ހައްގު ބަސް ވިދާޅުވާން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ކެރިވަޑައިނުގަތުމުން ހިތާމަކުރާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި 2023 ވަނަ އަހަރު އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރުމާއި ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން ވިދާޅުވީ، ޔާމީނަކީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި، ހަމައެކަނި އިންތިހާބުގައި ވާދަކުރަން އެމަނިކުފާނު ޖަލުން މިނިވަން ކޮށްގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި މިނިވަންވެ ވަޑައިގެންނެވިޔަސް، ވާން ޖެހޭނީ ޝަރުއީ މަރުހަލާގެ ތެރެއިން އޮންނަ އުސޫލުގެ ތެރެއިންކަން ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ މި ވާހަކަފުޅާއި ގުޅިގެން ރައީސް ޔާމީންގެ އިސްވަކީލުގެ ގޮތުގައިވެސް ހަރަކާތްތެރިވަމުން އަންނަ ޖަމީލް ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ވަނީ ރައީސް ޔާމީންއަށް ކުރި ހުކުމުގައި ޝަރުއީ ގިނަ މައްސަލަތައް ހުރިކަން ފާހަގަކޮށް އެކަންކަމަށް ރައީސް މައުމޫން އަލިއަޅުވާލަފައި ނުވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ޙައްޤުބަސް ވިދާޅުވާން ރައީސް މައުމޫންއަށް ކެރިވަޑައިނުގަތުމުން ހިތާމަކުރަން. ރައީސް ޔާމީންގެ ޝަރީޢަތް އިންސާފުވެރި ނޫންކަން، ޤާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފު. މިވާހަކަތައް ވިދާޅުނުވުމުން ފެންނާނީ ނުބައި ހަސީލަތް." ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި މައުމޫނާއި ދެމެދު ޖެހުނު މައްސަލަތަކަށް ފަހު ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަށެއްކަ މަސް ދުވަސް މައުމޫން ހޭދަކުރެއްވީ ޖަލު ބަންދުގައެވެ. ޔާމީންގެ ވެރިކަމަށް އެންމެ ބޮޑު ނުތަނަވަސް ކަމެއް ކުރިމަތިވި 2018 ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު، ނެރުމުގައި މައުމޫނުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވުނެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބުނަމުންދާ ގޮތުން ޖަލުގައި ހުންނެވި ޔާމީނަކީ ކުރިއަށް އޮތް އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ލީޑަރެވެ. އިދިކޮޅުން ކެމްޕޭނުވެސް ކުރައްވަމުން ގެންދަވަނީ އެގޮތަށެވެ. ޕާޓީގެ ޓިކެޓް ލިބިވަޑައިގަންނަވާނީ ހަމައެކަނި ޔާމީނަށް ކަމަށް އިދިކޮޅުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އަދި ސުޕްރިމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެގެން ދާނެ ކަމަށް އެ ކޯލިޝަނުން ގަބޫލުކުރެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 28، 2019 ގައެވެ. މި ހުކުމް ވަނީ ހައި ކޯޓުގައި ވެސް ދަމަހައްޓައިފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް އުފުލިފައިވާއިރު، މި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. ބޮޑު ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީން ގެންދަނީ ދޭތެރެ ދޭތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކޮވިޑް

    ހަސީލަތް އެކަނިތޯ ނުބައީ ؟ އަދި ބުނާނެ މައުމޫނަކީ މައުމޫނެއް ނޫނޭވެސް އެހާ ގޯސްވެފަ އެބޭ އެހުރީ. 2023 ގަ މުސްކުޅި ފިރުއައުނަށް ކުރިމަތިލެވޭތޯ ރާއްޖެޓީވީން ސުވާލު ކުރިނަމަ؟ ވެދާނެ ރޮއި ހޭރިގެން ޓީވީ އަކުން ޗާންސް ނުލިބުނީމަ ރާއްޖެ ޓީވީން ބޭނުން ވާގޮތަށް އިންޓަވިއު ދޭން އެއްބަސް ވީމަ ރާއްޖެޓީވީން ދިން ޗާންސް އެއްކަމަށް، އޭރައް މައުމޫނު ބުނެފާނެ އަންނިއަކީ ތިމަންނާގެ ކަލާންގެ އޭވެސް. ކަލޯ މުސްކުޅިބެ އެހުރީ މިހާރު ގުރައިދޫން ޖާގަ ހޯދަން އެދެން ޖެހިފަ ހެން ހީވަނީ؟

    24
    8
  2. ޕާ ޕާ

    ޖަމީލާއި ހަސަނާއި 2 މީހުންނަކީ ރ މައުމޫނަށް ލަނޑު ދިން 2 މީހުން

    17
    16
  3. އަލްޖިބްރާ

    ވަގަކު ވައްކަން ކޮށްގެން ޖަލަށް ލީމަ އަދިވެސް ވަގުކަލޭގެ ދިފާއު ކުރަން ޖެހޭތަ ؟ ވައްކަން ކުރިމީހާއާއި ވައްކަން ކުރި މީހާގެ ދިފާއުގައި ތެޅިބާލާމީހުންނަކީވެސް އެއް ޒާތެއްގެ ބައެއް !

