ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިޤަރާރަށް ބަހުސް ކުރި ޖަލްސާގައި ރައީސް ސޯލިހް ފެކްޝަންގެ އެއްވެސް މެންބަރަކު ވާހަކައެއް ނުދައްކަވައެވެ. ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ނަޝީދު ހުށަހެޅުއްވި ޤަރާރު ފާސްވީ 39 މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. ގަރާރާއި ދެކޮޅަށް ވޯޓް ދެއްވީ ކިތައް މެންބަރުން ކަމެއް ހަސަން ލަތީފް އިއުލާނެއް ނުކުރައްވައެވެ. ވޯޓް ނެގުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށް ޗެޓް ގައި ލިޔެގެން ކަމުން ބްރޮޑްކާސްޓް ކުރަމުން ދިޔަ ލައިވް ފީޑުން ގައުމީ މަޖިލިސް މެންބަރުން ވޯޓް ދެއްވި ގޮތެއް ނުފެނެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 142 މެންބަރުން ތިއްބަވައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރުމުގައި ފުލުހުންނަށް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ. އެހެން ނުކޮށްފިނަމަ ގައުމު ސަލާމަތް ނުކުރެވޭ ހިސާބަށް ހިނގައިދާނެ ކަމަށްވެސް ވިދާޅުވިއެވެ. "ފުލުހުންނަށް މި މަސައްކަތް ކުރުމަށް ޖާގަ ހޯދައި ދިނުމަށް އަޅުގަނޑު މި ގަރާރު ހުށައަޅަނީ،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކުރުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރައީސް ސޯލިހް ފެކްޝަނުން އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގުޑު ނައިޓު

    142 މެމްބަރުން ހިމެނޭ ގައުމީ މަޖިލީހަކުން 39 މެމްބަރުންގެ ވޯޓަކީ އަގުލަބިއްޔަތު ކަމަށް ހަސަނު ބުނުމަކީ އެމްޑީޕީއަށް އެރުވި ހުތުރަކަށް ނޫނީ ނުވާނެ. ބާކީ 103 މެމްބަރުންގެ ވޯޓު ކޮބާ؟ މިރޭ ދެން ތިޔަ ފާސްކުރި ބޭގަރާރުގައި ބައްދައިގެން އޮވެ ނިދާލާ.

    46
  2. މޫސާ

    ނަސީދު ކަޅޭ ހޭބަލި ވީތަ ދިވެހި ރައިޔަތު މީހާކީ ކަލޭގެ އަޅެނޫން ކަލޭ މިހާ ރު ތިއުޅެނީ މިތަނުގެ ތިބި އުސްތާޒުންނާ ބެހެން ކަލޭ ތިހީކު ރާ ގޮތަކަ އަދި ކަލެޔަކަ ވެ ރިކަމަކަ ނާދެވޭނެ ނަސީދު ކަލޭ ކެނެ ރީގެ ގޯތިތެ ރޭ ކުއްލި ހާލަތު އިއުލާންކު ރޭ

    45
    2
  3. ދިވެހިން

    142 ތިބޭއިރުފާސްވީ39އިން.

    25
  4. އަހަރެން

    މޮޔަވެބަލަ...

    26
  5. މަސްއޫދު

    ގައުމު މިއޮތީ އަޅުވެތިވެ ނިމިފައި ހައްޔަރު ކުރަން ޖެހޭނީ އިންޑިޔާ ސިފައިން ގައުމަކަށް ނުރައްކާ ވާނީ ދިވެހިންގެ އަތްދަށުން މިގައުމު ގެއްލޭތީ

    31
    1
  6. ވައިކިންގ

    ކުއްލި ނުރައްކަލޭ؟ ހެހެހެ.

