މިއަދު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ހިޔާ ފްލެޓްގެ ޝީޓުން ފެން ލީކްވާ މަންޒަރު ނޫންކަމަށް ބޯހިޔާވަހިކަމުގެ މައްސަލައިގައި އަޑުއުފުލަމުން އަންނަ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އާއްމުންގެ އެކުވެރި ގުޅުމުން ބުނެފިއެވެ.

އާއްމުންގެ ގުޅުމުން މިހެން ބުނީ ވީޑިއޯއިން ފެންނަނީ ވާރޭ ވެހުނު ވަގުތު ހިޔާ ފްލެޓްތަކުގެ ޝީޓުން ފެން ލީކުވާ މަންޒަރު ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިއުމުގެ ސަބަބުން ބައެއް ފްލެޓު ވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި ވާތީ އެކަމާއި ގުޅޭ މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ނެރުނު ބަޔާނެއްގައެވެ.

އާއްމުންގެ ޖަމިއްޔާ އިން ބުނީ ‏ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުން ދާ ގޮތާއި ހިލާފަށް މި ވީޑިއޯގައި ފެންނަނީ ޝީޓުން ފެން ލީކުވާ ތަނެއް ނޫން ކަމަށެވެ. ވީޑިއޯ އިން ފެންނަނީ ހީޓަރު ގުޅަން ލާފައި ހުންނަ ޕޮރިވިޝަންގެ ނިމޭ ކޮޅުގައި ހުންނަ ކެޕް (އެންޑު ކެޕް) ބާރު ނުކޮށް (ލޫސްކޮށް) ޖެހިފައި ހުރުމުން ލީކުވި ލީކުވުމެއް ކަމަށާއި އެއްގޮތަކަށްވެސް ޝީޓުން ފެން ލީކުވީ ނޫންކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ. މިއީ އެ ކެޕް ބާރު ކޮށްލުމުން ހައްލު ކުރެވޭނެ ކަމެއް ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތައް މީހުންނާއި ހަވާލު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް އެބަދެއެވެ. އެގްރިމެންޓްތަކުގައި ސޮއކުރުން މިހާރު ކުރިއަށް ދިޔަ ނަމަވެސް ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން ފްލެޓްތަކަށް ވަދެވޭނީ ފްލެޓްތަކަށް ކަރަންޓް ދެވުމުން ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލޫޓުވާ

  ތިހިޔާ ފުލެޓަކީ ޔާމީނުގެ ވާދަވެރިން ވަރަށް ޖޭވާ ތަރައްޤީގެ ބޮޑު ކުރިއެރުމެއް. އިރުއިރުކޮޅާ ހިޔާފުލެޓުގެ ކޮންމެވެސް އެއްޗެކޭ އެބަކިޔާ. ބްރިޖުވެސް އެއަރޕޯޓާއި އައިޖީއެމްއެޗްގެ ބޮޑު އިމާރާތާއި އެމްއާރުއައި މެޝިނާއި ބޮޑު މިސްކިތާއި ރަށްރަށުގެ ތާރައެޅުމާއި މިހިރަމިހިރަ ކަންކަމަކީ ވާދަވެރިންނަށް ހަޖަމުކުރަން ދަތި ކަންތައްތަކަށް.

 2. ލާދީނީ

  އެމްޑީޕީ ވެރިކަމަށް އައީވެސް ދޮގާއި މަކަރު ވިއްކައިގެން. މިހާރުވެސް އެކުރަނީ އެކަން. ގައުމަށް ތަރައްޤީއެއް ގެންނަށް ނޫޅެ ބަޔަކުކޮށްފައިހުރި ތަރައްޤީ ވަޅުޖެހޭތޯ އަވަދިނެތި މަސައްކަތްކުރަނީ. އެމްޑީޕީއަކީ ދޮގުހަދާ ޕާޓީއެއް. ވެރިންވެސް އުޅެނީ އަބަދު އެކަމުގަވިއްޔަ.

 3. އަޑަފި

  މި ސަރުކާރަށްވެގެން ވަންޏާ ތިޔަ ފުލެޓްތަކުގަ އިންސާނަކަށް ކީކުރަން ޖަނަވާރަކަށްވެސް ނޫޅެވޭވަރަށް ޖެއްސުންކޮށް ދަތި ކުރާނެއެވެ. އެއީ ފުލެޓްލިބުނު މީހުން އެތަނުގައި ދިރި އުޅެން ބޭނުން ނުވާނެކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީ އެކަން ހަގީގަތަކަށް ހެދުމުގެ ގޮތުންނެވެ.

 4. ދޮންކަލޯ

  ކީއްކުރާނީ؟ ހަމަ ހަޖަމު ނުވެގެން ތެޅިބާލަނީ. ނުކުޅެދޭ ސަރުކާރު ފޭލްވެ ނޭވާ ހޮޅިޔަށް އެޅި މަރަށް ތެޅެންފެށި އިރުވެސް ކުރެވުނު ކަމެއް ހަރާމުން ހަރާން. ދެން ވާނީވެސް އެހެންތާ!

 5. ސސ

  މިއުޅޭ ޓެކުސީ ޑުރައިވަރުން އަމިއްލަޔަށް ބޮޑު އަގެއް ހަދައިގެން ހުޅުމާލޭ ދެވަަނަ ފިޔަވައްސަށް މީހުން ގެންދަން ފަށައިފި މާބޮޑު އަގެއް މިނަގަނީ މިކަން ޓުރާންސްޕޯޓް މިނިސްޓުރީ ރަގަޅުކޮށް ދީބަލަ !

 6. ކުއްޓި

  އެނގެއި މިސަރުކާރަށް ތާއިދުކުރާމީހަކު ތެދެއްނުހަދަނެކަން