ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދި ސިޔާސީ ޕާޓީގެ ލޯގޯއަކީ މަޖިލީހުގެ ލޯގޯގައި ހިމެނޭ ނިޝާންތައް ނަކަލުކޮށްގެން ހެދި ލޯގޯއެއް ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑެ) "ވަގުތު" އާއި ވާހަކަދައްކަވަމުން ވިދާޅުވީ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ނާޒިމް އުފެއްދި ޕާޓީ ލޯގޯގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ބޮންޑެ ވިދާޅުވީ އެމްއެންޕީގެ ލޯގޯއަކީ މަޖިލީހުގެ ލޯގޯއާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ލޯގޯގެ މަސްހުނިގަނޑެއް ކަމަށެވެ. އަދި އެއީ ކޮޕީ ރައިޓްސް ގެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ދައުވާ ކުރެވޭނެ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ބޮންޑެ ވަނީ މިއީ ރައްޔިތުންގެ ފިކުރީ މުދަލުގެ ބަގާވާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދައުލަތުގެ އެއްބާރުގެ ނިޝާން ނަކަލު ކުރުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާ ވިދާޅުވެފައެވެ.

އެމްއެންޕީ ލޯގޯ (ކ)، މަޖިލީސް ލޯގޯ (ވ)
"އަޅުގަނޑު މިކަން ރައްޔިތުން މަޖިލީހުގެ ސަމާލުކަމަށް ގެންނާނަން. މިއީ ސީރިއަސް މައްސަލައެއް. އަޅުގަނޑުމެން 2010 ވަނަ އަހަރު އުފެއްދި ކޮޕީ ރައިޓްސް ގާނޫނުގެ ދަށުން ނާޒިމް ޕާޓީއަށް ފިޔަވަޅު އެޅެން ޖެހޭނެ. މިއީ ރައްޔިތުންގެ ގަބޫލު ކުރާ ފިކުރުތަކުން ވައްކަން ކުރުން. ފިކުރީ ބަގާވާތެއް މިއީ" ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވި ޕީޕީއެމްގެ ރުކާއި، މަޖިލީހުގެ ހަނދުފަޅީގެ އިތުރުން ޖޭޕީގެ ތަރިތަކާއި އެކު މި ޕާޓީގެ ލޯގޯ ފަރުމާކޮށްފައިވާ ކަމަށެވެ. އަދި ލޯގޯގައި ބޭނުން ކޮށްފައި ވަނީ މަޖިލީހުގެ ލޯގޯގެ ކުލަތައް ކަމަށެވެ. މިއީ ލަދުވެތި އަމަލެއްގެ ގޮތުގައި ސިފަކުރައްވާ އޭނާ ވަނީ ނާޒިމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ޕާޓީގެ ރަސްމީ ޓްވީޓާ އެކައުންޓެއް ހުޅުވައި އެ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ ޕާޓީގެ ލޯގޯ މިއަދު ދައްކާލައިފައެވެ.

ގަދަ ނޫ ކުލަ މައިގަނޑު ގޮތެއްގައި އޮތް ލޯގޯގެ އެތެރޭގައި ވަނީ ހުދު ކުލައިގެ ހަނދުފަޅިއެއް ފަދަ ބުރެއްގެ ބައްޓަމަކަށް އިން އެއްޗެކެވެ. އޭގެ އެތެރޭގައި ތިން ތަރިއެއް އިނެވެ. އެއް ތަރި އިނީ ލޯގޯގެ މަތީގައެވެ. އެ ތަރިއަށް ވުރެ ކުޑަ ދެ ތަރިއެއް ތިރީގައި އިނެވެ. އަދި މެދުގައި ދިވެހި ރުކުގެ ހަ ފަންވަތެއް ފެނެއެވެ. ރުކުގެ ފަންވަށް ހުރީ ފެހި ކުލައިގައެވެ.

ނާޒިމް އިސްވެ އުފައްދާ މި ޕާޓީގެ މަސްއޫލުވެރިޔާއަކީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމްއެވެ. ޕާޓީ އުފައްދަވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ އުޝާމްގެ ނަމުގައެވެ. އުޝާމަކީ ނާޒިމްއާ އާއިލީ ގުޅުން ވެސް އޮތް ބޭފުޅެކެވެ.

މި މެމްބަރުންގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއާއި، ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) ވެސް ވަނީ މި ޕާޓީއަށް ސޮއިކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މީން

    ސީރިއަސްލީ... އެއްވެސް ވައްތަރެއްނޫން...

    39
    2
    • ޒައިމަ

      އެހެންވީމާ އެމްޑީޕީން ތިޔަ އުޅެނީ، ޖުޑިޝިއަރީގެ ލޯގޯ ކޮޕީކޮށްގެންތާ؟؟؟

      29
  2. ޖުހާ

    ކަލޯ އުޅޭންވީނުން ބިއްލޫރި ހެދުންލާގެން، ވަކި ކުލައެއް ބޭނުން ކުރުން، ތަރިއެއް ހަނދުފަޅިއެއް ރުކެއް ބޭނުން ކުރުން އެއީ ކޮޕީ ކުރީތަ؟ މޮޔަނުގޮވާ؟ ތިޔަ އުޅޭނީ ބިރުން އެބަ އިނގޭ ތިމަން ޕާޓީން ބަޔަކު އެބަދާކަން އެމްޕީންވެސް ހިމެނޭހެން. ހަހަހަހަ ވ ވާހަކަ މީ ދޮން ފުތާ... :ޕ