    27
  7. ނަސީ

    އިންޑިޔާ ކިބައިން ގައުމް ސަލާމަތް ކޮއްގެން ނޫނީ ދެން މިގައުމް ސަލާމަތެއް ނުވާނެ،

    25
  8. ޙހހހ

    ވެރިކަމާއިހެދި މީހަކު މޮޔަވާނީ މިވަރަކަށް ، އަޅެ ޤައުމީކަންކަން ނިންމާ އަސާސެއް ނެތްބަަޔަކު ވޯަޓުލައި ތެޅިބޭލީމަ އަދި ތިކަމެއްނުވާނެ ، އަހަރެމެންގެ ފެމެލީ ތެރެއިންވެސް ތީގެ ވޯޓެއްނެގީމު ، ފެމެލީ އެންމެން ނިންމީ ތިކަން ނުކިރެވޭނެކަމަށް ، ދެން ކިހިނެއްތޯ ހަދާނީ ނަޝީދޫ ، ރައްޔިތުންގެ ވޯޓުން ހޮވާފައިވާ އިބޫގެ ޤާނޫނީ ސަރުކާރު ވައްޓާލާ ނަޝީދުގެ ބަލާވެރިކަމެއް ބޭނުމެއްނޫން

    25
    1
  9. މުހައްމަދު އަންޖުމް

    ނޫނޭވާ ވެރި ކަމާހެދި ހޭބަލިވިޔަސް ބޮޑުވަރު ކޮބާތޯ ރައްޔިތު މީހުންގެ ޙައްގުތައް ތިމާގެ އަމިއްލަ އެދުން ކުރިޔަށްނެރި ބޭނުން ކޮންމެ ކަމެއް އަމިއްލަ އަމިއްލަޔަށް އިންޑިޔާގެ ގޮށްމުށުގެ ބާރުބޭނުން ކޮށްގެން ރާއްޖޭގެ އަމަން އަމާން ތިޔަހަރަ ނަގާލަނީ ރޯމާދުވާލު އެންމ.ެން ކުރިމަތީގަ މި ކަމުގަ މައުމޫނާއި ގާސިމް އަދި އަދާލަތާއި އަދި ބައެއް ބާރުތަ ކުގެ ވެރިން ޝާމިލްވާ ކަން އެބަހާމަވޭ އެހެންނޫން ނަމަ މި ކަހަލަ ދެއުޅިއެއްނުވާ ޖާހިލެއްގެބަސް ގަދަ ނުވީސް ހިތާމައިގެ ކޮޅެއްނެތް މިމުޞީބާތުން އަޅަމެން ސަލާމަތް ކުރައްވާށި އާމީން

    26
    1
  10. މަސްތު

    ވެރިކަމުގެ މަސްތުގައި ނުޖެހޭނެކަމަށް ދައުވާކުރި ހަރުކަށި ޚުދުމުޚުތާރު މީހާ ވެރިކަމާހެދި ބޫތުކައިގެން ބޮޑުވަޒީރުކަން ދޭތޯ ދެފައިގައި ހިފައި ރޮއި އާދޭސްކޮށްގެން ނުލިބުނީމާ ސަރުކާރަށް ދުއްތުރާކުރަން ކޮށްފައި ނުލަފާކަން ދައްކާފައި ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އާވާރާވެގެންގޮސް ނާޗާރުވެ ބޭޗާރު ވެގެންދާ ތަން ރައްޔިތުންނަށް މިފެންނަނީ.

  11. ހުސްކުރާސޭލް

    މިއަދުންފެށިގެން ދިވެހި ރާއްޖޭގެ އެންމެބޮޑުވަޒީ ރުކަމަށާއި ހަސަން ލަތީފު އެއީ ކުޑަވަޒީ ރުކަމަށް ކަނޑައަޅާ
    ދިވެހި ރާއްޖޭގާ މިއަދު (26 ޖުލައި2021) ވަނަދުވަހުންފެށިގެން އޮންނާނީ
    ދެވައްތަ ރެއްގެ ދެދައުލަތްކަމަށް ކަނޑައަޅައިފި.. އެއީ ބޮޑުވަޒީ ރަށް ހު ރިހާ ފަޅުތަކާއި ގި ރިތައް އަދި އިބޫ ސާލިހުއަށް ހު ރިހާ ރަށްތަކެއް.. ވަލްހަމްދު ލިއްލާހި .. ޖަލްސާ ނިމުނީ ....

