ހައެއް މެއި ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވި ނިރުބަވެރި ހަމަލާ އާ ގުޅިގެން ފުލުހުންގެ ބަޔާނަަށް ދެވެން އޮތީ އެމަނިކުފާނުގެ "ޖާނާއި، ހިތަށާއި، މެޔަށް" ލިބުނު ޒަހަމްތައް އެކަނި ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓްކުރައްވާފައި ވަނީ ފުލުހުންގެ އެންމެ އިސްވެރިއަކަށް ހުންނެވި ސީޕީ މުހައްމަދު ހަމީދު ޓެގްކުރައްވައެވެ.

އެމަނިކުފާނުގެ ބަހަކަށްވެސް އަދި ބަޔާނަކަށްވެސް ފުލުހުންނަށް ދެވޭނީ ލިބިފައިވާ ޒަހަމްތައް ކަމަށް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް "ހިތާއި މޭ ހިބައިން ލިޔެދިނުމުންވެސް" އިންސާފް ނުލިބުން ކަމަށް ބުނެ މަޖާޒީ ރާގަކަށް އެމަނިކުފާނު ވަނީ ހަރުބަހަކުން ސީޕީ ހަމީދަށާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެފައެވެ.

"އަޅުގަނޑުގެ ބަހަކީވެސް ބަޔާނަކީވެސް ދައްކަން އޮތީވެސް އަޅުގަނޑުގެ ޖާނާއި ހިތާއި މޭ. ޝާއިރު ވިދާޅުވި ފަދައިން، ހިިތާ މޭ ހިބައިން ލިޔެ ދިނީމަވެސް ނުވި ނޫންތޯ؟" ސީޕީ ހަމީދު ޓެގްކުރައްވާ ކުރެއްވާ ނަޝީދު ކުރެއްވި ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު މިއަދު ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށްވެސް ގޮވާލާފައެވެ.

ނަޝީދަށް ހަމަލާދިން މިހުންނާ އެކަމުގައި ބައިވެރިވި މީހުންނާ ގުޅޭ އިތުރު މައުލޫމާތުތަކެއް ފުލުހުން ވަނީ ރޭ ހާމަކޮށްފައެވެ. ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވައިފައެވެ.

ހަމާލާގައި ފުރާނަ ސަލާމަތްވި ނަޝީދު ދާދި ފަހުން އިންޑިއާގެ "ވިއޯން" ޗެނަލްގައި ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ހަމަލާދިން މީހުންނަނީ އައިއެސްއާ ގުޅުން އޮންނަ ބައެއް ކަމަށެވެ.

ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ހަމަލާގެ ބައިވެރިންނަކީ އައިއެސްގެ ހިލާފަތަށް ތާއިދުކުރާ މީހުން ކަމުގައިވިޔަސް މެއި ހައެއްގެ ހަމަލާދޭން ބޭރުގެ އެއްވެސް ބަޔަކު އެ މީހުންނަށް އިރުޝާދު ދީފައިވާކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލުމުގެ ތައްޔާރީތައް ވަމުން އައީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

އެމަނިކުފާނަށް އަވަހާރަކޮށްލަން ރޭވި ސަބަބުތަކުގެ ތެރޭގައި ސިޔާސީ އެކި ފޯރަމްތަކުގައި ދައްކަވާފައިވާ ވާހަކަތަކާއި ދީނާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތައްވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސާ

    ނަސީދު ވީދާ އޯކޯ ފުލުހުންނާ ސިފާންނާ ދޭތެރެ ކޮންމެ ގޮތަހެދިޔަސް މިހާރު އެކަލޭގެ އެދިމާ ކުރަނީ ދިފާއީބާރު ތަކުގެ އަގުވައްޓާލަން ހަމައޯކޭ އާމްރައިޔަތުމީހާ ވީމަ ގާނޫނީ ކުސަކަވީ އާންމު ރައިޔަތު މީހާ އައް ގާނޫނު އަރާހަމަކުރަނީ ނަސީދުވީމަ ކޮންމެގޮތައްވެސް އޯކޭ

    11
    1
  2. ޙައްޤު ތެދު

    ޝާޢި ރަކު ވިދާޅުވިޔަސް ހިތާއި މެޔަކީ އެކަކު އަނެކަކަށް ހިބަކޮއްދެވޭނެ އެއްޗެއް ނޫން. ތިމާގެ ހިތަކީ ވެސް އަދި ތިމާގެ މެޔަކީ ވެސް އަދި ހަށިގަނޑަކީ ވެސް އެ ހަށިގަނޑުގެ ވެ ރި ރައްބުގެ ޙައްޤެއް. އެ ރައްބު ގެ އަމު ރަށް ކިޔަމަންވެ އެ ރައްބު ނަހީ ކު ރެއްވި އެންމެހާ ކަންތައްތަކުން ދު ރުހެލިވާން ޖެހެނީ އެހެންވެގެން.
    އެހެންނޫންކަމަށް ވަންޏާ ލައިލާޔާ މަޖުނޫނު ހެދިހެން އަދި ތިޔަބުނާ ޝާއި ރު ބުނާހެން ޖެހޭނީ މަޚްލޫޤަކު މަޚްލޫޤަކަށް ވީ ލޯބީގާ އެކެއް ޙު ރުމަތްތެ ރި ކު ރައްވާފާވާ ފު ރާނަ "ވީ ލޯބީގާ" ދުއްވާލަން....އެހެންޏާ އަމިއްލަޔަށް މަ ރުވާން.....

    13
    1
  3. ލޫޓުވާ

    ތިހެން ނަހައްދަވާ އެއިރުން ބޮޑުވަޒީރުކަން ނުކުރެވޭނެނޫންތޯ.އަދި މިގައުމު ލާދީނީވެސް ނުވާނެ

    14
  4. ޒ

    ހޭބަލިވަނީ މީ ކޯލިޝަން ސަރުކާރެއް. އަންނި އަކަށް އެމްޑީޕީ އަކަންޏެއް މި ޤައުމުގަ އުޅެން ޖެހޭނީ.

  5. އިންޑިއާ އައުޓް

    ނުލިބޭ އަނިޔާ އަކަށް ފަރުވާ ހޯއްދަވަމުން ނުކުރާހާ އޮޕްރޭށަން ކުރިކަމައް ދައްކަމުން މާޒީގެ ދުވަސްތައް ހޭދަކުރަން ހާދަހާ ދަތިވާނެޔޭ

  6. ފަޗަސް

    ބަޔާންނުދީ ވީގޮތެއް ނުބުނެ ސަރުކާރުން މައްސަލަ ނުބަލައޭ ކިޔާ ނުވީދިބަލަ ތިއެއްދެން މީހެއް ނޫނޭ

  7. ގިރުނބާދޫނި

    މި ނޫނީ މަ ނުދެކެން ހޭ ބުއްދި ފުރިޖަށްލާފަ ވާހަކަ ދައްކާ މީހެއް.. ބަލަ އާއްމު މީހާ ފުލުހުންނަށް ބަޔާން ދޭންވީމާ ތިބުނާ އޮށާ މެޔާ ހިތާ ނުދެވެޔޭ..