ރާއްޖޭގައި ބޮޑު ވަޒީރަކު ހުންނަން ޖެހޭ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ރާއްޖޭގައި ބޮޑުވަޒީރަކު ހުންނަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ހަމަ އެފަދައިން ބަރުލަމާނީ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ވެސް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

މައުމޫން ވިދާޅުވީ، ކުރިން ބަރުލަމާނީ ނިޒާމު މިގައުމަށް ރަނގަޅު ކަމަށް ވިދާޅުވި ނަމަވެސް މިހާރު އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ. އެގޮތުން ކުރިން އެ މައްސަލައަށް ބަހުސް ކުރީ އާ ޤާނޫނު އަސާސީ ހެދިއިރު، ރާއްޖޭގައި އޮންނަން ޖެހޭނީ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ވަނީ ރައްޔިތުން ވަރަށް ފުރިހަމައަށް ނިންމައިފައި ކަމަށާއި އެހެންކަމުން އެނިޒާމު ބަދަލުވެދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އަދި ރައްޔިތުން ވަރަށް ފުރިހަމަކޮށް ނިންމާފައިވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމެއް ކަމަށް މައުމޫން ވިދާޅުވިއެވެ.

"އެހެންވީމަ ރާއްޖޭގައި މިހާރު މިއޮތީ ރައްޔިތުން ނިންމިގޮތަށް. ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމުކަމަށް އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ މި ނިޒާމު ބަދަލުވެދާނެކަމަކަށް." މައުމޫން ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑުވަޒީރަކު ހުންނަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި އެކަމަކު އެންމެ ބޮޑަށް ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނެސް ބޮޑުވަޒީރަކަށް ވެވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބުއްދި

  ތީ ހަމަ މަވެސް މައުމޫނާ އެއްބަސް ވާކަމެއް. ބޭކާރު ޚަރަދެއް. ކުރާމަސައްކަތެއް ނޯވެ. މަމީ ބޮޑު ވަޒީރު ނަމަ ހުންނާނީ ލަދުން، ތަނައް ގިނަވެފަ ބޭކާރުމީހެއްކަން އިހުސާސް ވާނެ ވިއްޔަ.

  27
  1
 2. ހުސޭނުބޭ

  ކަލޭވެސް ތީ ބޮޑުވަޒީރަކަށްވެގެން ޕީޕީއެމްގެ ވެރިކަން އަމިއްލަ މުށުތެރޭގައި ބާއްވަން ތެޅުނު މީހެއް! ޕީޕީއެމްއިން ފޮޅާލީމަތަ ތިހެން ބުނާނީ؟

  15
  2
 3. ކޮވިޑް

  ކަލެއަށް ބޮޑުވަޒީރުކަން ދީފިނަމަ ތައްޔާރު ދޯ އެކަމަށް؟

  11
  1
 4. ރީތި މޫސަ

  ބޮޑުވަޒީރެއްވެސް ތާއަބަދު ބޭކާރު ވާހަކަތައްދައްކާ ވެރިންނެއްވެސް ބޭނުމެއްނޫން ބޭނުމީ ޤައުމުގެ މަސްލަހަތުހިފަހައްޓާ ރައްޔިތުންނަށް ފައިދާހުރިކަންކަންކޮށްދޭ ލުއިފަސޭހަ ބޯހިޔާވަހިކަން، ވަޒީފާގެ ފުރުސަތުހޯދާދޭ (އިސްލާމްދީނަށް ފުރައްސާރަ ނުކުރާ) ދިވެހިން އަޅުވެތިނުކުރާ ވެރިން މިނޫން އެއްވެސް ކަމެއް ބޭނުމެއްނޫން

 5. ޢބދ

  ނޯ ޓައިމް .

 6. ދެއްވަދޫ

  މަވެސް ގަބޫލެއް ނުކުރަން
  ރާއްޖެ އާއި ގުޅެނީ ރިޔާސީ ނިޒާމް

  10
  2
 7. Anonymous

  ވަރަށް ދެރަކަމެއް ތިހެން ނުބުނޭ

  3
  4
 8. ނާނި

  އެކަމުގަ ކަލެއަށް ފައިދާއެއް އޮތްނަމަ ކަލެއަށް އެގޮތް ރަނގަޅުވީސް،
  އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެއްތީ،
  ، ރައްޔިތުންނޭ ޤައުމޭ ކިޔަން ލަދުގަންނަންޖެހޭނެ،
  ޤައުމާ ރައްޔިތުން ފަނާކޮށްފަހުރި މީހެއްތީ،

  9
  1
 9. ޖަނާޒާ

  ތިޔަ ކޮންދުވަހަކު ނެގި ވޯޓެއްބާ!

  5
  2
 10. ޚ

  ކަލޭ ދައްކާ މޮޔަވާހަކަ އަޑެއް ނާހާނަން..ކަލޭތީ ކާކު؟

  7
  1
 11. Anonymous

  ތިބޭ ތިއުޅެނީ ބޮޑުވަޒީރުކަން ނުލިބިގެން ކަލޭހިތްނުފުރޭނެ އަދި 50 އަހަރު ވެރިކަން ކުރަން ލިބުނަސް އެހެންވެގެން އެއްބަފާކޮއްކޮ ނޮޅާލަން ތިއުޅެނީ މިގައުމައްމި ޖެހޭހުރިހާ ދުއްތުރާލެއްގެ އަސްލަކީކަލޭ ކަލޭގެ ކިބައިން އަޅަމެން ސަލަާމަތް ކުރއްވާށި

 12. Anonymous

  ރައްޔިތުން ނިންމި އިރެއްގަ ކަލެއަށް ވޯޓުދޭންވެސް. މިހާރު ކަލޭއަށް ވޯޓު ނުދޭން އާއިލާވެސް ނިންމާފަ އޮތީ

 13. ޒަބީބު

  ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކޮށްފިނަމަ ރާއްޖޭގެ ޤާނޫން ހަދާ މަޖިލީހާއި، ސަރުކާރުގެ ކެބިނެޓުގައި ތިބޭނީ ހުޅަނގުގެ ފޮރުވިފައިވާ އޭޖެންޑާ ތަންފީޒުކުރުމަށް އެމީހުން ފަނޑުކޮށްގެން ދިވެހި ރައްޔިތުންގެ ވޯޓުގަނެގެން ހޮވިގެން ތިބޭ ސެކިއުލާ އޭޖެންޓުން.

  މިހާރު ވެސް މަޖިލީހަށް ކުރިމަތިލައްވަނީ އަމިއްލަ ސިކުންޑިން ނުވިސްނާ އެހެންސް ކޮންމެވެސް މީހަކު ވިސްނާދޭ އެއްޗަކަށް ބިނާކޮށް މަޖިލީހުގައި ވަހަކަދައްކަ އަދި ވޯޓުދޭ މީހުން. މީގެތެރެއިން ގިނަމީހުންނަކީ މައިންބަފައިންގެ ފަރާތުން ވާރުތަވާ ބިންކޮޅުގައި ހުންނަ އިމާރާތް ގެސްޓްހައުސް އަކަށް ބަދަލުކޮށްލަންވެސް ބޭރުގެ އިންވެސްޓަރުން ހޯދަން ދުވާ ބައެއް. ދެން ނިކަން ވިސްނާ މަޖިލީހަށް ކުރިމަތިލައިގެން ވޯޓު ހޯދަން ފަނޑު ހޯދަން ދުވާނެ ވަރު.

 14. ދިޔާނާ

  މުނާފިގުންވެސް ތިބޭކަށް ނުޖެހޭ