އައްޑޫ ޕަބްލިކް ވޯކްސްގެ މުވައްޒަފުން ހެދި ތާރު މެޝިނަކުން އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ޕަބްލިކް ވޯކްސް މުވައްޒަފުންގެ ހިތްވަރުން އަމިއްލަ އަށް އުފެއްދި ތާރު މެޝިނެއްގެ އެހީގައި އައްޑޫގެ މަގުތައް މަރާމާތު ކުރަން ފެށިފައިވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ، ކައުންސިލުގެ އަމާޒަކީ އައްޑޫ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވަސީލަތްތައް ގާއިމުކޮށް އަމިއްލަ ބާރުވެރިކަމާއެކު މަސައްކަތް ފަށައިގަތުން ކަމަށެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިން އައްޑޫގެ 18 މަގެއްގައި ތާރު އަޅައި އަލުން މަރާމާތު ކުރުމަށް ހަވާލު ކޮށްފައިވާ އިންޑިއާގެ ކުންފުނި ކަމަށްވާ ޖީކޭ ޑިވެލަޕްމެންޓްސް ޕްރައިވެޓް ލިމިޓެޑްގެ މަސައްކަތްތައް ލަސްވެފައިވާ ނިޒާރު ވަނީ އެކަމާއި ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެގޮތުން ނިޒާރު ވިދާޅުވީ، އައްޑޫގެ މަގުތައް ހެދުމަށް ހަވާލު ކޮށްފައިވާ ޖީކޭ ކުންފުންޏަކީ އެއީ އެކަން ކުރުމަށް އެކަށީގެންވާ ބައެއް ނޫން ކަމަށާއި އެމީހުން ފަހަތުން ދުވަންޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"އެމީހުންގެ ފަހަތުން ދުވެގެން މަސައްކަތް ކުރަން ޖެހިފައި މިހާރު މިއޮތީ. ޕްލޭނުގައިވާ ގޮތަށް މަގުތައް ހެދިގެން ދިޔަނަމަ، ހިތަދޫގައި ވެސް މިހާރު ހަތަރު، ފަސް މަގެއްގައި މަސައްކަތް ނިމި އަދި މަރަދޫ އާއި ފޭދޫގެ ރަށްދެބައިމަގު ރީސަރފިން ނިމިފައިވާނީ" ނިޒާރު ވިދާޅުވިއެވެ.

އައްޑޫގެ މަގުތަކަކީ އެއްވެސް ސަރުކާރަކުން ވެރިކަމަށް އައިސް ރަނގަޅު ކުރެވިފައިވާ މަގުތަކެއް ނޫނެވެ. މަގުތައް ހަދާ ކޮންމެ ފަހަރަކު ގޮތަކަށް އެކި ހިސާބުތަކުގައި ވަޅުގަނޑުތައް ހެދި ދުއްވާ ފަރާތްތަކަށް އެކަމުގެ އުނދަގޫތައް ވަނީ ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްތިރި އަލިބެއްޔާ / ހުވަދު އަތޮޅު

    އައްޑޫ ހިތަދޫ ބޮޑުމަގުގައި 2011 ވަނަ އަހަރު ތާރު އެޅި އިރު އެތަން ފެނުމުގެ ނަސީބު އަހަންނަށް ލިބުނު.. ތެދަށް މިބުނީ ހަމަ ނަމެއްގަ އެޅި އެއްޗެއް އެއީ.. ބޯމިނުގައި ޔަގީނުންވެސް 2 އިންޗި ނުހުންނާނެ.. އެދުވަހު އައްޑޫ ރައްޔިތުންނަށް ވަރިހަމަ ވީމާ މިއަދު ކޮންވާހަކައެއް.. ސާކްސަމިޓަށް 900 މިލިއަން ރުފިޔާ އައްޑުއަށް ޚަރަދު ކުރި އިރު އޭރުގެ ސަރުކާރުން ކަންތައް ކުރި ގޮތް… އެބައެއްގެ ޙާލަތު ބަދަލު ކުރާނީ އެބަޔަކު އަމިއްލައަށް..

    16
    2
  2. ދީދީ

    ތާރުމެޝިން ވެސް އަމިއްލަޔަށް ... ޝުކުރު އިނޑިޔާ އަށް ދޯ؟

  3. ސަތޯބެ

    ޜީދޫ ފޮށާ ލައިގެން މޯދީގެ ފަހަތުން ދުވި ދުވުން ކިހިނެއްމިވީ!

  4. ބޯހަލާކު

    އިންޑިއާ މީހުނަށް ނައިފަރުގައި މަގު ހެދުނީ ކިތައް އަހަރަުން ކަން އެނގޭ ނަމަ، އައްޑޫ އަށް ޖެހޭނެ ހާލަތު ވަޒަން ކުރެވުނީސް.