ހދ. ކުޅުދުއްފުށި ސިޓީގެ ބައެއްގެ ގޮތުގައި ކުނބުރުދޫ ހަމަޖައްސައިދޭން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަރިހުން އެދިއްޖެއެވެ.

ރައީސް ސޯލިހް އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، ކުނބުރުދޫ އެ ސިޓީގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭން ސިޓީ ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ކުނބުރުދޫއަކީ ކުރިން މީހުން ދިރިއުޅެމުންދިޔަ ރަށެކެވެ. އެރަށު މީހުން މިހާރު ދިރިއުޅެމުން ދަނީ ނޮޅިވަރަން ފަރުގައެވެ. އެރަށަކީ ކުނި ޖަމާކުރާ ރަށަކަށް ހެދުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އެ ސިޓީގެ ކައުންސިލްގެ މެންބަރަކު ވަނީ، އެރަށް ކުޅުދުއްްފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން އެދުނުކަން "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ މެންބަރު ވިދާޅުވީ، ކައުންސިލުން ބޭނުންވަނީ ލޮނު މަސް ވިއްކާ މީހުންނާއި ދޯނި ފަހަރު އެހެލުމުގެ ކަންކަން އެރަށުގައި ކުރުމަށް ކަމަށެވެ.

ރައީސްގެ އަރިހުން މިގޮތަށް އެދިވަޑައިގެންނެވި ނަމަވެސް، އެކަމަށް ރައީސް އަދި ވިދާޅުވީ، ރަނގަޅު ގޮތެއް ހަމަޖައްސަވާ ދެއްވާނެ ކަމަށް، ކަމަށް މެންބަރު ވިދާޅުވިއެވެ.