ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ކަންކަން ކުރަން ދިވެހި ފަސްގަނޑު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "ދަ ޕްރިންޓް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޝާހިދު ވިދާޅުވީ، ރާއްޖެ ދެމިއޮންނަނީ "އިންޑިއާ ކަނޑުގެ ހިތް" ގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެއަކީ "ހަމަނުޖެހުން" ބޮޑު ސަރަހައްދެއްގެ ގޮތުގައި އޮންނަ ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.

"ބިމުގެ ގޮތުން ރާއްޖެ ކުޑަ ވެދާނެ. އަހަރުމެންގެ ކަނޑުގެ ސަރަހައްދު ބޮޑު. ކަނޑަކީ އަހަރުމުންގެ މުއްސަނދިކަން. އެ މުއްސަނދިކަން އެހެން ބައެއްގެ އަތްދަށަށް ދީލައިލައިގެން ނުވާނެ. އެއީ ކަނޑުފޭރޭ މީހުން ކަމަށްވިޔަސް އަދި ނިރުބަވެރިން ކަމަށްވިޔަސް އެ ފުރުސަތުދީގެން ނުވާނެ". ޝާހިދު ވިދާޅުވިއެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ޝާހިދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން ކަމަށެވެ. އެއަށް ފަހު ޝާހިދު ވަނީ އިންޑިއާ، ސްރިލަންކާ އަދި ރާއްޖޭގެ ދެމެދު ޑިފެންސް ލެވެލްގައި މަޝްވަރާތައް ކުރިއަށް ގެންދުން މުހިއްމުކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން މި ތިން ގައުމުން ދަނީ މިހާރުވެސް މަސައްކަތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަންބެ އައްޑޫ މީހާ

    ހުސްދޮގު ގަބޫނުކުރާތި ރައްޔިތުންނޭވޭ މީނައަކީ ބޮޑު ވަގެއް!

    15
    1
  2. ގާދިރު

    ބަންގާޅިން ބުނަނީ މިތާގަ އެމީހުން ބޭނުން ކަމެއް ކުރާނެ ކަމަށް ސަރުކާރު މަސަލަ ނެއް ކަމަށް

    12
    1
  3. ޑަރޯގާ

    ދިވެހިން އަޅުވެތި ކުރަން އިންޑިޔާ ގަނެފަދިން ގޮންޑިގަ އިނދެގެން ކޮން ވާހަކައެއް ދައްކާކަށް.

    17
    1
  4. ރައްޔިތުމީހުން

    ގާނޫނު ބޭނުން ގޮތަކަށް ބަދަލު ކޮށްލައިގެން ކުރާނީ ދޯ؟

    14
    1
  5. ބޯހަލާކު

    ކަލޭ ތިހަދާ ދޮގު އެގޭނެ އެންމެންނަށްވެސް މުނާފިގު ގާރޫނު ތީ ބޮޑުވަގެއް ޤައުމު ވިއްކާ ހުސްކޮށްފި