ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރާ ޖަލްސާ އެމްޑީޕީ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހް ފެކްޝަނަށް ނިސްބަތްވާ ހުރިހާ މެންބަރުން ބޮއިކޮޓް ކޮށްފިއެވެ.

ނަޝީދު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލާ ހުށަހެޅި ގަރާރެކެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދެއްކެވީ ރައީސް ނަޝީދަށް ތާއިދުކުރާ ބޭފުޅުން އެކަންޏެވެ. ރައީސް ސޯލިހްގެ ފެކްޝަންގެ އެއްވެސް ބޭފުޅަކު ގައުމީ މަޖިލިސް ޖަލްސާގައި ބައިވެރި ނުވުމުން ރައީސް ސޯލިހް ފެކްޝަންގެ ވިސްނުން މިމައްސަލައިގައި ހުރި ގޮތެއް ސާފެއް ނުވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ދާއިރާތަކުގެ ރައީސުންގެ އިތުުރުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުން ވެސް ހިމެނެއެވެ. ނަމަވެސް މިރޭގެ ގައުމީ މަޖިލިސް ޖަލްސާގައި ރައީސް ސޯލިހަށް ތާއިދުކުރާ އެއްވެސް މަޖިލިސް މެންބަރަކު ބައިވެރިއެއް ނުވެއެވެ. އަދި އެއްވެސް ވަޒީރަކު ވެސް ޖަލްސާގައި ބައިވެރިއެއް ނުވެއެވެ.

މި ގަރާރު ހުށަހަޅައްވަމުން ރައީސް ނަޝީދު ވަނީ މިއީ ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ މަސައްކަތްކުރުމަށް ޖާގަ ހޯދުމަށް ހުށަހެޅުއްވި ގަރާރެއް ކަމަށާއި އެ ޖާގަ ލިބުމުން އެ މީހުން ހައްޔަރުކޮށް މާ ހަރުދަނާ މަސައްކަތްތަކެއް ފުލުހުންނަށް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިންގުމަށް ރޭވިގެން ތައްޔާރީތައް ކުރިޔަށްދާ ކަމަށާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ދެއްކެވި ވާހަކައިން ވެސް ވަރަށް ބޮޑަށް އެކަން ފާހަގަކުރެވުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިކަންކަމުގައި އުޅޭ މީހުންތައް ފާހަގަވާނެ. އެހެން ނަމަވެސް މިވަގުތު އެކިއެކި ސަބަބުތަކާ ހުރެ އެމީހުން ހައްޔަރު ނުވެ އެ ތިބެނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިޖާގަ ލިބުމުން މީހުން ހައްޔަރު ވެސް ކުރެވޭނެ އަދި ފުލުހުންނަށް މިކަމުގައި މާ ހަރުދަނާ މަސައްކަތެއް ވެސް ކުރެވޭނެ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ނަޝީދުގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައި އޮތް ނަމަވެސް މީގެ ކުރިން ނަޝީދުގެ އެއްވެސް ހުށަހެޅުމަކަށް ބަހުސް ނުކޮށް ރައީސް ސޯލިހް ފެކްޝަނުން ގައުމީ މަޖިލިސް ބޮއިކޮޓް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ކުރީއޭކުރީއޭ

  ކުއްލި ނުރައްކާ އިއުލާން ކުރަން ރަައީސް ނަޝީދު ފައިވިއްދާ އަދި ރައީސް އިބޫ އަށް އެކަން މަޖްބޫރު ކުރަނީ އެއީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި ތިބި ކަމަށް ބުނެ ސާބިތު ނުހިފޭ ދޮގު ވާހަކަ ތަކެއްގެ މައްޗަށް ބިނާ ކޮށޭ ފުލުހުން ނެރޭ ނޫސް ބަޔާން ތަކަކީ އޭގައި ހަގީގަތް ހުންނަ އެއްޗެއް ނޫން ކަން ޝަރުއީ ކޯޓް ތަކުގެ ހުކުމް ތަކުން އިނގެން އެބަހުއްޓޭ ކޮބާތޭ ފުލުހުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރަން ނެރުނު ނޫސް ބަޔާން ތައް އެކޯޓުން ބާތިލް ކުރީއޭ ކުރީއޭ ކުރީއޭ ކުރީއޭ...

