ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖްގައި މެޑިސިން ކިޔެވުމުގެ ފުރުސަތު ދިވެހި 5 ދަރިވަރަކަށް ދީފިއެވެ.

މިއަދު ޝޯޝިއަލް ސެންޓަރުގެ ސެމިނާރޫމުގައި ބޭއްވި ރަސްމިޔާތެއްގައި ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖްގެ ސްކޮލަޝިފް ތަކަށް ހޮވުނު ދަރިވަރުންނަށް ވަނީ ސްކޮލަޝިފް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައެވެ.

ޓިއުޝަންފީގެ ވަކި ޕަސެންޓެއް ދަރިވަރުން އަމިއްލަ އަށް ދައްކާގޮތަށް ބްލެކް ފައުންޑޭޝަންއާއި ގުޅިގެން ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖުން ޕްރީމެޑިިސިން އިން ފެށީގެން ޑޮކްޓަރ އޮފް މެޑިސިން އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ފަސް ދަރިވަރަކަށް ދިން އިރު މިހާރުވެސް ރާއްޖޭގެ 23 ދަރިވަރުން އެ ކޮލެޖުގައި އެމް.ބީ.ބީ،ސީ ހަދަމުންދެއެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވުން ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖް ގެ ރައީސް ޑރ.ޖޯސްއީ ކެމްޕޯސް ވިދާޅުވީ މިކޮލެޖުން ޑިގްރީ ހާސިލް ކުރާ ދަރިވަރުން އެ ކުދިންގެ އާއިލާތަށް ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ހޯދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޑިރެކްޓަރ އޮފް ހަޔާ އެއުކޭޝަން ޑރ އަބްދުﷲ ރަހީމް ވިދާޅުވީ ބެލެނެވެރިން ދަރިވަރުންގެ މަތީ ތައުލީމަށް ކުރައްވާ މަސައްކަތް އަބަދުވެސް ބަލައިގަންނަ ކަމަށެވެ.

" ރާއްޖެއިން ބޭރުން ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު މިހާބޮޑަށް ހުޅިވިގެން މިއައީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން "ޑރ އަބްދުﷲ ރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިކޮލެޖުން ވަނީ ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުން ޑިޕާޓުމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ޕްރީމެޑިިސިން އިން ފެށީގެން ޑޮކްޓަރ އޮފް މެޑިސިން އާއި ހަމައަށް ކިޔެވުމަށް އެއް ދަރިވަރަކަށް 100 އިންސައްތަ ޓިއުޝަންފީ ހިލޭ ހިމެނޭ ސްކޮލަޝިފެއް ކޮންމެ އަހަރަކު ދޭން ނިންމާއެވެ.

އަދި ޑިޕާޓުމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިކޮށް ދާ 10 ދަރިވަރަކަށް 10 އިންސައްތަ ޓިއުޝަންފީ ޑިސްކައުންޓެއް ހަމަޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު