20:28

ހއ. ދިއްދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

18:50

ކޮވިޑް-19 އިން ދިފާއުވުމަށް ރާއްޖޭގައި ޖަހަމުންދާ ވެކްސިން ޖަހައިގެން ދިވެހިންގެ ތެރެއިން އުމްރާގެ އަޅުކަމަށް ސައުދީއަށް ދާ ފަރާތްތަކަށް މައްސަލައެއް ދިމާ ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ

18:30

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލްތަކުގެ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި

17:45

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީނުވުމަކާއި ނުލައި ސިންގަޕޫރަށް ދެވޭނެ ގޮތް ހަމަ ޖެއްސުމުގެ މަސައްކަތް އެގައުމުން ފަށައިފި

 

15:27

ޢީދު ދުވަހު ކޮވިޑް-19 ގެ ވޭދަނައެއް ފެނިގެން ބަންދު ކުރި ތ. ކިނބިދޫ އާއްމު ހާލަތަށް ގެނެސްފި

14:46

ކ. އަތޮޅު ކާށިދޫން އިތުރު ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 90 އަށްވުރެ މައްޗަށް އަރައިފި

10:56

އޮގަސްޓް މަހުގެ ނިޔަލަށް %90 އަށް ވެކްސިން ޖަހަން އަމާޒު ހިފައިފި.

10:22

އުމްރާ ވެކްސިން ލިސްޓުގައި ކޮވިިޝީލްޑާއި ސިނޮފާމް ނެތް.

 

ކޮވިޑް-19 އިން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތުގައި މިދުވަސްވަރަކީ ރާއްޖެ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ދުވަސްވަރެކެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ފާއިތުވި ދެމަސް ދުވަހާއި އަޅައި ބަލާއިރު ވަނީ މަދުވެފައެވެ. ނަމަވެސް އަދި ކޮވިޑުން ސަލާމަތް ވުމަށް ކުރަން ޖެހޭ މަސައްކަތަކާއި، ހޭދަކުރަން ޖެހޭ މުއްދަތެއް ބުނަން ވެސް ނޭނގެއެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑްގެ ވެކްސިން ޖެހެމުންދާ ސްޕީޑަށް ބަލާއިރު އާއްމު ހާލަތަކަށް އެނބުރި ދެވޭނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރު އެވެ. އެހެންކަމުން ކުރިއަށް އޮތީ އަދިވެސް އިޤުތިޞާދީ ގޮތުން ވެސް ދަތި ދުވަސްތަކަކަށް ވުން ވަރަށް ގާތެވެ.

މިހާރު ވެސް ކޮވިޑްގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލިފައި ވާއިރު އަދިވެސް ކުރިއަށް ލަފާކުރެވެނީ މިދަތިކަން ދެމިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ލިބޭ މިންވަރަކުން ފަހަށް ރައްކާކުރުމާއި، ހަރަދުތައް ކުޑަކުރުމުގެ އާދަތައް ކޮންމެހެން ވެސް އަށަގަންނުވަން އެބަޖެހެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.