އަންނަ އާދީއްތަ ދުވަހު، ކ. އަކިރިފުށީގައި ހަދާ ރިސޯޓުު ހުޅުވުމަށް ނިންމައިފިއެވެ.

137 އެންދުގެ މި ރިސޯޓަކީ، މާލެ އަތޮޅުގައި މިއަހަރު ހުޅުވާ ފުރަތަމަ ރިސޯޓެވެ. މި ރިސޯޓަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްޤީކުރާ ހަތަރު ތަރީގެ ރިސޯޓެކެވެ.

"އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި"ގެ ނަމުގައި ހުޅުވާ މި ރިސޯޓުގައި 45 ވޯޓާވިލާ އާއި، ޕުލާއި އެކު ހަދާފައިވާ 26 ވޯޓާވިލާގެ އިތުރުން 39 ބީޗްވިލާ އާއި ޕޫލާއި އެކު ހަދާފައިވާ 14 ބީޗް ވިލާ ހުންނާނެއެވެ. މީގެ އިތުރުން 7 ބީޗް ފެމިލީ ސޫޓާއި ހަނީމޫން ވޯޓާ ސޫޓެއްވެސް މި ރިސޯޓުގައި ހުންނާނެއެވެ. ޕޫލާއި އެކު ހަދާފައިވާ މި ހަނީމޫން ސޫޓް ހުންނާނީ އަކިރިފުށީ ފަޅުތެރޭގައި އެރަށާއި ހުޅިފައި އޮންނަ ފިނޮޅެއްގައި ވަކިންނެވެ.

ހަމަ އެހެންމެ، ރެސްޓޯރެންޓާއި ސްޕާ އަދި ޖިމްގެ އިތުރުން ޑައިވް ސެންޓަރެއްވެސް މި ރިސޯޓުގައި ހުންނާނެ ކަމަށް ރިސޯޓު ހިންގާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ބުނެއެވެ.

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އިން އަންނަނީ ރާއްޖޭގައި އިތުރު ތިން ރިސޯޓެއްވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފްރޮމްދިސް

    އަންނަ އާދީއްތަ ދުވަހު މާލެ އަތޮޅުގައި އާ ރިސޯޓެއް ހުޅުވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މަމެން އިކޮނޮމިކް މިނިސްޓަރު ގާތުން ކޮށްލަން ބޭނުންވާ ސުވާލަކީ ތިޔާ ރިސޯރޓްގެ %95 އެއީ ބޭރުމީހުންނަށް ވާއިރު އެމެންނަށް ކީއްވެތޭ ދާއިމީ ވާރކް ވިސާ ތިޔާ ރިސޯރޓް އިން ދެނީ ބިޒްނެސް ވިސާ ދިނީމާ ނިމުނީ ނޫންތޭ ބޭރު މީހުން މުވައްޒަފުންނަށް ގެންގުޅޭ ނަމަ އަދި ބޭރު މީހުން ރިސޯރޓްސް ތަކުގައި ރިސޯރޓްސް ތަކުގެ މުވައްޒަފުންނަށް ނުގެންގުޅެވޭނެއޭ އެމެން ގެންގުޅެން ޖެހޭނީ ކޮންޓްރެކްޓް ބޭސިސް ކޮށް އޭ އެމެންނަށް ސާރވިސް ޗާރޖް އެއް އަދި ރިސޯރޓް އިން އާރު އެން އާރު ޕެކޭޖެއް ވެސް ދީގެން ނުވާނެއޭ މި އުސޫލުން މިކަން ނުކޮށް ގެން ސަރުކާރުން އުޅެނީ އެއީ ދިވެހިންނަށް ރިސޯރޓްސް ތަކުން ވަޒީފާ ނުދީ ބޭރު މީހުންނަށް ވަޒީފާ ދޭން ނޫންތޭ. ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ޔޫ ބެޓަރ ލުކް އިންޓް އިޓް ޔުއަރ ބިލީވް އޮން ދިސް އިޒް ނޮޓް އަވަރ ބިލީވް ބަޓް ޔޫއާރ ދި އާންސަރ ޓު އަވަރ ޕްރޭޔަރސް އޯލް ވީ ނީޑް އިޒް ޖަސްޓް ޓު ފިކްސް އިޓް ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން...