މިނިވަން ދުވަހާއި ދިމާކޮށް ކައުންސިލްތަކުން ވީޑިއޯ ތައްޔާރުކޮށްފައި ފޮނުވަން ހޯމް މިނިސްޓްރީއިން އެދިއްޖެއެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވީީޑިއޯ ތައްޔާރުކޮށް ފޮނުވުމަަށް އަތޮޅު ކައުންސިލް މެދުވެރިކޮށް ހުރިހާ ކައުންސިލަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކަށް ފޮނުވި ސިޓީ ޕެންޑިންގްގައި ހުރިކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވީ އެއީ ކޮން ކައުންސިލްތަކެއްކަން ފާހަގަ ކުރަން ނޭނގޭ ކަމަށެވެ.

މިނިވަން ދުވަހާއި ގުޅިގެން ހދ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ޕްރެޒެންޓްކޮށް ވީޑިއޯއެެއްް އުފައްދައި ސޯޝިއަލް މީޑިއާގައި ވަނީ ޕޯސްޓް ކޮށްފައެވެ. އެ ވީޑިއޯގައި ދިވެހި ތާރީހަށް އަލި އަޅުވާލައި، އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ދިވެހި ދައުލަތް މިނިވަންވި ވާހަކަ ކޮންމެވެސް ވަރަކަށް އެ ވީޑިއޯގައި މޭޔަރ އާތިފް ކިޔައިދެއްވައެވެ.


ރާއްޖޭގެ މިނިވަންކަމަށް ބައި ގަރުނަށް ވުރެ ގިނަ އަހަރު ވެފައިވާއިރު، ދިވެހި ދަރިންތަކެއް ނުކުމެ މިނިވަންކަން ހޯދައިދީފައިވާ މި ގައުމުގައި ދިރިއުޅޭ ރައްޔިތުން ދެކެމުންމިދާ މިނިވަންކަން އަތުލައިގަނެފާނެ ބަޔަކު އުޅެފާނެ ކަމަށް އަބަދުވެސް ދިވެހިން ވިސްނަންވާނެ ކަމަށް އާތިފްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށީގެ އިތުރުން ނ. މަނަދޫޫ ކައުންސިލުން ވެސް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ކިޔައި ވީޑިއޯ ލަވައެއް ހިއްސާ ކޮށްފައެވެ. ކައުންސިލް މެމްބަރުންގެ އަޑު އިވިގެންދާ ޅެން ބައިތަކުން އެ ވީޑިއޯ ފެށިގެންދާއިރު، މިނިވަން ދުވަހާއި ގުޅުވާލައި ލަވައަކަށް ނަށާފައިވާ މަންޒަރު އެ ވީޑިއޯއިން ފެނިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޯތި ޖަމުއިއް ޔ

    ޥީޑިއޯ ހަދާ އިރު ބޭނުން ކުރަންވާނީ ކައުންސިލަރުންގެ އަތުގައި ބޭނުން ކުރާ ފޯނު ގެ ކެމެރާ އިން@

  2. އަލުމީހާ

    ވީޑީއޯ ހަދަންވީ ކޮންސަބަބަކާހެދިތޯ؟ މިނިވަންކަން ގެއްލިގެންތޯ؟މިނިވަންކަން ހިމާޔަތްކުރަންތޯ؟ މިނިވަންކަމެއް އެބައޮތްތޯ؟ ހަމަ ގައިމުވެސް މިގައުމު ހިންގަނީ މިގައުމު ހިންގަން ރައްޔިތުން ހޮވާފައިތިބި ވެރިން ނޫންކަމުގެ އިހްސާސް އެބަކުރެވޭ! ވީމާ ހޯމްމިނިސްޓާރ އެދިލެއްވީ ކޮންކަހަލަ ވީޑިއޯއެއްތޯ ހަދަން އެބަބަލަން ބޭނުންވޭ!
    މިއަދު މިއީ އަޅޫވެތިވެފައިވާގައުމެއް މި އަޅުވެތިކަމުން ސަލާމަތްވުމަށް އެއްމެހާ ދިވެހިން އެކީ އެއްބާރުލާ ނުކުންނަން އެބަޖެހޭ #އިންޑިއާއައުޓް

  3. ބުރަކި

    ވީޑިއޯ އަހަރުމެން ބޭނުންގޮތަކަށް ކުޅެފަ ފޮނުވާނީ އެއީ އަހަރުމެންނަށްވެސް އެނގޭ ގައުމު ވަނީ ވިއްކާލާފަކަން އެހެންވީމަ މިނިވަންނޫންކަމަށް ވީޑިއޯ ފޮނުވާނީ .