ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ގޮވާލާ ނިރުބަވެރިން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގަރާރެއް ހުށަހަޅުއްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ 9:00ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވިއިރު، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން މިއަދު މެންދުރު ފަހު އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކުގެން ފަސޭހަފުޅު ވި ފަހުން އެމަނިކުފާނު ގެންދަވަނީ ހަރުކަށި ފިކުރާއި ނިރުބަވެރިކަމާ ދެކޮޅަށް ސަރުކާރަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވަމުންނެވެ.

ނަޝީދު ހުށަހަޅުއްވާ އެ ގަރާރުގައި ވަނީ ރޭ ފުލުހުންނާއި، ޕީޖީ ދެއްވި މައުލޫމާތުގެ އަލީގައި، ސަރުކާރު އަމަލު ކުރަންވީގޮތް ކަމަށް އެމްޑީޕީން ދެކޭ ގޮތް ހާމަކުރާ ކަމަށެވެ.

އެއީ ކުއްލި ނުރައްކާ އިއުލާނުކޮށް، ނިރުބަވެރިން ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެމްޑީޕީ އިގްރާރު ވުމަށް އެ ގަރާރުގައި ވެއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް މިއަދު ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ލީޑް ކުރައްވަން ނުކުންނަވަން އަދި އެއް ފަހަރު އެމަނިކުފާނު ގޮވާލައްވާ ކަމަށެވެ.

މި ގޮތުން ހޯމް މިނިސްޓްރީ ވެސް ރައީސްގެ ބެލުމުގެ ދަށަށް ގެންނަވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ވެސް ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހަރުކަށި ފިކުރުގެ މީހުން ވަރަށް ގިނަ ވެއްޖެ، އެފަދަ މީހުންނަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ވެސް ގިނަ ވެއްޖެ، މިފަދަ ގިނަ މީހުން ހައްޔަރު ކުރަން ބޭނުންތެރި،" ނަޝީދު ލިޔުއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސޭނުބޭ

    ބުއްޅަބެޔަކީ އަބަދުވެސް ހަމަނުޖެހުމަށް ބާރުއަޅާ މީހެއް! މީނަގެ ވެރިކަމުގެ 3 އަހަރުވެސް ދިޔައީ އެބީދައިން! މިހާރުވެސް ގައިމު އިދިކޮޅަކުން ކަމެއް ކުރަނީކީނޫން! އެކަމާ ފޫހިވެގެން ހަމަނުޖެހުން ހިންގާނެގޮތެއް ނޭގިގެން ލޮލަށް ނިދިނައިސްގެން އެ އުޅެނީ!

    79
  2. Anonymous

    މަށަށް ހީވަނީ މިމީހާ ރަނގަޅަށްވެސް މޮޔަވެއްޖެހެން

    72
  3. އަހުމަދު

    ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނަޝީދުއާއި ކިރިޔާ ވެސް ދެކޮޅުވާ މީހުން ހައްޔަރުކުރުން ބޭނުމަކީ. މީ ހަމަ ޑިކްޓޭޓަރެއް.

    64
    1
  4. ޢަހުމަދު1

    ބުނަންތަ ވާހަކައެއް. ޢަ ރެމެން އާދައިގެ ރައްޔިތުން އީދަށް ފަހު އެނބު ރި ރަށަށް މިއަންނަނީ ހަމަޖެހިލައިގެން. ރާއްޖޭގެ މަސް ރަހު ގޯސްކު ރަން މިވަގުތު ނޫޅޭ ސިޔާސީ މީހާ. ތިކަހަލަ ސްޓަންޓް ޖައްސާ އިންތިޙާބު ތެ ރޭ. މިވަގުތު ކަމެއް ކު ރަން ބޭނުންނަމަ ގައުމު ރަނގަޅަށް ހިންގާފައި ހަގީގަތުގައި ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެކަން ފޯ ރުކޮށްދީ. ޢަނެއްކާވެސް މުއްސަންދިންއަކަށް ނޫން ގޯތިދީ ހުސްކު ރާނީ.

  5. ރުއް

    ވިހޭއިރު މަހަށް ބެއްޓުން ތަންތަމީ؟؟ ހޭބަލިނުވޭ ބޭނުންއެއްޗެއް ނުހެދޭނެ

  6. ޓަކިބެ

    އޭ އޭ ކިހިނެތް ވެގެން ހޭބަލިވެގެން ތިތެޅި ބާލަނީ؟ އެއްކަމެއްވެސް ނުކުރެވޭނެ. ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް އެމްޑީޕީއަކަށް ކުއްލިނުރައްކަލުގެ ހާލަތު އިއުލާނެއް ނުކުރެވޭނެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮލާށް ގާނޫނާ ޚިލާފަށް ކުރާ ކޮންމެ އަމަލަކީ ބަޣާވާތެއް. އެމްޑީޕީއަށް ބަޣާވާތެއް ގެންނާކަށް ފުރުސަތެއް ނުދެވޭނެ.

  7. ސލ

    ރާއްޖޭގައި ކުއްލިހާލަތު އިއުލާން ކުރ ރަން ތާއީދު ނުކު ރަމެވެ.
    ކުއްލިހާލަތު އިއުލާން ކުރ ރަންޖެހޭ ހާލަތެއް ރާއްޖޭގައި ނެތެވެ މުޅި ރާއްޖޭގެ ކޮންޓް ރޯލާއި އާ ރާއި ބާ ރު އެންމެ
    މީހަކަށް އޮވެގެން ނުވާނެއެވެ.

  8. ނައީމް

    މީނާއަކީ ހަމަ އެންމެ މިޒަމާނުގެ ސާފުސީދާ ޑިކްޓޭޓަރެއް!

  9. ރައްދު ބަސް

    "އިސްލާމީ ޞައްޚަ އަޤީދާއަކީ ކޮބައިކަން ރޯފިލައި، ތައުޙީދު(ﷲ ގެ އެއްކައުވަންތަކަން) މަޢު ރިފާކޮށް ދެނެގަނެގެން މެނުވީ ލާދީނީ ސިޔާސީ ކަނު ތަބާވުންތަކުން މީހާ ސަލަމަތެއް ނުވާނެ"
    ޝައިޚް މުޙައްމަދު ޝާފިޢު

  10. އެޑިޓް

    މީ މުޑު ފުރެޑިގެން ހިނގާ މީހެއް..!

  11. އަހުމަދު

    ހަ ރުކަށި މީހުން ހައްޔަ ރު ކުރަންޏަ އެއްމެ ފުރަތަމަ އިން ވެސް އަންނި ހައްޔަރު ކު ރަންވީ... މިގައުމު ހަލާކު ކޮއްފި ތި ވެ ރިކަން ނުލިބެގެން ތެޅިބާލާ ބޮޑުވަޒީ ރަކާ ހެދި

  12. އައުޒަމް

    ބުއްޅަބޭ ހައްޔަރުކޮށްފައި ކުއްލިހާލަތު އިއުލާން ކު ރަންވީ. ތިޔަ ގޮތައް ތެޅިބާލަންޏާ ހައްތާ އޮ ރިޔާން ވާނީ

  13. މައިކް

    ރައިތުން ނިކުމެ ނަޝީދު މިގައުމުން ޞެރުކުރަން ވީ މީގައުމައް އޮތް ދުއްޕާނެއް

  14. ނުފޯރާ ފޮތި

    ނުފޯރާފޮތިން ފޫގެޅީމާ ފެންނާނީ.......