    34
    2
    • ރަދީފް

      🤣🤣🤣🤣🤣🤣🤣🤣

  3. ދުރުގެ

    ހަތަރަސްކަން އެއްޗަކާ ވައްއެއްޗެއްގެ ތަފާތު ނޭގުންތާ

    27
    1
  4. އަލީ

    އެއެއް ނޫން ވާގޮތަކީ. އިސްލާމީ ވަންތަކަން ރަމްޒުކޮށްދިނުމަށް އާއްމުކޮށް ބޭނުންކުރާ ނިޝާންތަކެއް ފެނުނީމާ ޖާހިލިއްޔަ ގަބީލާގެ ލީޑަރު މޭނުބައިވެ ބޮންޑޭގެ އަގަޔަށް އެޅި ކޯވަރެއް ބޭރުކޮށްލެވުނީ. މިހާރު ގަބީލާ ލީޑަރަށް އެބަހީވޭ އޭނައަށް ލިބިފައިވާ ވާރުތަ މުދާ ގަނޑެކޭވެސް މަޖްލީހަކީ. މަޖްލީހަކު ނުހުންނާނެ ލޯގޯއެއް ވެސް ލޯ އިލޮއްޓެވެސް އޭނަ ބައްދަންޖެހޭ

    30
    3
  5. ލޯގޯ

    ސާބަހޭ.. ކަލޭމެން ނޫން އެހެންބަޔަކު މި ރާއްޖޭގައި އުޅޭތީ މައްސަލަ ވައްދަންވީނު.

    26
    1
  6. ދޮންކަލޯ

    ލޮލުގެ ޑޮކްޓަރަކަށް އަވަސް ގޮތަކުން ދެއްކުމަށް އިލްތިމާސްކުރަން

    27
    3
  7. ބަބުޅާ

    ކަލޭތަ ލޯގޯހެދީ ކައެއާ ކޮންބެހޭކަމެއް ނުބެހޭ ކަންތަކާ ކާޅުކެޔަސް ސޮށް ނުގޮވަބަލަ .

  8. މިލްކުވެރިޔާ

    ބޮންޑެ ... ބުނެދީބަލަ ހަންދުފަޅި މަޖިލީހުގެ އެއްޗަކަށް، ތަ ރި ގާސިމުގެ އެއްޗަކަށް، ރުއް ޕީޕީއެމް އެއްޗަކަށް ވީގޮތެއް، ؟؟؟؟؟

    18
  9. ރީތި

    ލޯގޯ ހަމަ ވ ނަލަ. ޖޭވީ، މަޖިލީހުގެ ލޯގޯ ގަ ކީރިތި ޤުރްއާނުގެ މޫރިތި އާޔަތެއް ލިޔެފައި ވާއިރުވެސް މިވެރިން އެތާތެރޭ ވައްވައްޖަހާ ކުއްތާތަކެއްހެން އުޅޭއިރު ލަދެއްޙަޔާތެއް ނެތް. އެ އާޔަތަށް އިޙްތިރާމް ނުކޮށް މަޖިލިސް ލޯގޯއާއި ވައްތަރޭ ކިޔައިގެން ކޮން ހާސަރެއް ދަމާކަށްތަ.

    13
    1
    • Anonymous

      މަޖްލިސް ލޯގޯއޭ ކިޔާއި ރު މަހިތުން މިބައިގަނޑަށް ނޭގޭނެ ތޯއްޗެ އޭގައި ލިޔެފައިވާ އާޔަތުގެ މާނަ ވެސް . ޢެނގޭކަށްވެސް ބޭނު

  10. ބުއްޅަބޭ

    ހަނދު، ތަރި ހިމެނޭ ހުރިހާ ލޯގޯއަކީވެސް ކޮޕީތަ؟

    11
  11. މިތުރު

    އޭގަ ތިލަފަތެއް ނެތެއްނުން. މަޖްލިހުގެ ލޯގޯއާ ވައްތަރުގޮތެއް ނެތް. ކުލަތައް ދުނިޔޭގެ އެންމެން ބޭނުންކުރެވޭނެ. އެމްޑީޕީން ބޭނުންކުރަނީ ފާދިރީން ލާހެދުމުގެ ކުލަ. އެކުލަ ފުހެލަންވީނުން އެމްޑީޕީ ލޯގޯއިން

  12. މުޙައްމަދު

    ތިޔަ ދެ ލޯގޯގެ ދެމެދުގައި ހުރީ އެމްޑީޕީއާއި ސުޕުރީމްކޯޓުގެ ލޯގޯގައި ހުރި އެއްގޮތްކަމެއް. އެމައްސަލަ ކޯޓަށް ވައްދާނެބާ

  13. ޢބދ

    މިހާ އަޅާކިޔުމުގެ ބާރުދެރަވީމައޭ އެމްޑީޕީގެ އުނިކަން މިނުފެންނަނީ.

  14. Anonymous

    ރައްޖޭގަ ނޯވޭ ކޮޕީ ރައިޓްސްއެއް. މީ ޕައިރެޓް ނޭޝަން ބޯއިޒް

  15. ހަހަ

    ތިއުޅެނީ އަދިވެސް ވެރިކަން ވެއްޓުން ހަޖަމް ނުވެގެން، ހަމަ ތިހެން ކިޔަކިޔާ ތިބެން ޖެހޭނީ. ލޮލް

  16. ބޅ

    މަޖިލީހަށް ހޮވީ ތިކަހަލަ ބޮޑެތި ސީރިއަސް މައްސަލަ ބަލަން……… ހޫން!