އަޟްހާ އީދާއި ގުޅުވައިގެން ބ. އަތޮޅު ކަމަދޫގައި ސްޓޭޖް ޝޯތައް ކުރިޔަށް ގެންދިޔައިރު، މޫނުބުރުގާ އެޅި މީހުންނަށް ޖޯކު ޖަހައި ނެށި ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުުވެއްޖެއެވެ.

މިކަމާއި ގުޅިގެން މީސް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ކަމަދޫގެ އީދު ޝޯގައި އެ ހުށަހެޅި ނެށުމަކީ ދީނަށް ފުރައްސާރަކުރުން ކަމަށް ބުނެ ލޭބަލް ކުރަމުންނެވެ.

"މީ ޖޯކެއްތަ؟ މީ ސީދާ މޫނުބުރުގާ އަށް ކުރި ފުރައްސާރައެއް. ﷲއަށް ޓަކައި މޫނު ބުރުގާ އަޅައިގެން އުޅުނީމަ ގޯސް. ﷲ ހަރާމް ކުރެއްވި މިއުޒިކް އާއި ނަށަން އަރަން މޫނު ބުރުގާ އެޅޭ؟ ނަށަން އަރަން ބޭނުންވާނަމަ ތިމީހުން އާންމުކޮށް ލައިގެން އުޅޭ ހެދުން ލައިގެން ނަށާ! އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އަޅަން ޖެހެނީ ﷲ ހަރާމް ކުރެއްވި ކަމެއް ކުރަންވީމައެއް ނޫން" އީދު ފާހަގަކުރުމުގެ ގޮތުން މޫނު ބުރުގާއަށް ޖޯކު ޖެހި ކަމަށް ބުނެ މީހަކު މީސް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ޕޯސްޓް މީސް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފައެވެ. 250 އަށްވުރެ ގިނަ ޝެއާ ލިބިފައިވާ އެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ، މިއީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. އަދި މިފަދަ ކަންކަން ބަަލައި ނުގަނެވޭ ކަމަށް ބުނެފައި ވެއެވެ.

އެ ޕޯސްޓް ޝެއާ ކުރި ފަރާތްތަކުންވެސް ވަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުންވެ ވާހަކަ ދައްކާފައެވެ.

މިކަމާއި ގުޅިގެން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރް 'ވަގުތު'އަށް މައުލޫމާތު ދެމުން ވިދާޅުވީ މިކަމާއި ގުޅޭ މާ ބޮޑު މައުލޫމާތެއް އެނގިފައިނުވާ ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ ކުޅިވަރު ކުޅެން އެކި މީހުން އެކި ކަހަލަ ގޮތަށް ހެދުން އަޅައިގެން ނަށާފާނެ ކަމަށެވެ.

"ދީނަށް މަލާމާތް ކުރުމުގެ ގޮތުން އެއްވެސް މީހަކު އެއްވެސް ކަމެއް ކޮށްފާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ކުޅިވަރުތަކުގައި ހަރަކާތްތެރިވި މީހުން ބުނީ އެއްވެސް މީހަކު މޫނު ބުރުގާ ނާޅާ ކަމަށް. ނަށަން އެރި އިރުގައި ތިބީ މާސްކު އަޅައިގެން ކަމަށް ބުނީ" ޒަރީރް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބަކުރުބެ

    ކަމަދޫ މީހުން ތިޔަފަދަކަމެއް ނުކުރާނެކަމަށް ގަބޫލު ކުރެވޭ ކަށް ނެތެވެ އެއީ ކަމަދޫ އަކީ ބެންކޮކުގެ ގޮތުގައި މުޅިރާއްޖެއަށް މަޝްހޫރުވެފައިވާ ރަށަކަށްވާތީއެވެ

    19
    6
    • ވައި

      އަސްލުވެސްތަ؟؟އަދި ކިރިޔާ މި އަޑު އެހީ..

    • އަހަރެން.

      ބެންކޮކް އޭ... ހިނި އައިއްސި... ބޭންކޮކް އޭ ބުނަން އެތާ އޮތީ ކޯންޗެއްބާ... 5000 ހަމަނުވާ އާބާދީއެއް،ހަ ފިހާ ރަ ވެސް ނޭންގެއެ ރަށުގަ ހުންނަ ކަމެއް.. ކަލޭމެނަ ކިޔަންވެއްޖެއްޔާ ކިޔާފާނެ ކޮންމެ އެއްޗެއްވެސް..

      8
      1
  2. އަމީތާބް

    މާސްކް އެޅިޔަސްވޭތަ މޫނު ބުރުގާއަށް.. ތަނެއް އޮތިއްޔާ އަނގަހާވާތި..

    16
    16
  3. ހަސަދު

    މޫނު ބުރުގާ އަޅައިގެން ސްޓޭޖެއްގެ މަތީގައި ނެށުން އެއީ ކޮންކަހަލަ ކަމެއްބާ!!!.

    8
    3
  4. އާދަންބެ

    ހޫނ ދެން ބުނޭ އިސްޓޭޖު މައްޗަށް މޫނުބުރުގާ އަޅައިގެން ނަށަން އެރީ ދީނަށް ފުރައްސާރަ ކުރާކަށް ނޫނޭ. އެއީ ނަށަން އަރަންވެގެން އެޅި ހެދުމޭ. ބޯހަލާކު. މިއުޅޭ ލާދީނީ ބައިގަނޑަށް ތިކަން ވަރަށް ކަމުދާނެ.

    21
    5
  5. އަހަރެން

    ތިޔަ ކަމަދޫ މީހުންގެ ވާހަކަ ރަނގަޅު ވާނީ ނުދެ ކުން...... ތިޔާހަމަ ނާޗަރަންގީގެ ރާއްޖެ އިން އެއް ވަނަ ދެވޭ ރަށަކީ..... ތިޔައީ ބޭންކޮކު....

    • އަހަރެންގެ އަމާ

      އަހަރެންއައް ބުނެލަން އޮތީ އައްނަ އީދުގަ ކަމަދޫ ޢަށް އައުމަށް ދައުވަތު ދީފިން.

  6. ޞެސ

    މޫނު ބު ރުގާ އަޅާގެން އެމީހުން ނެށިތަނުގެ ވީޑިއޯ އެއީ އެޑިޓް އެއްތަ ތިހެންވީއި ރު... މޫނު ބު ރުގާ އެއްނޫނެ މާސްކް އޭ އެޅީ ތިބުނަނީ..

    5
    2
  7. ބުރުގާ

    މޫނު ބުރުގާއަޅައިގެން ސްޓޭޖް މަތީ ލަވަޖަހާ ޑާންސުކުރީމަދޯ މައްސަލައަކައް މިވީ. ބިކިނީ ލައިގެން ސްޓޭޖުމަތީ ޑާންސުކޮއް ފުރޮޅުނަސް ވަރިހަމައުތަ؟ މޫނު ބުރުގާއެޅީމަ އެވެވުނީ އަލިފަކައް ދޯ... ނޫނޭވާ ކަލޭމެނައް އެބަހުރި ދީން ދަސްވެފަ...

    • ...

      މާސްކް އަޅައިގެން ނެށުމަކީ ގޯސް ކަމެނުން
      އެއިރެއްގައި އެ ހާލަތު އޮތް ގޮތަކަށް ބިނާކޮށް އީދުގެ ކުޅިވަރުތައް ކުރިޔަށް ގެންދިޔުމަކީ މަސަލަ އެތައް؟؟