ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖަހާ އުމުރުގެ އާބާދީގެ %90 މީހުންނަށް އޮގަސްޓް މަހުގެ ނިޔަލަށް ވެކްސިން ޖަހަން އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި އަންނަ ހަފުތާގެ ތެރޭގައި، ރާއްޖޭގައި އުޅޭ އެންމެންނަށް ކޯވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް މިއަންނަ ހަފްތާގައި ފަށާނެ ކަމަށެވެ.

"މި އަންނަ ހަފުތާގެ ތެރޭގައި، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މި ފަށަނީ ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް. ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ ޢުމުރުގެ 90 އިންސައްތަ މީހުންނަށް، މި ފެށޭ އޮގަސްޓު މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން. އަދި މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގައި އުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުން. މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭވަރަށް، މާތް ﷲގެ އިރާދަފުޅާއެކު، ރާއްޖެއަށް މިހާރު ހުރީ ވެކްސިން ގެނެވިފައިވާ ކަމަށެވެ. އެހެންކަމުން، މި ފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަފޭ

    އަހަރެމެން ފުރަތަމަ ޑޯޒް ޖެހިތާ މިހާރު 4 މަސް 2 ވަނަ ޑޯޒްގެ ހަބަރެއް އަދި ނުވޭ ގުޅީމަ ބުނަނީ ލިބުނީމަޢޭ

  2. އަނިލް

    ކަލޯ މިހާރު 3 ލައްކައަށް ވުރެއް ގިނަ މީހުންގެ ގަޔަށް ވެކްސިން ޖަހައިފި މީހުންގެ ލޮލުގައި އަނދުން އަޅުވަން ނޫޅެ، %90 ވުރެއް މައްޗައް އަރާ ދޮޅު އަހަރު ތެރޭގައި ހޭބޯނާރަ ތެޅިފޮޅިގެންވެސް ވީވަރަކީ އެއީ ދެން ބާކީ އެއް ލައްކަ މީހުންނަށް ޖަހާލެވޭނެ މި މަހުގެބާކީި މިއޮއް ދުވަސްތަކުގައި ސަޅިބައިސާ ކަޑަންނޫޅެ

  3. Anonymous

    ވެކުސިން ޖަހަން އެޕޮއިންޓް މެންޓެއް ހޯދަން އުޅެ އުޅެ އެޗްޕީއޭ އަކުން އެކަމެއް ނުވި.