެ ޒަމާނުގައ ޤަރޫނު ގެންގުޅުއްވި ފަަދަ ހަރުކަށި ޖައްބާރު ޒަގާފަތެއް ، ތިހިފާގެން އެހެންތާކަށްދޭ

    22
  8. މަކުޑިފީ

    އަސްލުގަ ސޯލިހަކީވެސް އެއްގޮތަކައްވެސް ރައްޔެތުންގަޔާނުވި ރައީސެއް، ފިލާ އޮންނަނީ، ވައުދުތަކެއްނުފުއްދުނު،، ލީޑަރޝިޕް ކޮލިޓީއެއް ނެތް، ވައްކަންތަކެއް ނުބެލި، ކޮރަޕްޝަން އެހާބޮޑު، ރޭޕިސްޓުން ހިމާޔަތްކޮއް، ޕެންޑެމިކް ތެރޭ ކަންކަން ބޮއްސުންލީ، އެހެންވީމަ މީހުންވަރައް ފޫހިވެފަތިބީ، ނަޝީދު މާ އަގަގަދަ ނުކޮއް މަޑުން ހުރިނަމަ ނަޝީދައް ވެރިކަމައްވެސް އާދެވުން ގައި. އެކަމުދެން މިހާރުތިތަޅާ އަގަޔަކުން ސޯލިހު ކޮޅުބަރުވާން ފަށައިފި.

    17
    1
  9. ތަންޑާ

    ނަޝީދަކީ ވަކި ބަޔަކަށް މުހިއްމު މީހެއް. ގައުމަށް މުހިއްމެއް ނޫން ނަޝީދެއް.

    59
    3
  10. ހާސިން

    ރޮޒޭ ކަލޭ ދެން އައްޑޫ ގޮޑިއެއް ހޯދަން ނުއުޅޭތި. އެމްޑީޕީ އަކީ އައްނި ކަން އޮޅިފަހުންނެވި އަންހެނަކަށް ދެން ވޯޓެއް ނުލިބޭނެ. މިއައްޑޫގައި އެންމެ ފުރަތަމަ މައުމޫނުގެ އިސް ތިއުފާއަށް ގޮވަން ކެރުނި ހިތަދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި އައްނިއަށް. އެހާ ބިރުވެރިކޮށް މިރާއްޖޭގެ ސިޔާސީ ކަންކަން އޭރު އޮތްްވާ އެކަން ނިމުމަކަށް ގެނައީ އަންނީ. މިއަދު ކޮންމެ މީހަކަށް ޕާޓީ އެއް ހެދެނީ އަންނިގެ މޮލުކަމުން. ކަލޭމެން ހަދާން ހުންނާނެ މައުމުނުގެ ދުވަސްވަރު ޑިމޮކްރެސީ ނުގެނެވިގެން އުޅުނު ވަރު. އަދި ރޭޑިއޯގަޑު ފޮރުވައިގެން ގޮސް ފާޚާނާގައި ތިބެ ކިރިޔާ އަޑު ބޭރު ނުވާ ވަރަށް ބިރުން ތިބެގެން ސިޔާސީ ހަބަރު އަޑު އަހަން ތިބި ބަޔަކު މިއަދު ހިތައް އެރިހާ އެއްޗެއް ރައީސަށްވެސް ކިޔޭގޮތަށް މިރާއްޖޭގެ ދުލުގެ މިނިވަން ކަން ގެނެސް ދިނީ އައްނި. އޮޅުވާލަން ނުއުޅޭތި ރޮޒޭމެން. އަންނި ވަރުގެ ގަޓުހުރި ކަންކަން ހިގާ މަގު އެގޭ ބޭފުޅަކު ނުހުންނަާނެ. މީހަކު މަގު ކޮށީމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގަން އެގޭނީ ރޮޒޭމެންނަށް. ފައިސާގަޑުގެ މައްސަލަ ބަލާފާނެތީ ބިރުން ރައީސު ފުލުގައި އެލިގެން ތިއުޅެނީ.

    6
    17
    • ޢައްޑޫ

      ތިކަން ފެނޭ އަންނި އާއި އެމްޑީޕީން އައްޑޫ ތަރައްޤީ ކޮށް ސިންގަޕޫރަށް ހަދާފަ ވިއްޔާ ތިއޮތީ. ދުލުގެ މިނިވަންކަމޭ ކިޔާ ހަޔާތް ގޮވަން ދަސްކޮށް ދިނީ. ޕާޓީ ސިސްޓަމް ގެނެސް އެއްބަޔަކު އަނެއްބަޔަކާ ހަސަދަވެރިކޮށް، ރައްޔިތުން ބައިބައި ކުރީ، މިނިވަންކަމޭ ކިޔާ ދީނަށް ފުރައްސާރަކޮށް ދީން ބަދަލު ކުރަން ހިއްވަރު ދިނީ. މަސްތުވާ އެއްޗިއްސާ ނުލާ ނޫޅެވޭނެކަން އަންގަދީ ޕާޓީ ކުރަން ބާރު އެޅީ. ބިރަކާ ނުލާ މަޖާ ކުރަން ދަސްކޮށް ދިނީ. އައްޑޫ މީހުންނަކީ މި ހުރިހާ ކަމަކަށް ތާއީދު ކުރާ ބައެއް. ވީމަ އައްޑޫ މީހުން ތިބޭނީ ލާދީނީ މީހާ ފަހަތުގަ. މިހާރު ތިޔަ ތިބީ އިންޑިޔާ އަތް ދަށުވެ، އިނގިރޭސިން ހަދައިދިން އެއާޕޯރޓް ގަނޑުވެސް އިންޑިޔާ އަށް 50 އަހަރަށް ދީ، ރަށުގައި މުސްތަޤުބަލުގަ ދަރީންގެ ދަރިން ގެ އަޅަން އޮތް ބިންކޮޅު ވެސް އިންޑިޔާ މިލިޓަރީ ބޭސް އަކަށް ވިއްކާލައިގެން ހިނި އައިސްފަ. ޙުރި ގަމާރު ކަމާ އެވެ.

  11. ހުސެން

    ދިވެހި ކޮންމެ ރައްޔިތަކީ މުހުންމު މީހެއް.ރައްޔިތުން ގެ ޙާދިމުން މިފާޑޫގެ ވާހަކަ ދެއްކުމީ ބަލައިގަނެވޭނެ ކަމެއްނުން.މީތި ކަޑައޭ

    13
    2
  12. ނ

    ނަސީދު މުހިއްމީ އިސްލާމް ދީންދެކެ ލޯބިނުވާމީހުންނަށް

    30
  13. ާަެެައބދ

    ރޮޒޭނާ ބޭކާރު އަގުވެއްޓިފަ އައްނީ އަގުވެއްޓިފަ . ދެން ރަނގަޅުވާނީ ކާފަ މާމަ ކުދިންގެ ނެޕީޖަހަން ތެލިދޮންނަން ގޭތެރެ ކުނިކަހަން ކުދިން ބަލަން ގޭގަ މަޑުކޮއްލިއްޔާ!