މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަނާ ޤައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސް ޤައުމާ މުހާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ޖަހާއިރު ކަމަށެވެ.

މާދަމާ ހެނދުނު ރައީސް ޤައުމާ މުހާތަބު ކުރައްވާއިރު، މާދަމާ ހެނދުނު 5:50 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިނިވަން ދުވަސް ފާހަގަކުރަނީ ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސްވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ހާއްސަ ރަސްމިއްޔާތާއި ކުޅިވަރު ހަރަކާތްތައް ބޭއްވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މި އަހަރު އެފަދަ އެއްވެސް ކަމެއް ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަޅުބެ

    އަނެއްކާ ނުރޯތި އެހެން ނޫނަސްމިގައުމަކީ މިނިވަންގައުމެއްނޫން ކޮންމެހެން ކައެ ދަށްކާ ވާހަކަ އަޑުއަހާނީވެސް ގައުމުވިއްކާލަން އެއްބަސްވި މީހުން.

    22
  2. ލޫޓުވާ

    މިނިވަންދުވަހުގަ ރޮއެފަ ގައުމުގަ ކާފިއު ނުހިންގައްޗޭ. އަންނި ބުންޏަސް ރަނގަޅު ކަމެއްކުރާތި. މިއޯގާތެރި ކަމަށްބުނާ ސަރުކާރު އައިފަހުން ރައިޔިތުންނަށް އުފާވެރިކަމެއް އިޙުސާޞްނުކުރެވޭ.އަބަދުވެސް ކޮންމެވެސް މައްސަލަ ގަނޑެއްގެތެރޭގައި އުޅެންމިޖެހެނީ

    23
  3. އުއްތަމަ އުސްތާޛް

    ޝައުޤުވެރިކަމެއް ނެތް

  4. ޢަހުލިހަ

    ގަޅިވާހަކަ ދައްކަން ނޭރިއްޔާ ރަގަޅީ!