    7
    1
  12. އައްމަޑޭ

    އާނ މިހާރު އެބަ ރަނގަޅުވޭ. އިބްރީ އަޅުންނާ ކަންނާނީ އަޅުންނާ ފުރާތު ކޯރު ހުރަސްކުރާ އަޅުން ވަކިވާންޖެހޭ.

    8
    1
  13. ފެންޓަސީ

    މި މޮޔަ މަޖުނޫން ބުނާ ކޮންމެ އެއްޗެއް ދެބަންދިހާރަ އޭނާގެ ޕަޕެޓުން ފާސްކުރާނެ. ދީނެއް މިއްލަތެއް އެބައި މީހުންގެ ނުހުންނާނެ. ކުއްލި ނުރައްކަލުގެ ހާލަތޭ ކިޔައިގެން މީނާ މިއުޅެނީ ގައުމު ހަލަބޮލިކޮށް ހަމަނުޖެހުން އުފައްދަން. ބޭނުމަކީ ސަރުކާރު ބަލިކަށިކޮށްލުން. ރައްޔިތުން މިހާރު ތިބި ހާލަތުން އަނެއް އަނދަވަޅަށް ވައްޓާލުން. ކުއްލި ނުރައްކާ އިއުލާންކުރާ ހާލަތެއް މި ގައުމުގައި ނެތް.

  14. ޒަބީބު

    ނަޝީދު ބުނިގޮތުގައި މިޤަރާރު ފާސްކުރަން ހުށަހެޅީ ރައީސް އަށް ކުއްލިހާލަތު އިޢުލާން ކުރަން ފަސޭހަކޮސްދީ އިތުރު ބާރުވެރިކަމެއް ރައީސަށް ހޯދާދިނުމަށެވެ. ބަލަ އެމްޑީޕީގެ ޤައުމީ މަޖިލީހުގަ ތިބި ނަޝީދަށް ތާޢީދުކުރާ ކުރާ ހައެއްކަ މީހުންނަކީ ޤާނޫން އަސާސީއަށް ވުރެ މަތީގައި ތިބި ބަޔަކީތަ؟ ކުއްލި ހާލަތު އިއުލާން ކުރުމަކީ ޤާނޫން އަސާސީއިން ރައީސުލް ޖުމުހޫރިއްޔާ އަށް ދީފައިވާ މުތަގު ބަރެއް. ޢެބާރު އެކްސަސައިޒް ކުރުމަށް ރައީސަކަށް ނަޝީދު ފެކަޝަންގެ ރުހުމެއްވެސް ތާއީދެއް އެއަބާރުމެއްވެސް ބޭނުމެއް ނުވޭ. އަދިކޮބާ ޚުދު ރައީސް އިންތިޚާބުކުރަން ވޯޓުދިން ރައްޔިތުންގެ ރުހުމެއްވެސް ރައީސް އަކަށް ބޭނުމެއް ނުވޭ!

    ނަޝީދު ރައްޔިތުންނަށް އޮޅުވާލަން ދޮގު ވާހަކަ ނުދައްކާ!