    8
    16
  4. ނަފާ

    ޖަމީލް މޮޔަފުޅުވީތޯ ރައީސް މައުމޫނަށް ކު ރެއްވީ އިންސާފުވެ ވެ ރި ސަ ރިޔަތެއްތޯ ޖަމީލާ ދޭތެ ރޭ ކަންކުރެއްވީ ރަނގަޅަށްތޯ!؟

    5
    12
  5. ބެރު

    ދުވަހަކުކޮޅުންވެސް ޔާމީނަށް ޖަމީލް މާފެއްނުކުރާނެއެވެ. ޔާމީން ޖަލުން ސަލާމަތްކޮށްދޭން ތިޔަ ކުރާ މަސައްކަތަކީ ލޮލަށްފެން ދަޅައެއް ޔާމީން ވަރަށް ބޮޑަށް ވިސްނަވައިގެން ހުރުމަށް ސަމާލުވުން އެދެން. ޖަމީލް ޔާމީން ޖަލުން ސަލާމަތެއް ނުކުރާނެއެވެ. ތިޔަ ދައްކަވަނީ ހުސް ދަޅަތަކެއް. ޔާމީނަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއް މާތްﷲގެ އިރާދަފުޅުން މަނިކުފާނު ސަލާމަތްވިއްޔާވި ޖަމީލަށް .............

    4
    8
  6. ހަސަން

    ހިސާބައްވުރެން ފިޑިވެފާ އަމިއްލައެދުން ބޮޑުވީމަ ދެން ނުކެރޭނެ ހައްގުބަސް ބުނާކައް ރައީސްޔާމީން ނުބަލާނެ ބޭބެއަކަސް ކުށެއްކޮއްފިއްޔާ އެމީހަކު އިންސާފާ ކުރިމަތިލާންޖެހޭނެ ރައީސް ޔާމީންގެ ޝަރީއަތަކޡި އެންމެންނައް ފެންނަގޮތައް ހިންގި ޝަރީއަތެއް އެންމެންގެ ކުރިމަތީގާ އަދީބާ ޒިޔަތު ތިކަމުގެ ޒިންމާނަގާނީ ތިމަންނަމެންނޭ ބުނެބުނެއޮއްވާ ބާރުއޮތްފަރާތުން ހުކުމެއްޖަހާފަ ގެންގޮސް ޖަލައްލީމަ އެވޭބާ އިންސާފައް އަހަރެމެން އެއައްކިޔަނީ ބޭއިންސާފު

    15
    1
    • ވިސްނާ

      ބަލަ ކި ރުބޯ ޅަކުއްޖާވެސް އޭ ރު އަދީބު ވައްކަން ކު ރަނީއޭ ގޮވި. ޔާމީނު އަދީބަށް ހިތްވަ ރު ދިނީ. ފު ރަތަމަ ނައިބު ކަން. ދެން ނިޔާޒު އިބް ރާހިމް. މީ ރާ އަށް ލާ ރި ނުދާގޮތް ހެދީ. ރައްޔިތުން އޭ ރު ގޮވައި ގޯހޭ ގޯހޭ. އެހެން އަދިވެސް ޔާމީނެއް ނޫންތަ އެކަން ކު ރީ؟

  7. ރަބަރޭ

    ޔާމީނު ރިޔާ ސީ އިންތިހާބާއި ދިމާކޮށް މިނިވަން ކޮށްފިނަމަ ހަމަ އެނޭވާގައި ޖެހޭނެ ކަރަޕްޝަންގެ އަނެއް ބައިވެރިޔާ ކަމަށްވާ އަދީބު ވެ ސް ކުށެއް
    ނެތްކަމަށް އަދީބު ކުށެއް ނުކުރާކަމަށް
    މިނިވަންކޮށް ދޫކޮށްލަން އިން ސަފުގެ ކުރިމަތީގައި
    އަދީބުއެކޭ ޔާމީނުއެކޭ ހަމަހަމަ

    3
    14
  8. ކޭތަބޭ

    މައުމޫނަކީ ޖަލަށްލާންޖެހޭ މީހެއް،
    ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވެފާހުރި މީހެއް، ފޯނުދޭން ބުނީމާ ފޯނު ނުދިނީ ، ޙުކުމް ކުރުމާ ބެހޭގޮތުން ޢަލީ ޙަމީދަށް ކުރި މެސެޖްތަކާ، ކޯލްތައް، ފަޅާއަރާނެކަން އެނގޭތީ،

    14
    3
  9. ހައްވަ

    ޖަމީލުމެންގެ ހައްގު ބަސް ނުބުނިއްޔާ ރަނގަޅީ. ދުވާލަކު ހަތަރު ފަސް ކަލަ އަރާ ހައްގު ބަސް ހުރޭތަ، ޖަމީލޫ؟

    3
    3
  10. ނުރަބޯ

    ބޮޑާބެ ޖަލުން ލާހިކެއް ނޫން ނެރޭކަށް. އެކަލޭގެ ޖެހޭނީ އަންނަ ރިޔާސީ އިންތިހާބުގަވެސް މުގުރިހަ ކައިގެން ހުންނަން. މައުމޫނު ދެނެއް އެ ހަސީލަތް ނުބައި އަނިޔާވެރިޔާ އަކާ ނުގުޅޭނެ.

    2
    1
  11. ފަޅޯނިއްކުރި

    ކަލޭ އެކަނި ތީ ހައްގުގޮތް އެނގޭމީހާ ދޯ