  31
  1
 2. ތަންޑާ

  ދެ ފެކްޝަނެއް އުފެދިފަ އޮތްކަން އެނގެނީ. އެކަމަކު ދެ ފެކްޝަންގަ ތިބީ ކޮންބައެއް ކަމެއް ނޭނގޭއިރު ވާން އުޅޭގޮތެއްވެސް ނޭނގޭނެ އެންނު. ކޮންމެގޮތެއް ވިޔަސް ގާނޫނުރަކާ ޚިލާފަށް އިބޫ ކަންކަން ނުކުރައްވާނެ ކަން އެއީ ޔަގީންވާ ކަމެއް.

  37
  6
  • ހައްގުބަސް

   އެމްޑީޕީ ހިސޯރުކޮށްގެން އުޅޭ އާބިދާގެ ސޮރަކަށް ތާއީދެއް ނުކުރަން. އެކަމަކު ގާނޫނާއި ޚިލާފް ކަމެއް ހިންނަވަރު އިބްރާހިމް ނުކުރާނެއޭ ބުނީމަ ހިތަށް އަރަނީ ތަންޑާ ތި ހުރީ ހަމަ ހޭގައިހޭ؟ އިބްރާހިމް ހުރިހައި ކަމެއްވެސް ކުރަނީ ގާނޫނާއި ޚިލާފަށް

   18
   7
 3. މުސްކުޅި ބޭބެ

  ބޮއިކޮޓުގެ މާނައަކީ ކޮބާ؟؟ 🤔

  17
  1
 4. ރެފްރީ

  ހާދަވަ ރެއްއެބަހުއްޓޭ ދޯ ؟؟ ތިޔަކު ރެވެނީ ބަޣާވާތް. ތިޔަށްކިޔަނީ ބަޣާވާތޭ

  34
 5. ާަެެައބދ

  މައިގަނޑު ދިވެހިރައްޔިތުންގެ ވިސްނުމާ ކަލޭ ތިދައްކާ ވާހަކައާ ދިމާނުވޭ . ކަލޭ ތިބުނާ ޑިމޮކުރަސީ އަކީ ވެސް އަޢުލަބިއްޔަތު ބުނާގޮތް ގަބޫލުކުރުން. އެހެންވީމާ ތިއުޅޭ ވައްތަރަެް އުޅުން ހުއްޓާލާ.

  48
  1
 6. ޔާރާ

  ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ރާއްޖޭ އަބަދު ގަންބާނުލާބަލަ! ތިޔަ ހެން ހެއްދެވީމާ ރާއްޖޭގެ ތަރައްގީ ހައްތަހާވެސް ދާނީ ފަހަތަށް!

  46
  1
 7. ާާާޢަލީ

  އެބަ ރަނގަޅުވެ...ހިހީ

  24
  3
 8. ތިރިބެ

  ގިނަމެއްބަރުންތިބީ ރަށުނަބޭރުގަ

  7
  2
 9. ދއްކާ ވާހަކަ

  ޑިމޮކުރަސީ ކިޔަނީ މެޖޯ ރިޓީ އަށް ތަބާނުވޭ!

  12
 10. އަބްދޫ

  ސާލިހް އަށް ދަންނަވަން ގައުމީ މަޖިލީހުގެ ގަ ރާ ރަކުން ނަސީދު އެމްޑީޕީ ން ވަކިކޮ ށް ގައުމު ހަމަމަގަށް.ގެންދަވާ.