    ނަޝީދުގެ މިވާހަކައިން ހާމަވެގެން ދިޔަ އެންމެ ބޮޑު ހޤީޤަތަކީ ނަޝީދުގެ ވެރިކަމެއގައި ނަޝީދު ކަންކުރާނޭގޮތަކީ މީކަން. ނަޝީދު ނުރުހޭ ކޮންމެ މީހަކުވެސް އަބްދުﷲ ގާޒީ އަށް ހެދިގޮތަށް ހައްޔަރު ކުރާނެކަން އަދި ކުއްލި ހާލަތު އިއުލާނުކޮށްގެން ބައިބަޔަށް ދިނީ އިލްމުވެރިންނާއި ސިޔާސީ މީހުން ހިމެނޭގޮތަށް ގިނައަދަދެއްގެ ބަޔަކު ހައްޔަރު ކުރާނެކަން. ހާމަވެގެން ދިޔަ އަނެއް ހަޤީޤަތަކީ ނަޝީދު އަކީ ޑިމޮކްރެސީއާއި ބީރައްޓެހި ޑިކްޓެތަރެއްކަން އަދި ހިތްތިރި ކަމުގެ ޒަރެއްވެސް ހުރި މީހެއް ނޫންކަން.

  15. އަހުމަދު

    ލާދީނީ މޫވްމަންޓް އައުޓް

  16. Anonymous

    ވެރިކަން ކުރަންޖެހޭ ގޮތްތައް ޤާނޫނު އަސާސީ އިން ވަނީ ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްދީފައި، ވީމާ ކުށްކުރާ ބަޔަކު ތިބިނަމަ އެބަޔަކު ހިފާ ހައްޔަރުކުރުމަށް ޤާނޫނީ އެއްވެސް ހުރަހެއްނެތް. ނަމަވެސް ޤާނޫނު ތަކާއި ޚިލާފަށް ވަކި ބަޔަކު ހިފާ ހައްޔަރުކުރުމަށް ބޭނުންވާ ނަމަ، އެކަން ކުރެވޭނީ އެއްވެސް އަސާސެއް ނެތި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްގެން އޭރުން އެކަންވެގެންދާނީ ވަކި ބަޔަކު ހިފާ ހައްޔަރުކުރުމަށް ޤާނޫނުގެ ބޭނުން ބާރު ބޭނުން ކޮށްގެން ކުރިކަމަށް. މިހާލަތުގައި ޤައުމުގެ އެތެރޭގެ މަސްލަހަތު ގެއްލޭގޮތަށް ވުމަކީ ވެދާނެ ކަމެއް ސިޔާސި ގޮތުން ހަލަބޮލިވެދާނެ، ނަތީޖާއަކީ އިގުތިސާދީ ހަލާކުވެ ރައްޔިތުން ހާލުގައި ޖެހުނު ސަރުކާރުން ދެމުން ގެންދާ ޚިދުމަތްތަކަށް ބުރުއެރުން، ވީމާ ރައްޔިތުން ދިން ވެރިކަން ކަމުގައިވާނަމަ ސަރުކާރާއި މަޖިލިސް އެކުވެގެން ލިބިފައިވާ ވަގުތުގައި ރައްޔިތުން ނަށް ޚިދުމަތް ކުރައްވާ. އަމަން ބަލަހައްޓާ އިދާރާތަކުން ރައްޔިތުން ގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް ޤާނޫނީ ހުކޫމަތު ދެމެހެއްޓުމުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާ. ލިބިފައިވާ ބާރުތައް ވަޒަން ކުރަން ބާރުތަކުގެ ވެރިން ވާން ކުރުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތެއްނޫން އ

  17. ޢަހުމަދް

    މީކޮންފާޑެއްގެ ޑިމޮކްރަސީއެއް ގެންގުޅޭ ބައެއް؟

    އިސްލާމް ދީނައް ނަސްރުދީ އެ ދީނުގެ ޙައްގުގއި ލާދީނީ ފިކުރާ ދެކޮޅަށް ވަކާލާތު ކުރާ ކޮއްމެ މީހަކީ ހަރުކަށި މީހެެއްކަމުގައި އައްނި މުޅި ދުނިޔެއަށް ވިސްނަދޭން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއްނޫން. ދީނީ މިނިވަންކަމުގެެ ތެރެއިންނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިންވެސް ލިބިދޭ އަދި ނިގުޅައި ނުގަނެވޭނެ ހައްގެއް އެއީ.