ސިޔާސީ ޕާޓީއެއްގެ ލީޑަރަކަށް ހުންނަވާ ބޭފުޅަކު އެހެން މީހަކާ ދިމާއަށް "ގަމާރަށް" ގޮވުމަކީ ދެރަވަރުގެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާލުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕްގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން، ރައީސް ނަޝީދު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވަނީ ރޮޒައިނާ އަކީ މާ މުހިއްމު މީހެއް ނޫން ކަމަށެވެ. އަދި އެފަދަ "ގަމާރަކަށް" ރައްދު ދެއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެއެވެ.

"އައްޑޫ ލައިވް" ކޮމިއުނިޓީ މީޑިއާއިން ކްލަބް ހައުސްގައި ގެނެސްދިން "އަހަފެލެ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރޮޒައިނާ ވިދާޅުވީ، އޭނާއަކީ މިނިވަން ޚިޔާލު ފާޅުކުރައްވަން ބޭނުންވާ ބޭފުޅަކަށް ވާތީ އަބަދުވެސް އެ ގޮތުގައި ޚިޔާލު ފާޅުކުރައްވާނެ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް އެ ޕާޓީއަކީ އެފަދަ ޑިމޮކްރެޓިކް ހަމަތައް އޮތް ޕާޓީއެއް ކަމުގައި ގަބޫލު ކުރައްވައިގެން ކަމަށެވެ. އެހެންކަމުން ނަޝީދުއާއި ރައީސް ސޯލިހް ވެސް އޭނާއަށް ކަމުނުދާ ވާހަކައެއް ދައްކަވާނަމަ އެ ވާހަކައެއް ދައްކަވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އެ ގޮތަށް ޚިޔާލު ފާޅުކުރައްވައިގެން ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު މީހަކާ ދިމާއަށް "ގަމާރަށް" ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އެއީ ވަރަށް ދެރަ ވަރު ކަމެއް އެއަށް ވުރެ ހިކުމަތްތެރިކޮށް ރައީސް ނަޝީދުގެ ފެންވަރުގެ ބޭފުޅަކު ވާހަކަފުޅު ދައްކަވަން ވާނީ،" ރޮޒެއިނާ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ރޮޒައިނާ ގެންދަވަނީ ނަޝީދުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވަމުންނެވެ. އަދި ރައީސް ނަޝީދަށްވުރެ ރައީސް ސޯލިހުގެ ވާހަކަތައް ވެސް ހަރުދަނާ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުމަށް އެމަނިކުފާނު ދެއްވާ ސަމާލުކަންވެސް ބޮޑު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ރައީސްގެ ތަޖުރިބާ މާ ބޮޑަށް ހުންނެވި ކަމަށް ރޮޒައިނާ ވިދާޅުވެފައެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ އެމްޑީޕީއަށެވެ. އެކަމަކު އެމްޑީޕީގައި މިހާރު ދެ ފެކްޝަނެއް އެބަ އޮތެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްގެ ފެކްޝަނެވެ. ގިނައީ ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނެވެ. އެމްޑީޕީގެ 65 މެންބަރުންގެ ތެރޭގައި މިއިން އެއްވެސް ފެކްޝަންއަކަށް ތާއީދުނުކޮށް އަމިއްލައަށް ފެންނަ ގޮތެއް ނަންގަވައިގެން ތިއްބަވާ މަދު މެންބަރުންތަކެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހުމަދު

    ޑިކްޓޭޓަރު ނަޝީދު އައުޓް

    39
    4
  2. މައިކް

    ރޮޒޭނާ އަދިކިރިޔާތަ ނަޝީދު ގެ ފެން ވަރުއެގުނީ. ޢޭނަޔަކީ އަގެއްހުރިމީހެއްނޫން، ރިވެތިއހުލަގެއްހުރިމީހެއްނޫން، ރައިތުންނައް ހެވެއެދިގެން އުޅޭމީހެއްނޫން. ރޮޒޭނާމެން ގެ އަމިލްއެދުމަ އޭނަނަގާކޮޑައްލައިގެން އުލެނީނީނު.