  31
 11. ޢަހު

  ވަޢުދެއްކޮއްފިނަމަ ފުއްދަން ޖެހޭނެ ރ އިންތިޚާބް ތެރޭ ރ ސޯލިހު ބުނި ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނަމޭ އަދި ނުބާއްވާ 3 އަހަރު ފުރެނީ މިހާރު ނަޝީދުވެސް އެއްޗެއްބުނެފިއްޔާ ގޯސްވާނީ ނާޝީދު އިބޫ ވިޔަސް ދޮގުހަދަންޏާ އެހެންމީހުންވެސް ރުޅި އަންނާނެ

  5
  25
  • އެދުރު ދައިތަ

   މެޓާދޭނަމޭ ބުނެފިއްޔާ މެޓާ ދޭންވާނެ

   5
   1
 12. އިބޫ ހޯލިސް

  ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރިޔަސް ތިކަން ކުރެވޭނެ ގޮތްތައް ބައިވަރު. ޓެރަރިޒަމްގެ ކުށުގެ ތހުމަތަށް މީހުން ހައްޔަރުކުރުމަށާއި ބަންދުގައި ބޭތިއްބުމަށް ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ޤާނޫނެއް ފާސްކޮށްފަ ތިޔަނުލިބިގެން އުޅޭބާރުތައް ދޭންވީނޫންތޯ،
  ކުޑަކުދިންނަށް ޖިންށީ އަނިޔާ ކުރާ މީހުންނާއި މެދުވެސް މިފަދަ ޤާނޫނެއް ހެދީނޫންތޯ، ކުއްލިނުރައްކަލުގެ ހާލަތެއް ނޫނެއްނޫންތޯ އިއުލާނުކުރީއެއް
  ތިޔަ އުޅެނީ އިބޫ ގުއިރޯނެއްގަ ޖައްސާފަ ވެރިކަމުން ދުރުކުރެވޭނެ ގޮތެއް އޮތްތޯ ބަލަންވެގެން
  ވެރިކަމާހެދި އަމިއްލަކިޔަންވެސް، މި އައްނި ފަހަކަށް ނުޖެހޭނެ

  14
  1
 13. މަސްތު

  ވެރިކަމުގެ މަސްތުގައިޖެހިގެން އާބިދާގެ ހަރުކަށި ޚުދުމުޚުތާރު މީހާ ދައްކާ ވާހަކައަކަށް ނުބަލައި ތިކިޔަނީ ކީކޭހޭވެސް އަހާނުލައި ތަށަށް ކިޔަނީ މަރިޔަބުހޭވެސް ނާހައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ގައުމާއިގެން ކުރިޔަށް ވަޑައިގަންނަވާ ވަޑައިގަތުމަށް އައްސަރިބަހާއި ސާބަސް! އިއްޒަތްތެރި ރައީސް. ބާރަށް ކުރިޔަށް ވަޑައިގަންނަވާ! ވެރިކަމުގެ މަސްތުގައިޖެހިގެން އާވާރާވެގެން އުޅޭ ހަރުކަށި ޚުދުމުޚުތާރު މީހަކު ޖަހާހައި ބެރަކަށް ނުނައްޓަވާތި.

 14. އާދަމުގެދަރި

  ތިޔަ އިނީ ގާނޫނުހަދާ މަޖިލީހުގައި. ބަލަ އިހަކަށްދުވަހަކު ދުނިޔެ ފެށުނީއްސުރެ ނިމެންދެން ހުރި މައްސަލަތައް ބަލަން ގާނޫނެއް ހަދާފައި އުންބުޑުޕާސަނަކު ލެއްވިގޮތަށް ތިޔަކަމަށްވެސް ގާނޫނެއް ހަދާފައި ފުލުހުންނަށް ބާރުދިނީމާ ނިމުނީ ނޫންތަ. ގައުމުގެ ހުރިހާ ރައްޔިތުންނަށް ދުއްޕާން ނުޖައްސައި ކުރެވެން އޮތް ކަމެއްގައި ރައްޔިތުންނަށް ދުއްޕާން ޖައްސަން ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހޭތަ!

 15. ގާދިރު

  ހަނދާން ކުރާތި ދައުރު ނިމެން ވަރަށް ކައިރި ޥެއްޖެ