ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ބަޔާން އަހާލުމުގެ ހިތްވަރެއްވެސް ބައިބައިވެފައިވާ އިދިކޮޅު ފަރާތްތަކުގައިނެތްކަމަށް ގެމަނަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު އުސްމާން ޖަމީލް ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ދާދި ދެންމެޔަކު ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓްގައި އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާއެކު ބިނާކުރަނިވި ފާޑުކިޔުމެއް މިރިޔާސީ ބަޔާނަށް ކިޔޭވެތޯ ރައްޔަތުން ބަލަން ތިބިކަމުުގައި ޖަމީލް ފާހަގަކުރައްވާފައިވެއެވެ.

މިއަހަރުގެ ރިއާސީ ބަޔާނުގައި ރައީސުލްޖުމްހުރިއްޔާ މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތުގެ މައްޗަށާއި ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށެވެ. އަދި މި އަހަރުގެ ތެރޭގައި ސަރުކާރުން ހިންގާނެ ތަރައްގީގެ މައި މަޝްރޫއުތަކުގެ މައްޗަށްވެސް އަލި އަޅުއްވައިލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔަޅު

    ރިޔާސީ ބަޔާނެއް އިއްވިތަ؟