    47
    5
    • ޚަނަމަނަ

      ނަޝީދުގެ ފެންވަރު .އަދިކިރިޔާ އެނގުނީތީ އަޖައިބުވަން އެހެންނާ ފަހެ ރާއްޖޭގެ ގިނަ ބަޔަކު އަންނި އަށް ސަޕޯޓްކުރާ ފަދައިން ގިނަ ބަޔަކު ދަންނަކަމެއް އަންނިއަކީ އަޚްލާގީ ފެންވަރު ދަށް ވާހަކަ ދެއްކުމުގެ ބަހުރުވަ ވެ ސް ވަރަށް ކަމު ނުދާ ކޮންމެ މީހަކާޥެ ސް ޒުވާބުކޮށްގެން ފާނެ މީހެއްކަން .އެކަމުގެ ހެއްކެއްނޫންތޯ 2008ގަ ދިއްދޫ ބަދަރުމަތީ ކަޑައެއްގަމީހަކާ ޒުވާބުކުރީ. ރުޅިއައިމަ އަ ސްލު ސިފަ ފެނިގެން ދާނީ. އެކަންވާރަކުން ތިކި ޖަހާނީ އެކަންވާރެއްގަ ހުރި އެއްޗަކުން ނޫންތޯ ރޮޒޭ.

  3. Anonymous

    ރޮޒޭނާ ހީވަނީ ޖޯކަރެއްހެން
    އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަނީ

    37
    8
  4. ÷ ޕާޓީގެ ތަރުޖަމާ

    މި ވަގުތު މި 2 މީހުން އެކަކު އަނެކަކަށް ދޭ ރައްދު ޕާޓީން ކުށްވެރި ކުރާ ކަ މަށާއި 2 މީގހުންނާއި މެދު ފިޔަވަޅު އަޅަން އެބަ ވިސްނަން

    11
    3
  5. Anonymous

    އެއްވަރެއްގެ ދެމީހުންހެން ހީވަނީ އަތުގުޅައިގެން ހެވިފަ ތިތިބީ.

  6. އަހައްމަދޫ

    ސާބަހޭ ކަބުލޯ ދޫނުދޭތި

    7
    4
  7. ހުސޭނުބޭ

    ނަޝީދުގެ ފެންވަރަކީ ކޮބައި.....
    ބަހާ ޢަ،ަލުން ސާބިތުވަނީ ވަކަރުގޭ ފެންވަރާ!

    17
    3
  8. ކަހުރަބު

    އެއްވެ ސް ފަންވަރެއް ހުރި މީހެއް ނޫން އަންނި އަކީ މައުމޫނުގެ ޑިކްޓޭޓަރ ޓެގް ވިއްކާގެން ބަޔަކު ހައްދައިގެން ވެރިކަމަށް އައި ސް ހިފަހައްޓާ ނުލެވިގެން އި ސސްތިއުފާ ދީފަ ކެތް ނުވެގެން މުޅި ޤައުމުގަ ހުޅު ޖަހާފަ މައިދާން ދޫކޮށް ފިލާފަ އެންމެ ފަހުން އެއްކަލަ " ޑިކްޓޭޓަރ " އާއި ބަޢިއަތު ހިފާ އަވަށްޓެރި ޤައުމުތަކާ ޑީލް ހަދާ ޤައުމް އަޅުވެތި ކުރި ޚާއިނެއް އެއީ

    17
    5
  9. ގައުމު

    ބާޒާރު މަތީ ސްޓައިލްގައި ހުރިހާކަމެއް ހުންނާނީ.. އެ މަނިކުފާނުގެ ސްޓައިލް، ގައުމު ހިންގީ އެހެން މިހާރު މަޖިލި ސ ް ވެ ސ ް ހިންގަނީ އެހެން..

    9
    3
  10. ޢބދ

    ރޮޒޭ އަކީ ލަދު ހަޔާތް ކުޑަ ދޫ ނުބައި އަންހެނެއް.!

    1
    1
  11. ހަސަނު

    ދޭނެ ރައްދެއް ނެތުނީމާ ދެން އެހެން އެންމެން މޮޔައިންނަށް ހަދަން މަސައްކަތް ކުރާނެ. އެއީ ސިޔާސީ މީހުންގެ އާދައެއް. ނަޝީދު މިހާރުއެހެރީ ނަފްސާނީ ގޮތުން ބަލިކަށިވެ ސިޔާސީދާއިރާއިން އެކަހެރިވާން ޖެހިފަ. ތާޢީދު ދައްވަނީ ނަޝީދުގެ ސިޔާސީ ނިންމުންތަކުގެ ސަބަބުން. ކުރިޔާ ޚިލާފަށް މާ ބޮޑަށް ވެރިމަކަށް އަންނަން ހިފާފަ އެހެރީ.

    3
    1